ރާމާމަކުނަކަށް ބަސް ދުއްވަން ދީގެން އިންޑިއާގެ ބަސް ޑްރައިވަރަކު ސަސްޕެންޑު ކޮށްފި އެވެ.
އެ ޑްރައިވަރު ސަސްޕެންޑުކުރީ ރާމާމަކުނެއް ލައްވައި ބަސް ދުއްވަމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު އެވެ. އެ ބަސް ދުއްވާފައިވަނީ އިންޑިއާގެ ކަރްނަކާޓާ ސްޓޭޓުގައި އެވެ.
އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަނުން ބުނި ގޮތުގައި މިކަމެއް ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މަންޒަރުދުއް މީހުން ބުނި ގޮތުގައި އެ ރާމާމަކުނު އެ ބަހަށް އެރީ ބަހުން ދަތުރުކުރި ފަސިންޖަރަކާއެކުގައި އެވެ. އަދި ބަސް ދުއްވާ ތަނުގައި ނޫނީ އިނުމަށް އެ ރާމާމަކުނު ދެކޮޅު ހެދި ކަމަށްވެ އެވެ.
އެ ރާމާމަކުނު ބަސް ދުއްވަމުން ދިޔައިރު ޑްރައިވަރު އިނީ އެއްވެސް ފަރުވާލެއް ނެތި ހެވިފައި އެވެ. އަދި ބަސް ދަތުރުކުރި މަންޒިލާ ހަމައަށް ދަންދެން އޭނާ ވަނީ އެ ރާމާމަކުނަށް ދުއްވަން ދީފައި އެވެ.