ވިޔަފާރި

މިރިޔަންދޫ މޯލްޑިވްސް މިމަހު ހުޅުވަނީ

Oct 7, 2018
3
100%
0%
0%

މަތީ ފަންތީގެ އެންމެ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ "ވެސްޓިން މޯލްޑިވްސް މިރިއަންދޫ" މިހިނގާ އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން ބ. އަތޮޅު މިރިޔަންދޫގައި ތަރައްގީ ކުރާ މި ރިސޯޓު ވެގެންދާނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭނެ ރިސޯޓަކަށެވެ. މި ރިސޯޓުގައި 70 ވިލާ އާއި 29 ވޯޓާ ވިލާގެ އިތުރުން 41 ސުއިޓް ހުންނާނެ އެވެ. މީގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް މަތީ ފަންތީގެ ތިން ރެސްޓޯރެންޓެއްވެސް ހުންނާނެ ކަމަށެވެ. މި ރެސްޓޯރެންޓްތަކުން ދިވެހި ކެއުމުގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ޖަޕާނުގެ އިތުރުން އޭޝިއާގެ އެހެން ގައުމުތަކުގެ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެ ރިސޯޓާ ހަވާލާދީ ސައިޓުތަކުގައިވެ އެވެ.

މި ރިސޯޓު ތަރައްގީ ކުރަނީ ޖަޕާނުގެ ބެލޫނާ ކޯ ކުންފުންޏާއި ސްރީ ލަންކާގެ އޭޝިއާ ކެޕިޓަލް ގުޅިގެންނެވެ. މިރިޔަންދޫ މޯލްޑިވްސް ބްރޭންޑް ކުރަނީ މެރިއޮޓް އިންޓަނޭޝަނަލް ކުންފުންޏެވެ. އަދި މި ރިސޯޓު ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓީން އިންނެވެ.

ސަރުކާރުން ވަނީ މި އަހަރު ނިމެންވާއިރަށް 51 ރިސޯޓު ހުޅުވޭނެ ކަމަށް ބުނެފަ އެވެ. އަދި މި ރިސޯޓުތައް ހުޅުވުމާއެކު އެނދުގެ އަދަދު 50،000 އިތުރު ވެގެންދާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަފީ

ރައީސް ޔާމީނަށް ސާބަސް! ތިޔަކުރައްވި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި އިންޝާﷲ

ކައުންސެލަރ

ރިސޯޓް ކިތަންމެވަރަށް ހުޅުވިޔަސް އަދި ފައިދާއެއް ނުކުރާނެ. ބ.އަތޮޅުގަ ކިތަންމެ ރިސޯޓް ގިނައަށް އެތަނުގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރަ ނުލިބޭވާހަކައަކީ އާންމުވާހަކައެއް. ކިތަންމެފެންވަރެއްގަ ހުޅުވިޔަށް ސްޓާފުންނަށް ފައިދާނުކުރަންޔާ ނުހުޅުވުންވެސް މާރަނގަޅު. އަޅުގަނޑަށް ފެނޭ ކޮންމެދުވަހަކު އޭދަފުށްޓަށް އައިސް ނިދާލާފަ ދާ ބޭރުމީހެއް. ހީވާގޮތުން މެނޭޖަރެއް. ދިވެއްސެއްވިއްޔާ އަންނަން ޖެހެނީ ދޯނިގަނޑެއްގަ..

ހެޔޮވިސްނަާ

ޝުކުރިއްޔާ ރައީސް ޔާމީން. މަނިކުފާނު މިގައުމައް ކޮއްދެއްވި ހެޔޮކަމުގެ އަގު ދުވަހަކު އަދާނުކުރެވޭނެ. ﷲ އިރާދަފުޅުން މަނިކުފާނުގެ އަގު އަދި ދިވެހިން ވަޒަން ކުރާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910