(4 އޮކްޓޯބާރ 2018 އާ ގުޅޭ) -- "ވަޓް ޑިޑް ޔޫ ޑޫ ޓު ހާ" އަރްސަލްގެ ދެ ލޯ ބޮޑުވެގެންދިޔައެވެ. ކަޅުކުލައިގެ ހޫޑީއެއްގެ ތެރޭގައި ފޮރުވާލައިފައި އޮތް ނިމްރާގެ މޫނު އަރްސަލްއަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނިމްރާގެ ކަކޫކައިރިން ހެދުމުގައި ލޭހެކިފައި ހުރިތަން ފެނުމާއެކު ނިމްރާގެ ފައިގައި އޮތް ހަލާކުވެފައިވާ ބޫޓުކިބަ ވެސް އަރްސަލްގެ ލޮލުގައި އަޅައިގަތެވެ.
ޒިވަންގެ އަތްދަނޑިމައްޗަށް ނިމްރާ އުފުލާލިކަން އޭނާ ދެނަހުއްޓެވެ. އެހެންނަމަވެސް ބޮލުގައި އުފެދިފައިވާ ރިހުންވަނީ މުޅި ހަށިގަނޑަށް ވެސް އޭގެ ބާރުފޯރުވާފައެވެ. އަތްފައި ހަރަކާތްކުރުން ބުރަކަމަށްވެފައިވާއިރު ލޯހުޅުވައިލުން ވެސް ނިމްރާއަށްވީ ބުރައަކަށެވެ. އަނގައިން ނޭވާލަމުންދިޔަ ނިމްރާގެ ނޭވާގައި ހޫނުކަމެއް ހަރުލާފައި ހުއްޓެވެ. ޒިވަންގެ އަތްފޮޅުވާލައި އެކަނިމާއެކަނި ކުރިއަށްދާނޭ ވަރެއް ނިމްރާގެ ނެތްކަން ޚުދު އޭނާ އަމިއްލައަށް ވެސް އިޙްސާސްކުރެވުނެވެ. ބޭނުންނުވިޔަސް ޒިވަންގެ އެހީތެރިކަން ބަލައިގަންނަން ޖެހުނީ އެހެންވެއެވެ.
ޒިވަންގެ ކަނދުރާގައި އެއްއަތް އަޅުވާލައިގެން އަނެއްއަތުން މޭގައި ހިފަހައްޓާލައިގެން ޒިވަންގެ އަތްދަނޑިމަތީ ނިމްރާ އޮތެވެ. ބާރުދޫވަމުންދިޔަ ހަށިގަނޑާއިއެކު މީހާއަށް ވެރިވަމުންދިޔަ ފުންނިންޖާ ހަނގުރާމަކުރާނޭ ހިތްވަރެއް ނިމްރާގެ ނެތެވެ. ޒިވަންއާއެއްކޮށް އެލެވޭޓާގެ ތެރެއަށް ވަދެވުނު ކަމުގެ އިޙްސާސް ކުރެވުނީ އެލެވޭޓާގެ ދޮރުލެއްޕުނު އަޑާއި ހުޅުވުނު އަޑުންނެވެ. ދެން އަނެއްކާ ވެސް ވީނުވީއެއް ނޭނގިފައި އޮތް ނިމްރާގެ ކަންފަތުގައި ޖެހުނީ އަރްސަލްގެ ހަރުކަށި އަޑެވެ. ބޭއިޚްތިޔާރުގައި ޒިވަންގެ ކަރުގައި އަޅުވާލެވިފައި އޮތް ބާރުކޮށްލަމުން ޒިވަންގެ މޭގައި ނިމްރާއަށް މޫނު ފޮރުވާލެވުނެވެ.
ޒިވަންއާ ދިމާއަށް އައި އަރްސަލްއަށް އޭނާ ބަލަން ހުއްޓާ އަތުގެ ތެރޭގައި ނިމްރާ ހަރަކާތްކޮށްލިކަން އެނގި އޭނާއަށް އަވަހަށް ބަލާލިއެވެ. ޒިވަންގެ އަތުގެ ތެރޭގައި ފޮރުވިގަންނަން ނިމްރާ މަސައްކަތްކުރާތަން ފެނުމުން އޭނާ ބުނަން ބޭނުންވަނީ ކީކޭކަން ޒިވަން ދެނެގަތެވެ. އަތްދަނޑިމަތީ ނިމްރާ ރަނގަޅުކޮށްލަމުން އިހުނަށްވުރެ ޒިވަންއާ ގާތަށް ނިމްރާ ގެނެސް ހިފަހައްޓާލިއެވެ.
"ގެނޭ އަހަރެން އަތައް" އަރްސަލް ބުނެލިއެވެ. ނަމަވެސް އަރްސަލްއަށް ނިމްރާގެ ގައިގާ އަތްލެވުމުގެ ކުރީން ޒިވަން ދުރަށް ޖެހުނެވެ.
"ޒޭވިއާ... ތީ އަހަރެންގެ ވާންއުޅޭ އަނބިމީހާ، ގިވް ހާ ޓު މީ... ރައިޓް ނައު" ކުރިއަށްވުރެ އަޑަށް ބާރުލަމުން އަރްސަލް ބުނެލިއެވެ.
"މިވަގުތަކު ނޫން އަރްސަލް" މަޑުމައިތިރިކަމާއެކު ވާހަކަދެއްކޭތޯ ޒިވަން މަސައްކަތްކުރިއެވެ. އަދި އަރްސަލްގެ ގާތުން ރެކިގެން ނިމްރާގެ ކޮޓަރި ހުންނަ ދިމާއަށް ދާން ޒިވަން އުޅުނެވެ. ނަމަވެސް ހުސިޔާރުވެ ހުރި އަރްސަލް ވަގުތުން ޒިވަންގެ ކޮނޑުގައި ހިފެހެއްޓިއެވެ.
"ރާދު... ސްޓޮޕް ހިމް، އައި ޑޯންޓް ވޯންޓް ޓު ފައިޓް ހިމް" ޒިވަން ބަލާލި ގޮތުން އެ މޫނުގައިވި ސީރިއަސްކަން ރާދިން ދެނެގަތެވެ. އަދި އަވަހަށް އައިސް އަރްސަލްގެ ކަނާތު މުލައްދަނޑީގައި ރާދިން ހިފިއެވެ. އޭނާ ބޮލުންކޮށްލި އިޝާރާތާއެކު އަރްސަލް ދުރަށް ޖެހުނެވެ. ނަމަވެސް ޒިވަންގެ ފަހަތުން ނިމްރާގެ ކޮޓަރިއާ ހަމައަށް ރާދިންއާއި އަރްސަލް ވެސް އައެވެ.
"އެތެރެއަށް އިހަށް ނުވަންނާތި" ޒިވަން ބުނެލިއެވެ. އެއާއެކު އަރްސަލް ދަތްކުނޑިވިކާލިއެވެ. ކުރިއަށް ޖެހިލަން އުޅުމުން އޭނާގެ އަތުގައި ހިފީ ރާދިންނެވެ. ދެ މީހުން ދޮރުމަތީ ބަލަންހުއްޓައި ޒިވަން ގޮސް ނިމްރާގެ އެނދުގައި އޭނާ ބާއްވާފައި އޭނާގެ ގައިގާ ރަޖާގަނޑު އަޅައިދިނެވެ. ދާންވެގެން އުޅުނު ވަގުތު ޒިވަންގެ އަތުގައި ނިމްރާ ހިފިއެވެ.
"ޕްލީޒް ސްޓޭ... ޕްލީޒް" އަރްސަލްއާއެއްކޮށް އެކަނިވާންޖެހިދާނެތީ ކަންބޮޑުވި ނިމްރާ ބުނެލިއެވެ.
"ޑޯންޓް ވޮރީ... އަންނާނަން ބޭސް ހިފައިގެން، އެވަރަށް ރުއީމަ އެންމެފަހުން ހުން ވެސް އައީނު" ނިމްރާގެ ބޮލުގައި ފިރުމާލަމުން ޒިވަން ހިނިތުންވެލިއެވެ. ނިމްރާ މަޑުމަޑުން ބޯޖަހާލުމާއެކު ބޮލާއެކު ރަޖާގަނޑު އަޅާލިއެވެ. އޭނާ އެ އެޕާޓްމެންޓަށް އެނބުރި އަންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ޒިވަން ޚިޔާރުކުރީ އޭނާ އެނބުރި ގެންނާށެވެ. އެކަމާ ސުވާލުކުރާވަރަށްވުރެ ނިމްރާގެ ސިކުނޑިވަނީ ވަރުބަލިވެފައެވެ.
ޒިވަންގެ އަތުގައި ނިމްރާ ހިފުމުން އަރްސަލްގެ ބުއްދި ގޯސްވާވަރުވިއެވެ. ރުޅިގަދަވެގެން ގޮސް ހެދޭ ނުހެދޭ ނޭނގުމުގެ ކުރީން އޭނާ ހަލުވިކޮށް އައިސް ސިޓިންރޫމު ސޯފައިގައި އިށީނީއެވެ. ޒިވަންއާއި ރާދިންގެ ވާހަކައިން ނިމްރާގެ ހުން ވަރަށް ގަދަކަން އަރްސަލްއަށް އެނގުނެވެ. ރުޅިވެރިކަމުގެ މައްޗަށް ކަންބޮޑުވުން ގަދަވިއެވެ. ނިމްރާ އެހާލުގައި އޮންނަތަން ދުށުމަށް އަރްސަލްއަށް ކެތެއްނުވާނެއެވެ. އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޝިހާނާގެ އެހީ ރާދިން ހޯދިއެވެ. އެޕާޓްމެންޓުގައި ހުރި ފަސްޓްއެއިޑް ފޮށިން ނިމްރާއަށް ބޭސް ގެންގޮސްދިނީ ވެސް ޒިވަންއައެވެ. އޭނާއާއެކު ރާދިން ހުރެއެވެ. ނަމަވެސް ޒިވަންގެ އެ ޢަމަލުތައް އަރްސަލްއަށް ބަލައިގަންނާކަށް ފަސޭހައެއްނުވިއެވެ.
"ޝީ އިޒް އިން ގުޑް ހޭންޑް... ނައު ލީވް" ސިޓިންރޫމަށް އައި ޒިވަންއަށް އަރްސަލް އަމުރުކުރިއެވެ.
"އައި ވޯންޓް ލީވް ހާ" ޒިވަން ވެސް މިފަހަރު ވާހަކަދެއްކީ ނުރުހިފައެވެ. އަރްސަލް ބަލަން ނުހުރެ އައިސް ޒިވަންގެ ގިރުވާނުގައި ދެއަތުން ހިފިއެވެ. އަދި ދަމާފައި އެޕާޓްމެންޓުން ނެރެން އުޅުނެވެ. ނަމަވެސް އަރްސަލްގެ އަތުގައި ޖަހައި ފޮޅުވާލުމާއެކު އޭނާގެ މޫނުގައި ޒިވަން އެތިފަހަރެއް ވީއްލާލިއެވެ.
"ފަ* ޔޫ ޒޭވިއާ" އަރްސަލް ރުޅިއައިސްގެން ހަޅޭލަވައިގަތެވެ. އޭރު ޒިވަން ޖެހި އެތިފަހަރުގެ ހޫނުކަމާއި ތަދު އޭނާއަށް އިޙްސާސް ކުރެވެމުންދިޔައެވެ. ތަޅައިފޮޅައިގަނެގެން ޒިވަންގެ ގާތުން އަރްސަލްއަށް ކުރި ނުލިބޭނެކަން ރާދިންއަށް އެނގޭތީ އޭނާ ވަގުތުން އައިސް އަރްސަލް ހުއްޓުވުމަށް ޓަކައި އޭނާގެ މެދު ހަށީގައި ބެއްދިއެވެ.
"ކަލޭމެން ދެ މީހުން ވެސް މައިތިރިވެދާނަންތަ؟" ރާދިން ހަޅައިލަވައިގަތެވެ.
"ޒޭވިއާ ކްރޮސްޑް ދި ލައިން" އަރްސަލް ބުނެލިއެވެ.
"އެ އަންހެންކުއްޖާގެ ހާލު ބެލުމުގެ ހައްޤު އަހަންނަށް ލިބިގެންވެޔޭ، އޭނާ މިއަދު ރުއިވަރަށް އަންހެންކުއްޖަކު ރޮނިކޮށް އަހަރެން ދުވަހަކު ވެސް ނުދެކެން، ކަލެއާ ހެދިއޭ އޭނާ ރުއީ... ކަލޭ އޭނާއަށް ކުރިކަމުން އޭނާއަށް އެހެން އެވީ، އަހަރެން ހީކުރީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށްވީމާ ކަލެއަށް އިތުބާރުކުރެވިދާނޭ ނިމްރާ އުފަލުގައި ބަހައްޓާނޭކަމަށް" ޒޭވިއާގެ ހޭވިފައި ވި އިސްތަށިގަނޑު ރީތިކޮށްލުމާއެކު ލައިގެން ހުރި ބްލޭޒާރ ބާލައި ސޯފާ މައްޗަށް އެއްލިއެވެ. އަދި އަތްކުރި މުލައްދަނޑި ފެންނަ ވަރަށް މައްޗަށް އޮޅާލިއެވެ. އޭނާ ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އޭނާގެ ހަރަކާތްތައް ހުރި ގޮތުން އެނގޭހާވެއެވެ.
"ވަޓް ޑޫ ޔޫ މީން، އަހަރެން... އަހަރެން ނިމް ރޮއްވާލަންވީ ކީއްކުރަން" ރާދިން ދުރަށް ޖެއްސުމާއެކު އަރްސަލް ބުނެލިއެވެ. އެވަގުތު ރާދިން އަނެއްކާ ވެސް އަރްސަލް ހުއްޓުވައިފިއެވެ. އަދި އޭނާ ކުރިއަށް ނުކުމެ ޒިވަންއާ ކުރިމަތިލިއެވެ.
"ޒޭވިއާ... ޓެލް މީ ދި ޓްރުތް، އާ ޔޫ... އިން ލަވް ވިތް ހާ" ހައިރާންކަމާއެކު ރާދިން ސުވާލުކުރީ ހިތުގައި އުފެދުނު ވަހުމް ޔަގީންކުރަން ބޭނުންވެ ހުރެއެވެ. ހަމައެއާއެކު އަރްސަލް ވެސް އެހާ ރުޅި ގަދަވެގެން އެ އުޅެނީ އެ ސުވާލު ހިތުގައި އުފެދިގެންހެން ރާދިންއަށް ހީވީއެވެ. ކުރިއާ ޚިލާފަށް ނިމްރާއާއެކު ޒިވަންގެ ގިނަ ވަގުތުތަކެއް ހޭދަކުރާކަން އަރްސަލްއާއި ރާދިންއަށް އޮތީ އެނގިފައެވެ. އެފަދަ ވަހުމެއް އުފެދެން މެދުވެރިވީ އެހެންވެއެވެ.
"ވަޓް... ނޯ... އައި ލަވް ހާ، އެކަމަކު އެއީ ތި ހީކުރާ ފަދަ ގޮތަކަށްނޫން، އޭނާއާއި އަހަންނަކީ ކައިވެނި ހާލާލުވާނޭ ދެ މީހުންނެއްނޫން" ޒިވަންގެ ވާހަކައިން ރާދިންއާއި އަރްސަލް އެކަކު އަނެކަކަށް ބަލާލިއެވެ. އެވަގުތު އެޕާޓްމެންޓުގެ ބެލް އަޅާލި އަޑުއިވިގެންދިޔައެވެ.
"އާނާ ކަންނޭނގެ އެއީ" އެއްޗެއް ބުނަން ނޭނގިފައި ތިންމީހުން ތިއްބައި ރާދިން އިސްވެ ވާހަކަދެއްކިއެވެ. އަދި އޭނާ އައިސް އެޕާޓްމެންޓަށް ވަދެވެން ހުރި ދޮރު ހުޅުވިއެވެ.
"ކޮބާ ނިމް، ޕެރެސެޓްމޯލް ދީފިންތަ؟ ހުން ހުރިވަރެއް ބަލައިފިންތަ؟ ކޮންއިރަކު ހުންއައި، ހުން މާ މަތިވެއްޖެއްޔާ ފިޓް ވެސް ޖެހިދާނެ" ރާދިންއާއެކު ވަދެގެން އައި ޝިހާނާ ހުރީ ހާސްވެފައެވެ. އޭނާއަށް އެތަނުގައި ކަމެއް ހިނގައިގެން އުޅޭކަމެއް ރޭކާއެއްނުލިއެވެ. ޒިވަން ފެނުމުން ހިނިތުންވުމެއް ދީފައި އަރްސަލްއަށް ގޮވާލިއެވެ. ރާދިން އަވަސްވީ ޝިހާނާ ގޮވައިގެން ނިމްރާގެ ގާތަށް އައުމަށެވެ.
"އާނާ، ނިމް އޯކޭ ވެލަންދެން މަޑުކޮށްލެވިދާނެތަ، ފިރިހެނަކަށްވުރެ ނިމްއަށް މިވަގުތު ބޭނުންވާނީ އަންހެނެއްގެ އެހީތެރިކަން" ރާދިން އެދުނެވެ. ނިމްރާގެ ގާތުގައި އެނދުގައި އިށީން ޝިހާނާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
"އައި ނޯ ނިމްއަށް އެހީވާން އަހަރެމެން ނޫނީ އެހެންބަޔަކު ނުތިބޭނެކަން، ރާދު ހާސްނުވޭ، އަރްސަލް ގާތު ބުނޭ އަހަރެން މިކޮޅުގައި މަޑުކުރާނަމޭ ނިމް އޯކޭ ވެލަންދެން" ޝިހާނާގެ ވާހަކައިން ރާދިންއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ނިމްރާގެ ކޮޓަރި ލައްޕާލައި ތިރިއަށް އައީ ޒިވަންއާއި އަރްސަލްގެ ދެމެދުގައި އުފެދިފައިވާ އޮޅުންބޮޅުން ހައްލުކުރުމަށެވެ.
"ޒޭވިއާ... ވީގޮތް ކިޔައިދީބަލަ، އަހަންނަށް ހީވަނީ ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންގއެއް ހިނގައިގެންހެން މިއުޅެނީ" ރާދިން އައިސް އަރްސަލް އިށީނދެ އިން ސޯފާގައި އިށީނދެ ވާހަކަދެއްކިއެވެ. އޭރު ޒިވަންއާއި އަރްސަލް އެކަކު އަނެކަކަށް ކުރިމަތިވާނޭހެން ސޯފާގައި އިށީނދެގެން ހިމޭނުންތިބީ ދެ ބީރައްޓެހިން ގޮތަށެވެ.
"އަހަރެން ކާރުގައި ޕާކިން ސްޕޭސްއިން ނުކުންނަނިކޮށް އަހަރެންގެ ކާރުގެ ކުރިމައްޗަށް ނިމްރާ އެރީ، އޭނާ ބަލާ ވެސް ނުލާ އަނެއްފަރާތަށް ދާން ވެގެން އުޅެނިކޮށް ވެއްޓުނުތަން ފެނިގެން އަހަރެން ކާރުން ފޭބީ، އޭނާ ހުރީ ޝޮކެއްގައި ހުރި މީހަކު ފަދައިން... ރޯކަން އެނގިގެން އަހަރެން އޭނާ ހުއްޓުވީ، ހަމަ އެވަގުތު ކޮންޓްރޯލު ރޫމުން އަހަންނަށް ފޯނުކޮށްފައި ބުނީ މިޢުވާނު ހޮޓެލަށް ވަދެ ހުރިކަމަށް، އަރްސަލްއާ އޭނާ ވާހަކަދައްކަން ހުރިކަމަށް، އަހަރެން ހީކުރީ އޭނާގެ ސަބަބުން ނިމްއަށް ވެފައި ހުރި ގޮތެއްކަމަށް، އަހަރެން މިޢުވާނުގެ ވާހަކަ ބުނުމުން ނިމްރާއަށް އެކަން މުހިންމެއްނުވި، އޭނާ އަހަރެން ހުއްޓުވާފައި ބުނީ ވަރަށް އަވަހަށް ހޮޓެލާ ދުރަށް ގެންގޮސްދިނުމަށް... ވީގޮތެއް ނުބުނޭ... ބުނިހާ ވެސް އެއްޗަކީ އެނބުރި އަންނާކަށް ބޭނުމެއްނެތޭ، މީ އޭނާގެ ގެއެއްނޫނޭ، މީ އަރްސަލް އޭނާ ބައިންދަން ޚިޔާރުކުރި ތަނޭ... ވަރަށް ރުއި... ގިސްލަ ގިސްލާފައި ނިމް ރުއި... އަހަންނަށް ޔަގީންވި އޭނާ އެ ރޮނީ މިޢުވާނުގެ ސަބަބުންނޫންކަން، އޭނާ އެހާ ހިތުގައި ޖެހިގެން އެ ރޮނީ އަރްސަލް ކަމެއްކޮށްގެންކަން، ޔޫ ބްރޭކް ހާ އަރްސަލް... ޔޫ ހާޓް ހާ ޓު ދި ވެރީ ކޯ... ޝީ ތިންކް ޝީ ވިލް ނެވާ ބީ ގުޑް އިނަފް ފޯ ޔޫ، ވައި އަރްސަލް؟ ކީއްވެ ނިމް އެހެން ބުނަންވީ؟ ޝީ ކީޕްސް ސެއިން ދެޓް ޝީ ހޭޓްސް ޔޫ... އެކަމަކު އަހަންނަށް އެނގޭ، އަހަންނަށް އެނގޭ އޭނާއަށް އަރްސަލްދެކެ ވެވުނު ލޯބީގެ ސަބަބުން ހިތަށް ލިބޭ ވޭނުންކަން އޭނާ އެހެން އެ ބުނަނީ... އަރްސަލް އޭނާއަށް ދެއްކީ ހަޤީޤަތެއްނޫންކަމަށް ނިމް ޤަބޫލުކުރަނީ، އެހިސާބަށް ނިމްގެ ވިސްނުން ދާންވީ ކީއްވެ؟ އަހަރެން އަރްސަލްއަށް އިތުބާރުކުރަން ބޭނުން، އަހަރެން ނިމް މި ގެނައީ އަހަރެން އަމިއްލައަށް ގޮތެއް ނުނިންމަންވެގެން، ތި ދެމެދަށް އަހަރެން ނުވަންނަންވެގެން" ޒިވަން ހުރިހާ ކަމެއް އޮޅުންފިލުވައިދިނެވެ.
"ފަ*... އައި މެސްޑް އަޕް... އައި ޑިޑިންޓް ނޯ ޝީ ވޯޒް ދެއާ" ފައިގައި އުޅަންބޮށިކޮޅު ވިއްދާލުމާއެކު ދެއަތްތިލައިގެ ތެރޭ އަރްސަލް މޫނު ފޮރުވާލިއެވެ.
"ވަޓް ޑޫ ޔޫ މީން" ޒިވަން އެހިއެވެ.
"މިޢުވާނާއި އަރްސަލްއާ ދެ މީހުން ބައްދަލުކުރިތަން ނިމްއަށް ފެނުނީ، އެހެންވެ އޭނާ ދުވެފައި ހޮޓެލުން ނުކުންނަން ދިޔައީ" ރާދިންއަށް ސީސީޓީވީ ފުޓެޖުތަކުން ފެނުނުކަން ބުނެލިއެވެ.
"ނޯ... އަހަންނަށް ބުނެވުނު އެއްޗެއް ގޯހީ، އަހަންނަށް އެނގޭ އަހަރެން އެހެން ބުނެގެން ނުވާނޭކަން، އައި ކާންޓް ޓޭކް ދެޓްބެކް، ބަޓް އައި ޑިޑިންޓް މީން އަ ސިންގަލް ވޯޑް އައި ސެޑް ޓު ދެޓް ބަސްޓަޑް، އިޓްސް ޖަސްޓް އަ ބަންޗް އޮފް ލައީސް" މޫނުފޮރުވާލައިގެން އިނދެ އަރްސަލް ވާހަކަދެއްކިއެވެ.
"އަރްސަލް" ރާދިން ގޮވާލީ އަރްސަލްއަށް ދެއްކުނު ވާހަކައެއް އޮޅުންފިލުވަން ބޭނުންވެގެންނެވެ. އެކަން އަރްސަލްއަށް ވެސް އެނގުނެވެ. އޭނާ ފުންނޭވާއެއް ލައި މޫނުގައި ދެއަތްތިލަ ހާކާލިއެވެ. އޭނާގެ ކުރިންހުރި ހަރުކަށިމަކާއި ރުޅިވެރިކަމުގެ އަސަރު މުޅިން ފިލައިގެން ހިނގައްޖެއެވެ. ޒިވަންއަށް ބަލާލާފައި އަލުން އިސްޖަހާލިއެވެ. އަދި މިޢުވާނާ ދެމެދު ހިނގި އަރައިރުން ޒިވަންއާއި ރާދިންއަށް އަޑުއިއްވިއެވެ. އެ ދެ މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ދެފަރާތަށް ބޯހޫރާލިއެވެ.
"ކީއްވެ އަރްސަލް އެހެން ބުނީ... ކީފާއާ އިންނާކަށް ނޫނެއްނު އަރްސަލް ތިއުޅެނީ، ރަނގަޅަށް އެނގޭ ދޯ ކީފާ ހުންނަނީ ނިމްރާއާ މެދު ހިތްހަމަނުޖެހިފަކަން، އޭނާ އަރްސަލްއާ ގުޅެން ބޭނުންވާކަމަކީ ނިމްރާއަށް ވެސް ސިއްރުވެފައި އޮތްކަމެއްނޫން، އެހެންވެ އަހަރެން ބުނަނީ ރުޅިއައިސްފައި ހުރެގެން އަބަދުވެސް ބުނެވޭނީ ބުނެގެންނުވާނޭ އެއްޗިއްސޭ" ރާދިން ހުރީ ހިތްހަމަނުޖެހިފައި ކަހަލައެވެ.
"ޝީ އިޒް ސްޓިލް ކްރައިން" ތިން މީހުން އެއްފަހަރާ ބަލާލީ ޝިހާނާގެ އަޑަށެވެ. އޭނާއަށް ވެސް ކަންތައްވެގެން އުޅޭ ގޮތް އެނގުނީއެވެ.
"ނިމް އެކަނި ނުކުމެގެންދިޔަ ވާހަކަ މަންމަ ދެއްކި، އެވަގުތު ކޮންމެވެސް ވަރަކަށް ވާރޭ ވެސް ވެއެހޭ ބުނި، އަރްސަލް... ބައްޕައާއި މަންމައަށް ވެސް ޝައްކުވެފައި އޮތީ ތި ދެ މީހުން ދެމެދުގައި ކަމެއް ހިނގައިފިކަން" ޝިހާނާ ގާތުގައި ޝަރުމީނު ދެއްކި ވާހަކަތައް ހަނދާންވުމުން އޭނާ ބުނެލިއެވެ.
"އައި ހޭވް ޓު ޓޯކް ޓު ހާ، އައި ވިލް ކްލިއާ ދިސް މިސްއަންޑަސްޓޭންޑިން" އަރްސަލް މަޑުމަޑުން ބުނެލިއެވެ.
"އަހަންނަކަށް ނުވިސްނުނު، ކީފާއާ ގުޅުވާފައި މިޢުވާނު ވާހަކަދައްކަންވީ ކީއްކުރަން" ޒިވަން ވިސްނަން އިނދެފައި ސުވާލުކުރިއެވެ. އެއާއެކު އަރްސަލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކީފާއާއި މިޢުވާނާ ދެމެދުގައި އޮތް ގުޅުމެވެ.
"އަރްސަލް... އަހަރެން ބުނަންތަ ވާހަކައެއް، އަރްސަލްއަށް ނިމްރާއަށް ވުރެވެސް ކީފާ މުހިންމީތަ؟ ކީފާއަކީ އާދައިގެ ނިކަމެތި އަންހެންކުއްޖެއްނޫން ގޮތް ހުސްވެފައި ހުންނާކަށް، ޝީ އިޒް ސްލައި އޭޒް އަ ފޮކްސް، އައި ވޯންޓް ޓްރަސްޓް ހާ، ޖަސްޓް ލީވް ހާ އެންޑް ޕްރޮޓެކްޓް ނިމްރާ" ރާދިން ބުންޏެވެ.
ކީފާއާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ޒިވަންއަށް ނޭނގެއެވެ. އޭނާ ހީކޮށްގެން ހުރީ އެއީ އަރްސަލްއާއި ރާދިންގެ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. ރާދިންގެ ވާހަކަ އަހާފައި އޭނާ އެފަދަ އެއްޗެއް ކީފާއާ ގުޅުވާފައި ބުނަން ޖެހުނު ސަބަބެއް ޒިވަން އޮޅުން ފިލުވަން ބޭނުންވެ ސުވާލުކުރިއެވެ. އެއާއެކު ކީފާގެ ކަންތައްތައް ހުރި ގޮތް ރާދިން ކިޔައިދިނެވެ.
"ޒޭވިއާ... ވައި ޑިޑް ޔޫ ސޭ ޔޫ ކާންޓް މެރީ ހާ" ހިމޭންވެފައި އެންމެން ތިއްބާ އަރްސަލް ސުވާލުކުރިއެވެ. އެއާއެކު ޝިހާނާއާއި ރާދިންގެ ސަމާލުކަން ވެސް ޒިވަންއަށް ހުއްޓުނެވެ.
"ވީ އާ... ސިބްލިންގްސް" އަރްސަލް ނަޒަރު ސީދާކޮށްލައިގެން އިނދެ ޒިވަން ބުނެލިއެވެ.
"ސީރިއަސްލީ" ޝިހާނާއަށް ޤަބޫލުނުކުރެވިގެން އަހާލިއެވެ. ނަމަވެސް ރާދިންއާއި އަރްސަލްއަށް ޒިވަން އެފަދަ އެއްޗެއް މަޖަލަކަށް ނުބުނާނޭކަން ޔަގީންވެއެވެ.
"ޔެސް... ސީރިއަސްލީ" އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން ޒިވަން ބުނެލިއެވެ.
"ވައި ޑިޑިންޓް ޔޫ ޓެލް އަސް" އަރްސަލް އިނީ އަޖައިބުވެފައެވެ.
"އަހަންނަށް ވެސް އެނގުނީ ވަރަށް ފަހުން، ވިވިއަން.... ޝީ އިޒް އަވާ މަދާ، ބަޓް އިޓްސް ރިއަލީ އަންފޯޗުނޭޓް، ޝީ ޑޯންޓް ވޯންޓް ހާ ޓު ނޯ އަބައުޓް އިޓް" އަމިއްލަ ނަސީބާ މެދު ޒިވަން ޝަކުވާކުރާ ކަހަލައެވެ. (ނުނިމޭ)