އޮފްބީޓް

ރޭޕް ވިކްޓިމެއް ހޯދުމަށް ބޭނުންކުރީ ޑްރޯންއެއް

Oct 7, 2018

ރޭޕްގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖަކު ހޯދުމަށް އެމެރިކާގެ ބޮސްޓަންގެ ފުލުހުން ޑްރޯންއެއް ބޭނުންކޮށްފި އެވެ.

އުމުރުން 16 އަހަރުގެ އެ ކުއްޖާ ފުލުހަށް މައްސަލަ ރިޕޯޓުކުރީ އަމިއްލައަށް ގުޅުމަށްފަހު އެވެ. ނަމަވެސް އެ ވަގުތު އޭނާ ހުރި ތަނެއް ބުނެދޭން ނޭނގުމުން ފުލުހުންނަށް ޖެހުނީ ލޮކޭޝަން ޓްރޭސްކުރާށެވެ.

އެއަށްފަހު ފުލުހުން ވަނީ ޑްރޯންއެއްގައި ތާމަލް އިމޭޖިން ކެމެރާއެއް ހަރުކުރުމަށްފަހު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފައި އެވެ.

އެ ޑްރޯންގެ އެހީގައި ފުލުހުން ވަނީ އެ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާވެސް ހޯދާފަ އެވެ. އެއީ 30 އަހަރުގެ މީހެއް ކަމަށްވެ އެވެ.