ބުރޫޝިއާ މޮންޗެން ގްލެޑްބާކްގެ އަތުން 3-0 ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކު ތާވަލުގެ ގަދަ ހަތަރަކުންވެސް ކަޓައިފި އެވެ.
ބުރޫޝިއާ ޑޯޓަމުންޑް ވަނީ އަގުސްބާގު 4-3 ން ބަލިކޮށް ތާވަލުގެ އެއް ވަނަގައި ތިން ޕޮއިންޓްގެ ލިޑެއް ނަގާފަ އެވެ. ބަޔާން ބަލިވުމުން އެ ޓީމު ވަނީ ފަސް ވަނައަށް ވެއްޓިފަ އެވެ. އަދި މިހާރު ދެ ވަނަގައި އޮތީ ގްލެބާކް އެވެ.
ޑޯޓަމުންޑްގެ މެޗުގައި ޕަކޯ އަލްކާސާ ވަނީ ހެޓްރިކު ހަދާފަ އެވެ. ޑޯޓަމުންޑްގެ އަނެއް ލަނޑު ކާމިޔާބު ކުރީ މާރިއޯ ގޮޓޭޒް އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އޮގްސްބާގުންނެވެ. އެ ޓީމު ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލްފްރެޑް ފިން ބޮގްސަން އެވެ.
އަލްކާސާގެ ލަނޑުން ބަޔާން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. އަނެއްކާ އޭގެ ފަހުންވެސް އޮގްސްބާގުން ލިޑް ނެގި އެވެ. މިފހަރު އެ ޓީމަށް ލީޑް ނަގައިދިނީ ޕިލިޕް މެކްސް އެވެ. އެއީ މެޗުގެ 71 ވަނަ މިނެޓްގަ އެވެ.
ބަޔާންއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ މެޗުގެ 84 ވަނަ މިނެޓްގައި ގޮޓޭޒް އެވެ. މެޗުގެ 87 ވަނަ މިނެޓްގައި މައިކަލް ގްރެގޯރިޓިޗް ވަނީ އޮގްސްބާގަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޑޯޓަމުންޑް މޮޅުކޮށް ދިން ލަނޑު 96 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕަކޯ އަލްކާސާ އެވެ.
ބަޔާންގެ މައްޗަށް ގުލެބާކަށް ކުރި ހޯދައިދިނީ، އަލަސަން ޕްލީ އާއި ލާސަން ސްޓިންޑީ އަދި ޕެޓްރިކް ހާމަން ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ވުލްފްސްބާގްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވާޑާ ބްރޭމަން ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ.