ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ވަނީ ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބް އަތުން 9-2ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. މި މެޗުގައި ބަޔާންގެ ފޯވާޑް ހެރީ ކޭން ވަނީ ހެޓްރިކެއް ހަދައި، އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ކޭން މި މެޗުގައި ޖެހި ލަނޑުތަކާއެކު، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައިވެއެވެ. މިހާތަނަށް ކޭން ވަނީ ޗެމްޕިއަންސް ލީގުގައި 33 ލަނޑު ޖަހާފަ އެވެ. މިއީ މި ސީޒަންގައި ކޭން ހެދި ދެވަނަ ހެޓްރިކެވެ.
މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި މެޗެވެ.
ޖަރުމަނުގެ މިއުނިކްގައި ހުންނަ ހިއްގައިމު ސްޓޭޑިއަމް، އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި ޖުމްލަ 11 ލަނޑު ފެނިގެން ދިޔަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔަން މިއުނިކް ވަނީ ތިން ލަނޑު ޖަހާފަ އެވެ. ދެވަނަ ހާފުގައި ޑީނަމޯ ޒެގްރެބްއިން ދެ ލަނޑު ޖެހި ނަމަވެސް، ބަޔާންގެ ފަރާތުން އިތުރު ހަ ލަނޑު ޖަހައި މެޗު ނިންމާލީ 9-2 ގެ ނަތީޖާއަކުންނެވެ.
ޗެމްޕިއަންސް ލީގުގައި ބަޔަން މިއުނިކްއިން ދެން ކުޅޭނީ އެސްޓަން ވިލާއާ ދެކޮޅަށް، އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެވެ.