ޓޫރިޒަމް ދާއިރާގެ "އޮަސްކާ"ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑުގެ ތިން ވަނައެއް މި އަހަރު ވެސް ރާއްޖެއަށް ލިބިއްޖެ އެވެ.
ދެކުނު އެފްރިކާގެ ޑުބްރާން އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގެ ބޭއްވި "ދެކުނު އެފްރިކާ އާއި އިންޑިއަން އޯޝަން"ގެ ގާލާ އިވެންޓުގައި ރާއްޖެ އަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ ޑައިވިން މަންޒިލުގެ އެވޯޑާއި އިންޑިއާ ކަނޑުގެ ބީޗް ޑެސްޓިނޭޝަން މަންޒިލުގެ އެވޯޑު އަދި ޑައިވް ޑެސްޓިނޭޝަންގެ ވަނަ އެވެ.
ރާއްޖެއަށް މި އެވޯޑުތައް ލިބިފައިވަނީ ސީޝެލްސް އާއި މޮރިޝެޝް ފަދަ ގައުމުތަކާ ވާދަކޮށެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް ތިންވަނައެއް ލިބުނުއިރު، މި އަހަރަކީ މި އެވޯޑު ބާއްވަމުން އަންނަތާ 25 އަހަރު ފުރޭ އަހަރެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގެ ވަނަތައް ދިނުން މީގެ ކުރިން ވަނީ ރާއްޖޭގައި ވެސް ބާއްވާފަ އެވެ. ކޮންމެ އަހަރަކު ވެސް އެ އެވޯޑްގައި ރާއްޖެއިން ގިނަ އެވޯޑްތަކެއް ހޯދަ އެވެ.