ވިޔަފާރި

ރެއިންބޯގެ އޮންލައިން ފިހާރަ ތައާރަފްކޮށްފި

Oct 10, 2018

ރެއިންބޯގެ އުފެއްދުންތައް އޮންލައިން މެދުވެރިކޮށް ގެނެލެވޭ ގޮތަށް "ރެއިންބޯ އޮންލައިން" ސްޓޯރު ތައާރަފުކޮށްފި އެވެ.

ފަރުނީޗަރުގެ މަގުބޫލު ބްރޭންޑުތަކެއް ވިއްކާ ރެއިންބޯގެ އޮންލައިން ސްޓޯރު ތައާރަފުކޮށްދެއްވީ އެ ކުންފުނީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގު އެވެ.

ރެއިންބޯއަށް 28 އަހަރު ފުރުމާ ދިމާކޮށް ތައާރަފުކުރި މި ހިދުމަތާ ބެހޭ ގޮތުން ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް ވިދާޅުވީ މި އޮންލައިން ސްޓޯރު މެދުވެރިކޮށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ފަސޭހަކަމާއެކު ގަނެލެވޭނެ ކަމަށެވެ.

އޮންލައިންކޮށް ވިޔަފާރިކުރެވޭ ސްޓޯރެއް އެ ކުންފުނިން ތައާރަފުކުރިއިރު، 28 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ވަނީ ހާއްސަ ސޭލެއްވެސް ފަށާފަ އެވެ. މި ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.