ވިޔަފާރި

ހޮޓެލް އޭޝިއާ: އީވޯ ސްޓޯލުން ހޮސްޕިޓާލިޓީ ދާއިރާގެ ރަހަ

Oct 11, 2018

ރާއްޖޭގެ އެންމެ ބޮޑު ފެއާ 'ހޮޓެލް އޭޝިއާ" ދަރުބާރުގޭގައި މިވަނީ ފެށިފަ އެވެ. މިފެއާގައި ގިނަ އިން ހުރީ ހޮސްޕިޓާލިޓީ ދާއިރާގެ ޕްރޮޑަކްޓް ތަކެވެ. މި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އީވޯގެ ސްޓޯލުގައި ހޮސްޕިޓާލިޓީ ދާއިރާ އަށް ބޭނުންވާ ހުރިހާ އުފެއްދުމެއް ލިބެން ހުރެ އެވެ.

"އެފްއެންބީ [ފުޑް އެންޑް ބެވަރޭޖަސް] ދާއިރާ އަށް ބޭނުންވާ ޔޫރަޕުގެ އެންމެ މަގުބޫލު ޕްރޮޑަކްތައް އަޅުގަނޑުމެން މި ވިއްކަނީ. އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސްޓޯލުން ލިބެން ހުންނާނެ،" އީވޯގެ ސްޓޯލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

އީވޯގައި ވިއްކަނީ ޔޫރަޕުގެ އެންމެ މަގުބޫލު އުފެއްދުން ތަކެވެ. އަދި އީވޯ އިން ދަނީ ހުޅުމާލޭގައި ސްޓޯން އިން ތަކެތި އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ކުޑަ ފެކްޓްރީއެއްގެ ގޮތުގައި ހަދާފައިވާ "އީވޯ ސާފޭސް" އިން ޓޭބަލް ޓޮޕް ފަދަ ސާމާނު ތައްޔާރު ކުރެ އެވެ.

ކެޓަލޮގުން ފެންނަ ސާމާނު ހަމަލޮލަށް

އާއްމު ގޮތެއްގައި ކުންފުނިތަކުން އުފެއްދުންތައް ފެންނަނީ ކެޓަލޮގުން ނެވެ. އެހެންވެ އީވޯއިން ވަނީ އެ ކުންފުނިން ވިއްކާ ގިނަ އުފެއްދުންތައް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "ހޮޓެލް އޭޝިއާ" އިން ފެންނާނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

އީވޯގެ އޮފިޝަލް ވިދާޅުވީ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ހުރި އެ ކުންފުނީގެ ސްޓޯލަށް އަންނަން ޖެހޭ މައިގަނޑު އެއް ސަބަބަކީ މި އެވެ.

"އެންމެ ފަހުން ރިލީސް ކުރި އުފެއްދުންތައް ސްޓޯލުން ފެންނާނެ. މީގެ ސްޕެސިފިކޭޝަންތައް ވެސް ހުންނާނެ. މިތަނަށް އައިސް ބަލައިލެވޭނެ ގޮތަށް އަޅުގަނޑުމެން މިވަނީ އިންތިޒާމު ކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.

ހޮޓެލް އޭޝިއާ ހުކުރު ދުވަހާ ހަމައަށްދާނެ އެވެ. އެހެންވެ މި މުއްދަތުގައި ދަރުބާރު ގެއަށް ގޮސް އީވޯގެ ސްޓޯލަށް ޒިޔާރަތް ކޮށްލުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނޫނީ ނުވާނެ އެވެ.