ހޮލީވުޑް

ޑުވޭން ޖޯންސަން ނެޓްފްލިކްސްއަށް

ޑުވޭން ޖޯންސަން (ދި ރޮކް) ވެސް އެންމެފަހުން ނެޓްފްލިކްސްއަށް ވަނީ އެވެ. މާކް ވޮލްބާއި ރަޔަން ރެނޯލްޑްސް އަދި ކްރިސް ހެމްސުވޯތުފަދަ މަޝްހޫރު ހޮލީވުޑްގެ ތަރިން މިހާރު އަންނަނީ ނެޓްފްލިކްސްގެ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރަމުންނެވެ.

ޑުވޭން ކޯ ޕްރޮޑިއުސްކޮށް އަދި އެކްޓުކުރާ މި ފިލްމަށް ދީފައި ނަމަކީ "ޖޯން ހެންރީ އެންޑް ދި ސްޓޭޓްސްމަން" އެވެ.

މި ފިލްމު ޑައިރެކްޓުކުރާނީ މިދިޔަ އަހަރު ނިކުތް ޑުވޭންގެ ކާމިޔާބު ފިލްމު "ޖުމާންޖީ: ވެލްކަމް ޓު ދި ޖަންގަލް" ޑައިރެކްޓުކުރި ޖޭކް ކަސްޑެން އެވެ. ވާހަކަ ލިޔުނީ ޓޮމް ވީލާ އެވެ.

ނެޓްފްލިކްސްއާއެކު ހެދި މި އެއްބަސްވުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ޑުވޭންގެ އޯޑިއެންސްއަށް އޭނާގެ މޮޅު ފިލްމެއް ގެނެސްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ޑުވޭންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސެވަން ބަކްސް ޕްރޮޑަކްޝަން އާއި ބިއޫ ފްލިންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ނެޓްފްލިކްސްއަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.