(9 އޮކްޓޯބަރ 2018 އާ ގުޅޭ) -- "ނިމް... ކީއްތިކުރަނީ، ކީއްވެ ފޮށްޓަށް އެއްޗި އަޅަނީ" ހައިރާންކަން ވެރިވެފައި ހުރި ރާދިން ސުވާލުކުރިއެވެ.
އަރްސަލްއާ ހަތަރުކަޅި ބައްދަލުވިހިނދު ނިމްރާގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް ފެތުރިގެންދިޔަ ކަހަލައެވެ. ގަބުވެފައި ހުރެވުނީ އޭނާ ކަންތައް ކުރާނޭ ގޮތެއް ނޭނގިފައެވެ. ރާދިން ވާހަކަދެއްކި އަޑު އިވުނެއްކަމަކު ނިމްރާއަށް ޖަވާބު ނުދެވުނީ އެހެންވެއެވެ. ނިމްރާގެ ގާތަށް ރާދިން އައިސް ހުއްޓިލުމާއެކު އޭނާގެ އަތުގައި ހުރި އެއްޗެހި އަތުލައިފިއެވެ. ނިމްރާގެ ނަޒަރު އަރްސަލްއާ ވަކިކޮށްލެވުނީ ދެނެވެ.
"ރާދު..." ނިމްރާއަށް ބުނެލެވުނެވެ.
"ކީއްކުރަން ތިއުޅެނީ؟ މިތަނުން ދާންތަ ފޮށްޓަށް އެއްޗެހި ތި އަޅަނީ" ރާދިންގެ ސުވާލުތަކާއެކު ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު ރާދިން ބަލާލީ އަރްސަލްއަށެވެ.
"ކީއްވެ؟" ނިމްރާއާ ދިމާއަށް ބަލާލަމުން މިފަހަރު ވެސް ސުވާލުކުރީ ރާދިންއެވެ.
"އިޓްސް ފޯ ދި ބެސްޓް" ޝިހާނާގެ ގާތުގައި ވާހަކަދެއްކިހާ ފަސޭހައިން މިފަހަރު ނިމްރާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަޑު ވެސް ނުކުތީ އަރުގައި ތާށިވަމުން ކަހަލަ ގޮތަކަށެވެ.
"ކާކަށް އެގޮތް ރަނގަޅުވާނީ، ނިމްއަށްތަ؟ ނޫނީ އަރްސަލްއަށްތަ؟ އަހަރެމެން އެކަކު ވެސް ބުނިންތަ ނިމް ގާތުގައި ނުކުމެގެންދާށޭ، ނިމްއަށް ހީވަނީތަ އަހަރެމެން އެހެން ކަންތައްކޮށްފާނޭ، މިތާކުނެތް ނިމްގެ މައްޗަށް އިހާނެތިވާނޭ އެކަކުވެސް" ރާދިން މަޑުމައިތިރިކޮށް ވާހަކަދައްކަން މަސައްކަތްކުރި ނަމަވެސް އޭނާގެ އަޑުގައިވި ކަންބޮޑުވުމާއި ހާސްކަމެއް ނުފޮރުވުނެވެ.
"ރާދު..." އަރްސަލް ގޮވާލުމުން ރާދިން އޭނާއަށް ބަލާލިއެވެ. އެހިނދު އަރްސަލް ބޮލުން އިޝާރާތްކޮށްލީ ކޮންކަމަކަށްކަން ރާދިން ދެނަގަތެވެ.
"ލެޓްސް ގޯ ޒިވަން" ކޮޓަރިން ނުކުންނަން ހިނގައިގަތް ރާދިން ބުނެލިއެވެ. އަރްސަލް އެއްފަރާތަށް ޖެހިލައި މަޑުކޮށްލީ ރާދިންއާއި ޒިވަން އެ ކޮޓަރިން ނުކުންނަންދެނެވެ. އެ މީހުން ނުކުމެ ކޮޓަރީގެ ދޮރުފަތް ދަމާލުމާއެކު އަރްސަލް ކުރިއަށް ޖެހިލައި ނިމްރާއަށް ނަޒަރު ހުއްޓާލިއެވެ.
"އަރްސަލް، އަހަރެން ދާން ދޫކޮށްލާ، މިހާރު އަހަރެން އަތުގައި އަރްސަލްއަށް ދޭނޭ އެކައްޗެއް ވެސް ނެތްކަން އެނގެއެއްނު، އަހަންނަށް އެނގޭ އަރްސަލް ޚިޔާރުކުރީ ކޮންގޮތެއްކަން، އަހަރެން މިތަނުގައި ހުންނަންވެއްޖެނަމަ މޮޔަވެދާނެ، އަހަރެން ބޭނުމެއްނޫން ބުއްދިގޯސްވާ ހިސާބަށް ދާކަށް، އަރްސަލްގެ ގާތުގައި އުޅެންވެއްޖެނަމަ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައިދާނެ، އަހަރެމެން ދެ މީހުންނަކީ ދުވަހަކުވެސް އެކުގައި އުޅެވިދާނެ ދެ މީހުންނެއްނޫން، އަރްސަލްއަށް ވެސް ހަމަޖެހުމެއް ލިބޭނީ އޭރުން" އަރްސަލް އަނގައިން ނުބުނެ ބަލަން ހުންނަތާ އިރުކޮޅެއްވީފަހުން ނިމްރާ ވާހަކަދެއްކިއެވެ. އަރްސަލް މަޑުމަޑުން ކުރިއަށް އަންނަން ފެށުމުން ނިމްރާއަށް ޖެހިލެވުނީ ފަހަތަށެވެ.
"އަހަންނާ ކައިވެނިކުރާކަށް ބޭނުމެއްނޫންތަ؟" ނިމްރާއާ ދާދި ގާތުގައި ހުއްޓިލި އަރްސަލް އެއްސެވެ.
"ބޭނުންވި... އެކަމަކު މިހާރަކު ބޭނުމެއްނޫން، އައި ކާންޓް ޑޫ ދިސް އެނީމޯ" ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެންދެކެ ލޯތްބެއް ވެސް ނުވޭތަ؟... ލޯބިވެޔޭ ހަމަ ބުނެލީތަ؟" އަރްސަލް އިހުނަށްވުރެ ވެސް ނިމްރާއާ ގާތަށް ފިޔަވަޅު އަޅާލިއެވެ. މިފަހަރު ނިމްރާ ޖަވާބުދިނުމަށް ދެފަރާތަށް ބޯހޫރުވާލީއެވެ. އެހިނދު އޭނާގެ ދަތްދޮޅިދަށަށް ލައްވާލި އަރްސަލްގެ އަތްތިލައިން އޭނާގެ މޫނު އުފުލައިލައި އަރްސަލްއާ ނަޒަރު ސީދާކުރުވިއެވެ.
"ލުކް އެޓް މީ، އެންޑް ސޭ އިޓް؟...ސޭ ދެޓް ޔު ޑޯންޓް ލަވް މީ އެނީމޯ" އަރްސަލްގެ އަޑުގައިވި ހަރުކަށިކަންދެކެ ނިމްރާ ޖެހިލުންވިއެވެ. އެހެންނަމަވެސް އޭނާ އިތުރަށް ފަހަތަށް ޖެހޭކަށް ގަސްދެއްނުކުރިއެވެ.
"ވައި އާ ޔޫ ލައިކް އަ ސްޓެބް އިން މައި ހާޓް، އަރްސަލް... ސްޓޮޕް... ސްޓޮޕް ލުކިން އެޓް މީ ދެޓް ވޭ، ވައި އާ ޔޫ އޯލްވޭޒް ލައިކް ދިސް، ޔޫ އެންޑް އައި... އިޒް ވަން ބިގް މިސްޓޭކް، ވީ ކެން ނެވާ ބީ ޓުގެދަރ އަރްސަލް" ނިމްރާއަށް މޭގައި ހިފަހައްޓާލެވުނުއިރު އޭނާގެ ކޯތާފަތް ވެސް ތެމިއްޖެއެވެ.
"އިފް ޔޫ ޑޯންޓް ވޯންޓް ޓު ބީ ވިތް މީ ދެން ވައި އާ ޔޫ ކްރައިން ސްކާލެޓް" ނިމްރާ ގެނެސް މޭގައި ފޮރުވާލުމާއެކު އަރްސަލް ވައިއަޑުން ބުނެލިއެވެ. އެ ހަށިގަނޑުގައި ދެއަތް ވަށާލައި އެ ތަނަވަސް މޭގައި މޫނު ފޮރުވާލަން ނިމްރާ ކިތަންމެ ބޭނުންވި ނަމަވެސް އޭނާ ޚިޔާރުކުރީ ކެތްތެރިކަމެވެ. ހަރަކާތެއްކޮށްނުލައި ނިމްރާ ހުއްޓާ އޭނާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. ކަރުނައިގެ އަސަރު އެ ކޯތާފަތުން ފުހެލަދިނުމާއެކު އަރްސަލްގެ މޫނު އެ މޫނާ ގާތްކޮށްލިއެވެ.
"ސްޓޮޕް އިޓް" ތުންފަތުގައި ބީހިލުމާއެކު އަރްސަލްގެ މޭގައި އަތްއަޅައި ދުރަށް އޭނާ ކޮށްޕާލައި މޫނުގައި ނިމްރާ ޖެހިއެވެ.
"ސްޓޮޕް އިޓް" އަރްސަލް ދުރަށް ޖެހުމުން ވެސް ދެވަނަ ފަހަރަށް ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ.
"ސްކާލެޓް، ވަޓް އިފް އައި ސޭ އައި އޭމް ސޮރީ، ލެޓްސް ގެޓް މެރީޑް، ދިސް ޓައިމް، އިޓްސް ފޯ ރިއަލް، ވީ ސްޓާޑެޑް އައުޓް ސޯ ރޯންގް ބިފޯ، ލެޓްސް މޭކް އިޓް ރައިޓް އެންޑް ރިއަލް ދިސް ޓައިމް" އަރްސަލް މޫނުގައި އަތްޖައްސާލައިގެން ހުރެ ވާހަކަދެއްކިއެވެ.
"ނޯ... އިޓްސް ބެޓާ ދިސް ވޭ" ނިމްރާއަށް އިތުރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަރްސަލް އައިސް ނިމްރާގެ އަތުގައި ހިފައި ގާތަށް ދަމާލައި ބައްދާލައިފިއެވެ.
"އައި ވޯންޓް ލެޓް ޔޫ ގޯ ސްކާލެޓް، ދިސް އިޒް ޔޯ ހޯމް، ޔޫ އާ މައި ހޯމް" އަރްސަލްގެ ދެއަތުގެ ތެރޭ ނިމްރާ ފިތެމުންދިޔައެވެ.
"އަރްސަލް... ދޫކޮށްލަބަލަ... އަހަރެން މި ބުނީނު ހުންނާކަށް ބޭނުމެއްނޫނޭ، އައި އޭމް ބެޓާ އޮފް އެލޯން ނައު، އައި ޑޯންޓް ނީޑް ޔޫ" އަރްސަލްގެ އަތުގެ ތެރެއިން ނިކުންނަން ނިމްރާ ތެޅިފޮޅިގަތެވެ. ނަމަވެސް އަރްސަލް ހުރީ ދޫދޭގޮތަކަށްނޫނެވެ.
"ނޯ... އައި ސެޑް ނޯ... ސްކާލެޓް ޔޫ ރިއަލީ ޑޯންޓް ލަވް މީ އެނީމޯ" އަރްސަލް ތަންކޮޅެއް ބާރަށް ހަޅޭލަވައިގަތުމާއެކު އެކަން އިޙްސާސްވެ މަޑުމަޑުން ނިމްރާގެ ގާތުގައި އޭނާދެކެ ހަޤީޤަތުގައި ވެސް ފޫހިވީތޯ އެއްސެވެ.
"އާން... ނުވޭ... އަޑުއިވިއްޖެތަ، އަހަރެންނެތިއްޔާ އަރްސަލްއަށް މާ އުފަލުގައި އުޅެވޭނެ، ދޫކޮށްލާ އަހަރެންގެ ގައިން" ނިމްރާ ނުރުހުންވީކަން ދައްކާލިއެވެ.
"މިޢުވާނުއާ އަހަންނާ ދެމެދު ދެކެވުނު ވާހަކަތަކުގެ ސަބަބުންތަ؟ އެއީ ހުސް ދޮގު، އޭނާ އަޑުއަހަން ބޭނުންވީ ގޮތަށް އަހަރެން ބުނެލީ، އެކަމަކު އެއީ އެއްވެސް މާނައެއްނެތް ވާހަކަތަކެއް" އަރްސަލް އޮޅުން ފިލުވައިދޭން އުޅުނެވެ. ނިމްރާގެ ވާހަކަތަކުން މީގެ ކުރީން އަރްސަލްއަށް އިޙްސާސް ނުކުރެވޭ ވޭނެއް ހިތަށް ލިބެމުންދިޔައެވެ. ނިމްރާ އޭނާއާ ވަކިވެގެން ދާތަން ބަލާކަށް އަރްސަލްއަށް ކެތެއްނުކުރެވޭނެކަން ޚުދު އަރްސަލްއަށް އެނގެއެވެ.
"ޔޫ ވާ ރައިޓް، އަހަރެން ދުވަހަކު މީހަކާ ނީނދެ ހުއްޓަސް، މީހަކާ ރައްޓެހިނުވިޔަސް މިޢުވާނުގެ ގާތަކަށް އެނބުރިއެއްނުދާނަން، އެހެންވީމަ އެކަމާ އަރްސަލް ހާސްވާނެކަމެއްނެތް، އެހެންނޫނަސް އަހަރެން ކަހަލަ އަންހެނަކަށް މަޢާފެއް ހައްޤެއް ވެސް ނުވާނެ، މަޢާފަކުން ހުރިހާކަމެއް ބަދަލެއް ވެސް ނުކުރެވޭނެ" ހުރިހާ ޖަޒުބާތެއްގެ މައްޗަށް ރުޅި އިސްކުރެވޭތޯ ނިމްރާ ބެލިއެވެ. އަޑަށް ބާރުލައި ހަރުކަށިކަމާއެކު ވާހަކަދެއްކީ ވެސް އެހެންވެއެވެ. އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ. އަރްސަލްގެ ދުލުން ބުނެފައިވާ ބަސްތަކެއްކަން ނިމްރާ ތަކުރާރު އެއްކޮށްލީ އެނގުމުން އިތުރަށް އަރްސަލް ދެރަވިއެވެ.
"އައި ނޯ އައި އޭމް ދި ބިގަސްޓް ޖާކް އޮން އާތް، ބަޓް އައި ވިލް ޕްރޫވް ޓު ޔޫ ދެޓް އައި ހޭވް ޗޭންޖްޑް، ސްކާލެޓް، އައި ވިލް ޕްރޫވް ޓު ޔޫ އެވްރިތިންގް، ޕްލީޒް ޖަސްޓް ސޭ ޔޫ ވޯންޓް ލީވް މީ" ސުވާލަކަށްވުރެ އަރްސަލްގެ އަޑުގައިވީ އާދޭހުގެ ރާގެވެ.
"އިނަފް، އައި ޑޯންޓް ވޯންޓް ޓު ހިއާ އެނީތިންގް ފްރޮމް ޔޫ އެނީމޯ، އަހަރެންގެ ގައިން ހަމަމިހާރު ދޫކޮށްލާ އަރްސަލް" ރުންކުރުކަމާއެކު ނިމްރާ ބުނެލިއެވެ. އަދި ދެއަތުން އަރްސަލް ދުރަށްލާން މަސައްކަތްކުރިއެވެ. ކާމިޔާބުނުވާނޭހެން ހީވުމުން ދޫކޮށްލާށޭ ކިޔައި ނިމްރާ ހަޅޭލަވަން ފެށިއެވެ. އެއަޑަށް އެ ކޮޓަރިއަށް ރާދިންއާއި ޒިވަން އައިސް ވަނެވެ. ޒިވަން ހީވީ ދޮރުމަތީ ހުރެފައި އަރްސަލްއާއި ނިމްރާގެ ގާތަށް ބޮޑު އެއްފިޔަވަޅު އަޅާލި ހެނެވެ. އޭނާ އައިސް ވަގުތުން އަރްސަލްގެ ގައިގާ ހިފެހެއްޓިއެވެ. އެއާއެކު އަރްސަލްގެ ދެއަތަށް ދޫދިންކަން ނިމްރާއަށް އިޙްސާސްވިއެވެ. ދެފަރާތަށް އެނބުރިލުމާއެކު އަރްސަލްގެ އަތުގެތެރެއިން ނިމްރާ ނުކުތެވެ.
"އޯކޭ... އޯކޭ... ފައިން... ލެޓްސް ޓޯކް ސަމް އަދާ ޓައިމް ވެން ޔޫ ހޭވް އޯލްރެޑީ ކާމްޑް ޔޯސެލްފް ޑައުން" ނިމްރާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އޭނާގެ ގައިގާ އަތްނުލާނަންކަމުގެ ރަމްޒެއްގެ ގޮތުން ދެއަތް މައްޗަށް ކުޑަކޮށް ހިއްލާލައިގެން ހުރެ އަރްސަލް ވާހަކަދެއްކިއެވެ.
ޒިވަން ދުރަށް ޖެހިލުމުން އަރްސަލް ހިނގައިގަތީ އެ ކޮޓަރިން ނުކުންނާށެވެ. އޭނާގެ ފަހަތުން ޒިވަންއާއި ރާދިން ވެސް އައެވެ. ކޮޓަރީގެ ދޮރުން ބޭރަށް ފިޔަވަޅު އެޅުމުގެ ކުރީން އަރްސަލް އެނބުރި ނިމްރާއަށް ބަލާލިއެވެ. އޭނާ ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. ފިނިނޭވާއެއް ދޫކޮށްލައި އަރްސަލް ހިނގައިގަތެވެ.
"ވަޓް ހެޕެން" ޒިވަން ސުވާލުކުރިއެވެ.
"އައި ޖަސްޓް ވޯންޓް ޓު ބީ އެލޯން" އަރްސަލް ބުނެލިއެވެ. ރާދިންއާއި ޒިވަން ހުއްޓުން އަރާފައި ތިއްބާ ބަދިގެ ފަރާތުން ޕެޓިއޯއަށް އަރްސަލް ނުކުތެވެ.
"ވަޓް ޖަސްޓް ހެޕެން" ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ހުރި އަރްސަލް އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ދެތިން ފަހަރަށް އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. މިޢުވާނާ ދެމެދު ދެކެވުނު ވާހަކަތަކަކީ ދޮގެއްކަމުގައި ބުނުމުން ވެސް ނިމްރާ ޤަބޫލުކުރަން ބޭނުންނުވަނީއޭ އަރްސަލްއަށް ހީވިއެވެ. ހަމައެއާއެކު އަރްސަލްއަށް ބުނެވިފައި ހުރި ވާހަކަތައް ނިމްރާ ހަނދާންކޮށްދޭން މަސައްކަތް އެކުރަނީ ކީއްވެބާއޭ ވެސް އޭނާގެ ހިތަށް އަރަމުންދިޔައެވެ. އޭގެ ފަހުން އަރްސަލް ބަދަލުވެއްޖެކަން ނިމްރާއަށް ފާހަގަނުވަނީތޯ ވެސް އަމިއްލަ ނަފްސާ އަރްސަލް ސުވާލުކުރިއެވެ. ނިމްރާއާ ފުރަތަމަ ބައްދަލުވިއިރު އޭނާދެކެ އަރްސަލްއަށް ލޯބިވެވިދާނޭކަމެއް ނޭނގެއެވެ. އޭރު ހަމައެކަނި އަރްސަލްގެ މަޤްޞަދަކަށްވެފައި އޮތީ ނިމްރާގެ ފަރާތުން ކޮންމެ ސިފައެއްގައި ވިޔަސް ބަދަލު ހިފުމެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާއަށް ކުރަމުންދިޔަ ގޯނާތަކުގެ ތެރެއިން އަމިއްލަ ހިތް ލެނބިގެންދިޔައީ ކިހިނެއް ކޮންއިރަކުކަމެއް ޚުދު އަރްސަލްއަކަށް ވެސް ނޭނގެއެވެ. އެއްވެސް އިންސާނެއްދެކެ މިހާތަނަށް ނުވެވޭހާ ފުން ލޯތްބެއް ނިމްރާގެ މައްޗަށް އަރްސަލްގެ ހިތުގައިވެއެވެ. އޭނާއަކީ އެންމެ ފުރިހަމަ އިންސާނާއެއްނޫނެވެ. އެތައް ގޯހެއް އޭނާއަށްވަނީ ހެދިފައެވެ. އެހެންވިޔަސް ނިމްރާ ބީވެގެންދާވަރުގެ ކަމެއް އޭނާ ހަމަހޭގައި ނުކުރާނެކަން ޚުދު އަރްސަލްއަށް ވެސް އެނގެއެވެ. މެޔާ ދިމާލުން ގަމީހުގެ ގޮއްފަތީގައި އަރްސަލްއަށް ހިފާލެވުނެވެ. އަދި މުށުގެ ތެރެއަށް ގަމީސް ބޮނޑިވެގެންދިޔައީ އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރާއެކުއެވެ.
އަރްސަލް ސިހުނީ އޭނާގެ ފޯނު ޖީންސުގެ ޖީބުގެ ތެރެއިން ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނުނަގައި ބަލާލުމުގެ ކުރީން ފަހަތަށް އެނބުރި ގޭތެރެއަށް ނަޒަރެއްދިނެވެ. ރާދިންއާއި ޒިވަން ފެންނަން ހުރެދާނޭކަމަށެވެ. މީހަކު ފެންނަން ނެތުމުން އަރްސަލް ފޯނަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ގުޅަނީ ބިލާލުކަން އެނގުމުން އިރުކޮޅަކު ބަލަން ހުރެފައި ކޯލު ކަނޑާލީއެވެ. މިވަގުތު އޭނާ އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. އަނެއްކާ ވެސް ބިލާލު ގުޅިއެވެ. އެގޮތަށް ހަތަރުފަހަރު ގުޅުމުން ވެސް އެއިން ކޮންމެ ފަހަރަކު އަރްސަލް ފޯނު ކަނޑާލީއެވެ.
"ބައްޕަ ގުޅި" އަރްސަލް ސިޓިންރޫމަށް އައި ވަގުތު ރާދިން ބުންޏެވެ.
"ކައިފިންތަ؟ އާނާ ގޮވައިގެން ރާދު ގެއަށްދާންވީނު، ޒިވަން ވެސް ދާންވީނު" ހިތްމަރުވެފައި ހުރި ފަދައިން އަރްސަލް ބުނެލިއެވެ.
"މިވަގުތު ތި ދެ މީހުން އެކަނި ބައިތިއްބާފައި ދިއުމުންވާނީ ކިހިނެއް، އަރްސަލްއަށް އަމިއްލަ ނަފްސު ހިފެހެއްޓިދާނެތަ؟" ޒިވަން ބުންޏެވެ.
"އައި ވޯންޓް ހާޓް ހާ، އޭނާގެ ނުރުހުމުގައި ކަމެއް ނުކުރާނަން، އެކަމަކު އަހަރެން އޭނާ ދިޔަކަނުދޭނަން، އަހަރެން ދައްކާ ވާހަކަ ޖެހޭނީ އަޑުއަހަން، އެކަން ކުރެވޭނީ އަހަންނަށް" އަރްސަލް ސޯފާއަށް ބަންޑުން ވެއްޓިގަތެވެ.
"އަރްސަލް ވެސް ކާންވީނު، ކާމޭޒުމައްޗަށް ކާން ހެދި ގޮތަށް އެހުރީ، އެކަކު ވެސް އަދި ނުކައި، އަހަރެން ނިމްއަށް ކާއެއްޗެހި ގެންގޮސްދީފާނަން" ޝިހާނާ ވާހަކަދެއްކިއެވެ.
"އަހަރެން ނުކާނަން، ތި މީހުން ދޭ ކާން" ސޯފާގައި މޫނު ފޮރުވާލައިގެން އޮވެ އަރްސަލް ވާހަކަދެއްކިއެވެ.
ޒިވަންއާއި ރާދިން ކާމޭޒުދޮށުގައި އިށީނެވެ. ނިމްރާއަށްވީ ތަށިތައް ހިފައިގެން ޝިހާނާ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނަމަވެސް ނިމްރާ ބަލައެއްނުލިއެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން އިން ގޮތަށް އިނީއެވެ.
"ނިމް، އަދިކިރިޔާ ރަނގަޅުވެލީ... އެހެންވީމަ ކައިގެން ހުންނަންވާނީ" އެނދުގެ އަރިމަތީ ކަބަޑުގައި ތަބަށް ބަހައްޓާފައި ޝިހާނާ ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އޭނާ ވެސް އަވަސްއަވަހަށް ނުކުމެގެންދިޔައީއެވެ.
ޝިހާނާ ގެއަށް ގެންގޮސްލާފައި ރާދިން އެނބުރި އައިއިރު ޒިވަންއާއި އަރްސަލް ސިޓިންރޫމުގައި ތިއްބެވެ. ރާދިން އައިސް ޒިވަން ގެއަށް ފޮނުވާލިއެވެ. ޒިވަން ދިއުމުން އަރްސަލްއަށް ރާދިން ބަލަން އިނެވެ. އޭނާ ސޯފާގައި ބަންޑުން އޮށޯތްގޮތަށް އޭރު ވެސް ނުތެދުވެއެވެ.
"އަރްސަލް" ރާދިން ގޮވާލިއެވެ. ނަމަވެސް އޭނާ ވަކި ޖަވާބެއްނުދިނެވެ.
"އަހަންނަށް އެނގޭ ނިދާފައެއްނޫންކަން ތިއޮތީ، ކައިވެނީގެ ހުރިހާކަމެއް ރާވަމުންދަނިކޮށް އެކަންކަން މަޑުޖައްސާލަން ޖެހުނީމާ ބައްޕަ ސުވާލުނުކޮށެއް ނުހުންނާނެ ދޯ، އަރްސަލް، ނިމްރާ ދެކެ ލޯބިވަންޏާ އޭނާ ހުއްޓުވާ، ގަދަބާރުން އެއްވެސް ކަމެއް ހާސިލެއްނުވާނެ، ކެތްތެރިކަމާއެކު ނިމްރާއާ ވާހަކަދައްކާ، ތި ދެމެދުގައި އުފެދިގެން އުޅޭ އޮޅުންބޮޅުންގަނޑެއް އަހަރެމެންނަކަށް އެއްގޮތަކަށް ވެސް އެނގެނީއެއްނޫން، މިޢުވާނާ ގުޅުން ހުރި ކަމެއްވިއްޔާ ނިމްރާއަށް ހުރިހާ ހަޤީޤަތެއް ކިޔައިދީ" އަރްސަލްއަށް ބަލަން އޮވެ ރާދިން ވާހަކަދެއްކިއެވެ. އަރްސަލް ދެން ވެސް އެއްޗެކޭ ނުބުންޏެވެ. ރާދިން އިރުކޮޅަކު އިނދެފައި ތެދުވެގެން ގޮސް ވަނީ ގެސްޓް ރޫމަށެވެ.
* * * * *
އެއްވެސް ވަރަކަށް ނިމްރާއަށް ނިދޭގޮތެއްނުވިއެވެ. ފަތިސްވެގެން އައިއިރު ރޭގައި ޝިހާނާ ގެނައި ކާއެއްޗިއްސާއެކު ތަބަށް ވެސް ހުރިގޮތަށް ހުރީއެވެ. އެނދުގައި އޮވެފައި ތެދުވި ނިމްރާ އޭނާގެ ކަށިއިނގިލީގައި އޮތް އަނގޮއްޓިއަށް ބަލާލިއެވެ. އެއީ ރަންކީރޭ އޭނާގެ އިނގިލީގައި އަރްސަލް އެޅުވި އަނގޮއްޓިއެވެ. މަޑުމަޑުން ނިމްރާ ތެދުވިއެވެ. އޭނާގެ ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަދި ހޮޓެލްގެ ވަޒީފާއިން ވަކިވާން ސިޓީއެއް ލިޔެ އަރްސަލްއާއި ރާދިންއަށް މެއިލްކުރިއެވެ. އޭގެ ފަހުގައި އިނގިލީގައި އޮތް އަނގޮއްޓި ނަގައި ރީތިވާ މޭޒުމަތީ ނޯޓެއްލިޔުނު ކަރުދާސްކޮޅާއެކު ބޭއްވިއެވެ. ދެން އޭނާ ވަނީ ފާޚާނާއަށެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވިއެވެ. އާންމުކޮށް އޭނާ ލާފައި ހުންނަ ފަދަ ގަޔަށްދޫ ގަމީހަކާއި ސްކްނީ ޖީންސެއް ލިއެވެ. އެއްފަރާތުގައި ހުރި ފޮށްޓަށް ރީތިވާ މޭޒުގެ ލޯގަނޑުން ނިމްރާ ނަޒަރު ހިންގާލިއެވެ. އަދި އަމިއްލަ ސޫރައަށް ބަލާލިއެވެ. ކަރުގައި އޮތް ފަށް ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެއީ އަރްސަލް އޭނާއަށް ދިން ހަދިޔާއެކެވެ. އިރުކޮޅަކު ފަށު ފުލުގައި ހިފަހައްޓާލައިގެން ލޯގަނޑަށް ގެއްލިފައި ހުރެފައި ފިނިނޭވާއެއް އޭނާ ދޫކޮށްލިއެވެ. އަރްސަލްގެ ގާތުގައި އިތުރަށް ވާހަކަދެއްކުން މުހިންމު ނޫންކަމުގައި ނިމްރާ ނިންމިއެވެ. ނުވައެއް ޖަހަންވާއިރަށް އީވާ އަންނާނެތީވެ ނިމްރާ ހުރީ ހުރިހާކަމަކަށް ތައްޔާރުވެގެންނެވެ. އެނދުގެ ތަންމަތި ރަނގަޅުކޮށްލާފައި ކާއެއްޗެހި ހުރި ތަބަށް ހިފައިގެން ނިމްރާ ކޮޓަރިން ނުކުތެވެ. ވަރަށް ސިއްރުން ބަދިގެއަށް އައެވެ. މުޅި އެޕާޓްމެންޓަށް އޮތީ ހިމޭންކަން ވެރިވެފައެވެ. މީހަކު ފެންނަން ނެތުމުން އެންމެން ދިޔައީކަމުގައި ނިމްރާ ހީކުރިއެވެ.
"ދިސް އިޒް ނޮޓް ވަޓް އައި ވޯންޓެޑް، އައި ލަވް ހިމް ބަޓް އައި ހޭވް ޓު ލީވް ހިމް" މުޅި އެޕާޓްމެންޓަށް ނަޒަރު ހިންގާލިއިރު ނިމްރާގެ ހިތުގައި ވިއެވެ.
"ރާދު" ގެސްޓް ރޫމުން ނުކުމެގެން އައި ރާދިން ފެނުމުން ނިމްރާ ހާސްވިއެވެ. އަދި އަވަސްއަވަހަށް އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ރާދިންއަށް އެއްޗެއް ބުނެވެންވާއިރަށް ނިމްރާ ދުއްވައިގަނެއްޖެއެވެ. އޭނާ އިތުރަށް މަޑުނުކުރީ ޝިހާނާ ޑިއުޓީއަށް ގެންގޮސްދޭން ބުނެފައި އޮތުމުން ވަގުތު އޭނާއަށް ތަންނުދޭތީއެވެ.
ނިމްރާއާ މެދު ކަންބޮޑުވެފައި ހުރިވަރުން އަރްސަލްއަށް ނިދުނީ ފަތިސްވަނިކޮށެވެ. ގެސްޓްރޫމުގެތެރެއިން އޭނާ ނުކުތީ އަޑުފަށްގަނޑު ގަދަވެގެންނެވެ. ބޭރަށް ނުކުމެވުނު ވަގުތު ފެނުނު މަންޒަރުން ދެ ލޯ ބޮޑުކޮށްލެވުނެވެ. ދޮރުމަތީ ޒިވަން މަޑުކޮށްލައިގެން ހުރިއިރު އީވާ ހުރީ ސޯފާތައް ކައިރީއެވެ. ނިމްރާ ފޮށިހިފައިގެން ހުރިއިރު ރާދިން ހުރީ އޭނާއަށް ހުރަސް އަޅައިގެންނެވެ. ވަގުތުން އަރްސަލް އައިސް ނިމްރާގެ އަތުގައި ހިފިއެވެ. އަދި އީވާއަށް ބަލާލިއެވެ.
"އީވާ ކީއްކުރަނީ މިތާ؟" އަރްސަލް ސުވާލުކުރިއެވެ.
"އަޅުގަނޑު... ސަރ... ނިމް ބަލާ..." ޖެހިލުންވެފައި ހުރި އީވާއަށް ބުނެވުނެވެ.
"ނިމްރާ އެއްވެސްތާކަށްނުދާނެ، އީވާ ދޭ" އަރްސަލް ބުނެލިއެވެ. އެހިނދު އީވާގެ ނަޒަރު އަރްސަލްއާއި ނިމްރާއާ ދެ މީހުންނަށް ވަކިވަކިން ހުއްޓާލިއެވެ. ހަދާނޭގޮތެއް އޭނާއަށް ނޭނގިފައި ހުރި ކަހަލައެވެ.
"އަރްސަލް މޮޔަވެގެންތަ ތިއުޅެނީ" އަރްސަލްގެ އަތް ނިމްރާގެ އަތުން ނައްޓުވާލަން އޭނާ މަސައްކަތްކުރިއެވެ.
"ލީވް" ތަންކޮޅެއް ބާރަށް އީވާއާ ދިމާއަށް އަރްސަލް ބުނެލުމާއެކު އެޕާޓްމެންޓުގެ ދޮރާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ބިރުން ހުރެ އީވާ އަވަސްއަވަހަށް ނުކުންނަން ދިޔައެވެ.
"ޓޭކް ޔޯ ހޭންޑް އޮފް މީ" ދަތްކުނޑިވިކާލަމުން ނިމްރާ ބުނެލިއެވެ. އެހިނދު ވަކިން ބޮޑަށް ނިމްރާގެ އަތަށް ވާންކޮށްލުމާއެކު އަރްސަލް އޭނާއަށް ބަލާލިއެވެ. އެހިނދު އެ ބެލުމުން ނިމްރާ ވެސް ޖެހިލުންވިއެވެ.
"ލެޓްސް ޓޯކް" އަރްސަލް ބުނެލިއެވެ.
"ދޫކޮށްލާ" ނިމްރާ އަތް ދަމައިގަތެވެ.
"ނޯ... އަޑުވިއްޖެ... ނޫނެކޭ މިބުނީ... ވީ ވިލް ޓޯކް، ވީ ވިލް ހޭވް ދި ފަ*ން ޓޯކް" އަރްސަލް ހަޅޭލަވައިގަތެވެ. ނިމްރާއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މުޅި އެޕާޓްމެންޓްގެ ތެރޭ އަރްސަލްގެ ބާރު އަޑު ގުގުމާލިއެވެ. ހަރަކާތެއްކޮށްނުލައި ނިމްރާ ހިމޭންވީއެވެ. އެހިނދު އަރްސަލް ބަލާލީ ރާދިންއާއި ޒިވަންއަށެވެ. ބޮލުން އޭނާ ކޮއްލި އިޝާރާތާއެކު އެ ދެ މީހުންނަށް ވެސް އެންގީ އެޕާޓްމެންޓުން ނުކުންނާށެވެ. މިފަހަރު ޒިވަންއާއި ރާދިން ވެސް ދެކޮޅެއް ނުހެދިއެވެ. ދެ މީހުން ނުކުމެ އެޕާޓްމެންޓުގެ ދޮރު ލައްޕާލުމާއެކު އަރްސަލް ވަގުތުން ނިމްރާގެ އަތުން ދޫކޮށްލިއެވެ.
"ނައު، ލެޓްސް ހޭވް ދި ފަ*ން ޓޯކް" ރުޅިވެރިކަމާއެކު އަރްސަލް ބުނެލިއެވެ.
"ބާރަށް ހަޅޭލެވިއަސް އަރްސަލްއާ އިތުރަށް ދައްކާނޭ ވާހަކައެއްނެތް، ވާހަކަދައްކައިގެން ކޮންކަމެއް ބަދަލުވާނީ" އަތުގައި ފިރުމަމުން ނިމްރާ ބުނެލިއެވެ. އަރްސަލް އެއްޗެކޭ ނުބުނުމުން ފޮށިހިފައިގެން ނިމްރާ ހިނގައިގަތެވެ. އެހިނދު ފުރަގަހުން އަރްސަލް އައިސް އޭނާ ހިފެހެއްޓިއެވެ.
"ޕްލީޒް ސްކާލެޓް... ޕްލީޒް... އައި ލަވް ޔޫ... އައި ރިއަލީ ލަވް ޔޫ" އަރްސަލް ބުނެލިއެވެ. ނިމްރާއަށް ޤަބޫލެއްނުކުރެވުނެވެ. އެހެންނަމަވެސް އިރުކޮޅަކަށް މަޑުޖެހިލެވުނެވެ. އަރްސަލް ލޯބިވެޔޭ ބުނޭތޯ އޭނާ ވަރަށް އިންތިޒާރުކޮށްފިއެވެ. އެހެންނަމަވެސް އެ އަޑު އިވުމުން ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. އަރްސަލްއާ ދުރަށް ޖެހިލައި އޭނާއާ ދިމާއަށް އެނބުރިލުމާއެކު މޭގައި އަޅައި ނިމްރާ އޭނާ ކޮއްޕާލިއެވެ. ފެންނަމުންދިޔަ މަންޒަރު ނިމްރާއަށް ޤަބޫލެއްނުކުރެވުނެވެ. އަރްސަލްގެ ފެންކަޅިވަމުންދިޔަ ދެ ލޯ އޭނާ ނިކަން އަވަހަށް ނިމްރާއަށް ފޮރުވާލައިފިއެވެ.
"ސްޓޮޕް އިޓް އަރްސަލް، ތިހެން ކިތައް ދޮގު ހަދާނަންތަ؟ އަރްސަލްއަށް ލޯތްބަކީ ކޮބާކަން އެނގޭތަ؟ މާނައެއްނެތްގޮތުގައި ދުލުން ތިހާ ފަސޭހައިން ބުނެލާއިރު... ލޯބިވާ މީހަކަށް އެއީ ކިހާ އުނދަގޫކަމެއްކަން ނުވިސްނޭނެ، މިހާރު މިވަގުތު އަހަރެން ހުއްޓުވަން ތިނޫނީ ބުނާނޭ އެއްޗެއް ނެތުނީތަ؟ އެހާ ވެސް ޑެސްޕަރޭޓްވީތަ" ވާހަކަދައްކަމުން ގޮސް ނިމްރާއަށް ވެސް ރޮވިއްޖެއެވެ.
"އަހަންނަކަށް ނޭނގުނުދެން ހަދަންވީ ގޮތެއް، ސްކާލެޓް ބުނެބަލަ... އަހަރެން ކިހިނެއް ހެދިއްޔާތަ އަހަންނާ ދުރަށް ނުދާނީ" ދެ ލޯ ފުހެމުން އަރްސަލް ބުނެލިއެވެ.
"އައި ޑިޑިންޓް ނޯ ޔޫ އާ ދިސް ހާޓްލެސް" ދެފަރާތަށް ބޯހޫރުވާލުމާއެކު ނިމްރާ އަނގަމަތީ އަތްއަޅާލިއެވެ. އެހިނދު އަރްސަލް އައިސް ނިމްރާގެ ކުރިމައްޗަށް ތިރިވިއެވެ.
"އިފް ޔޫ ވޯންޓް މީ ޓު ބެގް ޔޫ... އައި ވިލް... އިޓްސް ނޮޓް މީނިންގްލެސް، އައި ޑޫ ލަވް ޔޫ، ބްލީވް މީ ސްކާލެޓް، ދިޒް އިޒް ނޮޓް އީޒީ ފޯ މީ، ސެއިން ސޮރީ އެންޑް އައި ލަވް ޔޫ އިޒް ނޮޓް ސަމްތިންގް އައި ކޭން ސޭ އިޒިލީ، ޕްލީޒް ސްކާލެޓް، ބްލީވް މީ... ޔޫ އެންޑް އައި އިޒް ނޮޓް ޖަސްޓް އަ މިސްޓޭކް، އިޓްސް އަ ބިއުޓިފުލް މިސްޓޭކް ދެޓް އައި ވޯންޓް ފޮގެޓް" ދެކަކޫ މައްޗަށް ތިރިވެ އިނދެ އަރްސަލް ވާހަކަދައްކަމުންދިޔައިރު އޭނާގެ ދެ ލޯ ކަރުނުން ތެމެމުންދިޔައެވެ. އަރްސަލް ރޯތަން ފެނުމުން ވަކިން ބޮޑަށް ނިމްރާއަށް ރޮވުނެވެ. އެއީ އޭނާ ބޭނުންވި ގޮތެއްނޫނެވެ. ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"އައި ހޭޓް ޔޫ އަރްސަލް... އައި ހޭޓް ޔޫ" އަމިއްލަ ހިތާ ދެކޮޅު ހެދުމުގެ ބާރު ނެތްފަދައިން ނިމްރާ ދެކަކޫ މައްޗަށް އަރްސަލްގެ ކުރިމަތީ ތިރިވެ އިށީނެވެ. އެއާއެކު އޭނާގެ ގައިގާ އަރްސަލް ވަގުތުން ބައްދާލިއެވެ.
"ބަޓް އައި ލަވް ޔޫ ވެރީ މަޗް" އަރްސަލް މަޑުމަޑުން ބުނެލިއެވެ.
"އިޓްސް ނޮޓް ދެޓް އައި ޑޯންޓް ލަވް ޔޫ ބަޓް އައި އޭމް އިން ސޯ މަޗް ޕެއިން ބިކޯޒް އައި ޑޫ" ރޮމުންރޮމުން ނިމްރާ ބުނެލިއެވެ. އެހިނދު ނިމްރާގެ މޫނުގައި ދެއަތުން ހިފާލައި އަރްސަލް ބަލާލިއެވެ. އަދި މަޑުމަޑުން ބޯޖަހާލުމާއެކު ނިމްރާގެ ކޯތާފަތް އަރްސަލް ފުހެލަދިނެވެ.
"އައި ނޯ އައި ހޭވް ޑަން އަ ލޮޓް އޮފް ތިންގްސް ދެޓް މޭކް ޔޫ ހޭޓް މީ، އައި ނޯ އައި މޭޑް ޔޯ ލައިފް މިސަރަބަލް، އައި މިސްޓްރީޓެޑް ޔޫ، އެންޑް ހޭޓެޑް ޔޫ ލައިކް ޔޫ ވާ ދި މޮސްޓް ހޭޓްފުލް ޕާސަން އޮން އާތް، ބަޓް ޕްލީޒް... ޕްލީޒް މައި ސްކާލެޓް، އަހަރެން މިހާރު އެފަދަ ގޮތަކަށް ކަންތަކެއްނުކުރާނަން، އަހަންނަށް މަޢާފުކޮށްދީ، އައި ލަވް ޔޫ، އައި ވޯންޓް ޓު ބީ ވިތް ޔޫ، ޔޫ އާ މައި ފިއުޗަރ، މައި އެވްރިތިންގް" އަރްސަލްގެ ނިތްކުރި ނިމްރާގެ ނިތްކުރީގައި އޭނާ ޖައްސާލިއެވެ. އެގޮތުގައި އެތައް އިރަކު ދެ މީހުން ތިއްބެވެ.
"އާ ޔޫ އޯކޭ ނައު" ނިމްރާ ރުއިން ހުއްޓާލިއިރު އޭނާއަށް ހުރީ ގިސްލެވިފައެވެ. މަޑުމަޑުން ބޯޖަހާލުމާއެކު އަރްސަލް އޭނާގެ ނިތްކުރީގައި ބޮސްދިނެވެ.
"ކަމް ވިތް މީ" އަރްސަލް ތެދުވަމުން ނިމްރާއަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ނިމްރާ ހިފިއެވެ. އޭނާ ގޮވައިގެން އަރްސަލް އައިސް އިށީނީ ސޯފާގައެވެ. އަރްސަލްގެ އުނގުގައި ނިމްރާ ބޭންދުމާއެކު އަދިވެސް އެއްފަހަރު ނިމްރާގެ ނިތްކުރީގައި ބޮސްދިނެވެ.
"އައި ރިއަލީ ޑޯންޓް ނޯ ހައު ޓު ސްޓާޓް ދިސް، ބަޓް އައި ރިއަލީ ވޯންޓް ޓު ޓޯކް ޓު ޔޫ" އަރްސަލް މަޑުމައިތިރިކަމާއެކު ވާހަކަދެއްކީ ނިމްރާއަށް އަންނަ ބަދަލުތަކަށް ވިސްނައިގެންނެވެ. އޭނާއަށް ބުނެވޭ އެންމެ އެއްޗަކުން ނިމްރާގެ ޠަބީޢަތް ބަދަލުވެދާނޭތީ އެކަމާ ކަންބޮޑުވެފައި އިނދެއެވެ.
"އައި އޭމް ކައިންޑާ ކޮންފިއުޒްޑް ހިއާ ސްކާލެޓް، އަހަރެން ހީކުރީ ސްކާލެޓް ވެސް ބޭނުންވާކަމަށް އަވަހަށް ކައިވެނިކުރަން، އެހެންވެ އެހާ އަވަސްއަރުވާލާފައި ހުރިހާކަމެއް ނިންމަން އުޅުނީ، ހޭއި... ކައިވެނި ލަސްކުރަންވީތަ؟ ބަޓް އައި ވިލް މެރީ ޔޫ ނޯ މެޓާ ވަޓް" އަރްސަލް ބުންޏެވެ.
"އަހަންނާ އިންނަން ބޭނުންވާއިރު ކީއްވެ އޭނައާ އިންނަން ވަޢުދުވީ" އިސްޖަހާލައިގެން އިނދެ ނިމްރާ ބުނެލިއެވެ.
"އަދިވެސް އެކަމާތަ ތި ވިސްނަނީ، އަހަރެން ބުނެފީމެންނު އެއީ މިޢުވާނު ހައްދަންވެގެން ދެއްކި ދޮގުވާހަކަތަކެކޭ، ނިމް ޤަބޫލެއް ހަމަ ނުކުރާނަންތަ؟ އަހަރެން ތި... ނިމްރާ ނައުފަލް... ނޫން މީހަކާ ނީންނާނަން، އައި ސްވެއާ، ގޯޑް ޕްރޮމިސް" ނިމްރާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލަމުން އަރްސަލް ބުނެލިއެވެ.
"މިޢުވާނު ގާތުގައި ދެއްކިވާހަކަ އެކަންޏެއްނޫނޭ، އޭގެ ކުރިން ވެސް އަހަންނަށް އޮތީ އެނގިފައޭ އަރްސަލް އަހަންނަށް ކަންކަން ސިއްރުކުރާކަން، ކޮފީތަކަށް ގޮސްފައި އަޔަސް އަހަރެން ގާތުގައި ނުބުނޭ، ޔޫ އީވަން ޕްރޮޕޯސް ހާ، ޔޫ ޕްރޮމިސްޑް ޓު މެރީ ހާ، އަހަންނާ އިންނަން ހަމައެކަނި ނިންމީ އަހަރެންގެ ގާތުން ބަދަލުހިފަންވެގެން" ނިމްރާ ދެއްކި ވާހަކައަކުން އަރްސަލް އަޖައިބުވެ އަންތަރީސްވިއެވެ.
"ވަޓް ޑޫ ޔޫ މީން... ވެން ޑިޑް އައި ޕްރޮޕޯޒް ސަމްވަން" ހައިރާންވެފައި އިން އަރްސަލް ސުވާލުކުރިއެވެ.
"ސޯ ޔޫ އާ އެކްޓިން ސްޓުޕިޑް ނައު، ހައު ކުޑް ޔޫ އީވަން ފޮގެޓް ސަމްވަން އަފްޓާ ގިވިން ހާ އެން އެންގޭޖްމެންޓް ރިންގް، ޔޫ ވާ މީޓިން ހާ ސީކްރެޓްލީ، ދި ޓޫ އޮފް ޔޫ އާ ގޮއިން ޓު ބީ މެރީޑް ސޫން" ނިމްރާ ތުންފިއްތާލިއެވެ.
"ވަޓް... ކީފާގެ ވާހަކަތަ ތި ދައްކަނީ؟" އަރްސަލްގެ މޫނުގައިވި ކުލަވަރުން އޭނާއަށް ނިމްރާ ދައްކާ ވާހަކަ އެނގޭހެން ހިޔެއްނުވެއެވެ. އެކަމުން ނިމްރާއަށް ހައިރާންކަމެއް ލިބުނެވެ.
"އާ ޔޫ ސަޕްރައިޒްޑް ދެޓް އައި ނޯ، ޑޫ ޔޫ ޕްލޭން ޓު ހައިޑް އިޓް ފްރޮމް މީ، ކޮންއިރަކުން އަހަރެން ގާތު ބުނަން މަޑުކުރީ، ނޫނީ ދުވަހަކުވެސް ބުނަން ގަސްދުކުރީންތަ؟... އޯ ޔޫ ވާ ވެއިޓިން އަންޓިލް ޔޫ ސީ މީ ޓޯޓަލީ ޝެޓާޑް" ނިމްރާގެ އަޑު ކުރެހިގެންދިޔައެވެ.
"ވަޓް؟... އަހަރެން... ކީފާއާ އިންނާށޭ، ހައު އިޒް ދެޓް އީވަން ޕޮސިބަލް" އަރްސަލް ހީވީ އަމިއްލަ ނަފްސަށް ބުނެލިހެންނެވެ.
"އަރްސަލް، އެޓްލީސްޓް މިވަގުތު ތެދަށް ބުނެބަލަ؟" ނިމްރާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނި އަރްސަލް އަވަސްއަވަހަށް ބޯހޫރާލިއެވެ.
"އޮފްކޯސް ނޮޓް، އައި އޭމް ނޮޓް މެރީއިން ހާ، އައި އޭމް ނެވާ މެރީއިން އެނީވަން ބަޓް ޔޫ" އަރްސަލް ބުނެލިއެވެ.
"ދެން ތި ބުނަނީ އެއީ ހުސް ދޮގޭތަ؟ ކީފާ ގޮވައިގެން ޑޭޓްތަކަށް ނުދަންތަ؟ އޭނާއަށް ޕްރޮޕޯސްކޮށް އަނގޮއްޓި ވެސް ނާޅުވަންތަ، އޭނާއާއެކު ކޮޓަރިއަށް..." ނިމްރާއަށް އިތުރަށް ވާހަކައެއްނުދެއްކުނެވެ.
"ނިމްރާ... އެއީ ހުސް ދޮގު، ވައި ވުޑް އައި މެރީ ހާ... ވަޓް... ޝިޓް... ވައި ވުޑް އައި އީވަން ޕްރޮޕޯސް ހާ، ނިމްރާ، ހޫ ޓޯލްޑް ޔޫ ދެޓް ފަ*ން ކްރެޕް، އެންޑް ވައި ޑިޑް ޔޫ އީވަން ބްލީވް ދެޓް އިޓްސް ޓްރޫ" އަރްސަލް ދަތްކުނޑިވިކާލުމާއެކު އޭނާގެ ދެބުމަގުޅިގެންދިޔައީ ހިތްހަމަނުޖެހިގެންކަން ގައިމެވެ.
"ޑިޑް ޔޫ ސްލެޕްޓް ވިތް ހާ" ނިމްރާ ނާހަން އިނދެފައި ވެސް އެހިއެވެ.
"ނޯ... ނޯވޭ... ނިމްރާ، ރީތިކޮށް ހުރިހާ ވާހަކައެއް އަހަންނަށް ހަމަމިހާރު ކިޔައިދީ، ތި ދައްކަނީ އަހަރެން ހިތަށް ވެސް ނާރާ ފަދަ ވާހަކަތަކެއް، ސޯ ޕްލީޒް، ކާކު ދެއްކި ވާހަކަތަކެއްތީ" އަރްސަލް ބުންޏެވެ. އެއާއެކު ނިމްރާ އޭނާގެ އުނގުން ފޭބިއެވެ.
"ކޮންތާކަށް، ކިހިނެއްވީ؟" އަރްސަލް އަވަހަށް ނިމްރާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"އެބައަންނަން، ފޯނު ހިފައިގެން" ނިމްރާ މިހެންބުނެ އޭނާގެ ލަގެޖުގައި އަޅުވައިފައި އިން އަތްދަބަހުގެ ތެރެއިން ފޯނު ނަގައިން އައިސް އަރްސަލްގެ ގާތުގައި އިށީނެވެ. އަދި ފޯނު ހުޅުވުމާއެކު އޭގައި ހުރި ފޮޓޯތަކާއި ކީފާ ފޮނުވާފައި ހުރި މެސެޖުތަކަށް ދަންދެން އަރްސަލްއަށް ދެއްކިއެވެ. (ނުނިމޭ)