ވިޔަފާރި

ހޮޓެލް އޭޝިއާ: ބީބީއެމް ސްޓޯލުގައި 76 އަށް ގިނަ ބްރޭންޑް

ރާއްޖޭގައި ވިއްކާ މުދަލުގެ ތެރެއިން އެންމެ ކޮލިޓީ ބާވަތްތައް ވިއްކާ އެއް ތަނަކަށް ބެސްޓް ބައި މޯލްޑިވްސް ވާނެ އެވެ. ނަމަވެސް މި ކުންފުނިން ވިއްކާ ބްރޭންޑުތައް އެއް ތަނަކުން ނުފެންނާތީ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެހެންވެ، އެ ކުންފުނިން މިވަނީ މި ޕްރޮޑަކްޓްތައް އެއް ތަނަކުން ދައްކައިލުމަށްޓަކައި މިހާރު ދަރުބާރުގޭގައި ކުރި އަށް ދާ "ހޮޓެލް އޭޝިއާ" ފެއާގައި ބައިވެރިވެފަ އެވެ.

މި އަހަރުގެ ފެއާ ކުރިއަށްދާ ދަރުބާރުގޭގެ ފާށަނާ މާލަމްގައި ހުރި ބީބީއެމްގެ ޕެވިލިއަންގައި އެ ކުންފުނިން ރާއްޖޭގައި ވިއްކާ 76 އަށްވުރެ ގިނަ ބްރޭންޑު ދައްކާލަން ބަހައްޓާފައިވެ އެވެ. މީގެތެރޭގައި އެ ކުންފުނިން ރިސޯޓު މާކެޓާއި ލޯކަލް ބާޒާރަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ކޮލިޓީ ބާވަތްތައް ހިމެނެ އެވެ.

"އަޅުގަނޑުމެން މި ފެއާގައި ޑިސްޕްލޭ މިކޮށްލަނީ ފުލްރޭންޖް. ފެއާގެ ތެރޭގައި އަޅުގަނޑުމެން އެތެރެކޮށް ވިއްކާ ބާވަތްތަކުގެ ސާމާނު ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ އުފެއްދުންތައް ވެސް ހުންނާނެ،" ބީބީއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވި އެވެ.

"ޔުނިލިވާ" ފަދަ މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބީބީއެމްގެ ސްޓޯލުގައި އެ ކުންފުނިން ތެރެކޮށް ވިއްކާ ބާވަތްތަކުން ވަގުތުން ކާތަކެތި ތައްޔާރު ކުރަމުންދެ އެވެ. އަދި ބޮޑު މި ސްޓޯލް ފަރުމާކޮށްފައިވަނީ ގިނަ ބަޔަކު އެއް ފަހަރާ ގޮސް އެ ތަކެތި ރަހަ ބެލޭ ގޮތަށް ޖާގަ ލިބޭ ގޮތަށެވެ.