ވިޔަފާރި

ކޮކާކޯލާގެ ކެމްޕޭން ހާއްސަ ވަނީ ގުޅުންތައް ބަދަހި ކުރަން

Oct 11, 2018

ގުޅުންތައް ބަދަހި ކުރުމަށް ހާއްސަކޮށް ފަރުމާކޮށެގެން ކޮކާކޯލާއިން ހާއްސަކޮށް "ރިފްރެޝިން ރިލޭޝަންޝިޕް" ކެމްޕޭން މިއަދު ފަށައިފި އެވެ.

ނޭޝަނަލް އާޓްގަލެރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮކާކޯލާގެ "ރިފްރެޝިން ރިލޭޝަންޝިޕް" ކެމްޕޭން ފަށައިދިނީ ނިމިގެން ދިޔަ ސާފް ސުޒުކީކަޕްގެ ތަށި ރާއްޖެ އަށް ގެނެސްދިން ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.

ކޮކާކޯލާ އިން އަލަށް ފެށި ކެމްޕޭންގެ ދަށުން، އާއިލާ އާއި ރަހުމަތްތެރިންގެ ގުޅުންތައް ބަދަހި ކުރުވާނެ ތަފާތު ޝިއާރުތައް ކޯކްފުޅީގެ ބޭރުގައި ލިޔެފައިވާނެ އެވެ. މިގޮތުން އަލަށް ނެރު ކޯކުގެ ފުޅިތަކުގެ ބޭރުގައި "ބްރޯ" އަދި "ވައިފީ" އާއި "ބޭބީ" އަދި "ހަޒްބަންޑް" އަދި "ޑޭޑް" އާއި "ބޮސް" ގެ އިތުރުން "ސުޕަމޮޑެލް" ފަދަ ލަފުޒުތައް ލިޔެފައިވެ އެވެ.

މި ކެމްޕޭންއާ ބެހޭ ގޮތުން، ކޮކާކޯލާ އިން ސައުތު ވެސްޓް އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ މާކެޓިން މެނޭޖަރު އަމްރަތު ދަތް ވިދާޅުވީ މި ކެމްޕޭންގެ މައިގަނޑު ޝިއާރަކީ ގުޅުންތައް ބަދަހި ކުރުން ކަމަށެވެ.

ކޮކާކޯލާ އިން ކުރިއަށް ގެންދާ "ޝެއާ އަ ކޯކް" ކެމްޕޭން އެންމެ ފުރަތަމަ ފަށާފައިވަނީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގަ އެވެ. މި ކެމްޕޭން މިހާރު ވަނީ މުޅި ދުނިޔެއަށް ފުޅާވެގެން ގޮސްފަ އެވެ.