ކޮކާކޯލާއިން ކުރިއަށް ގެންދާ ކޯލާ ބޮއިގެން ޕްރިމިއާ ލީގް މެޗެއް ބަލަން ފުރުސަތު ލިބޭ ޕްރޮމޯޝަންގެ ދަށުން، ދެ މީހަކަށް ޓިކެޓް ހަވާލުކޮށްފި އެވެ.
ސިޓްރޮންގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ނަސީބުވެރިންނަށް ޓިކެޓް ހަވާލުކޮށް ދެއްވީ ޕިއްޒާ ބޯނާގެ ޗެއާމަން ހުސައިން އާރިފް އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޕްރެމިއާ ލީގު ބަލަންދާން ހޮވިފައިވާ ދެ ނަސީވެރިންނަކީ އަބްދުﷲ މުހައްމަދު އާއި މުހައްމަދާއި ހުސައިން ޝަފީގެވެ. ކޯކުން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެ ކުންފުނިން ހުރިހާ ހަރަދައް ދޭ ގޮތަށެވެ.
ކޮކާ ކޯލާގެ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ކޯކް ބޮއިގެން ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަމްބަރު މެސެޖު ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތެއް ނަގައިގެންނެވެ
މި ޕްރޮމޯޝަންގައި ޕްރިމިއަ ލީގް ބަލަން ދޭ ޓިކެޓުގެ އިތުރުން ކޮންމެ ދުވަހަކު ނަސީބުވެރިއަކު ނަގައި ސެމްސަން އަލްޓްރާ އެޗްޑީ 43 އިންޗީގެ ލެޑް ޓީވީއެއް ވެސް ދެ އެވެ. މި އިނާމު މިހާތަނަށް 31 ފަރާތަކަށް ވަނީ ދީފަ އެވެ.