ވިޔަފާރި

ޔޫރޯ ބަލަން ދާން ކޮކާ ކޯލާއިން 10 މީހަކަށް ފުރުސަތު ދެނީ

Jan 25, 2020

ކޮކާ ކޯލާ ކުންފުނިން ޔޫރޯގެ މެޗެއް ބަލަން ދާން 10 މީހަކަށް ފުރުސަތު ލިބޭ ގޮތަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮކާ ކޯލާ ކުންފުންޏާއި މޯލްޑިވްސް ސޮކާ މޭޓްސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމް ކޮށްގެން އިއްޔެ ބޭއްވި "ލެޖެންޑް ކަޕް" ގައި އިއުލާނު ކުރި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޯކު ބޮއި ގެންނެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކޮކާ ކޮލާގެ ރަން ކުލައިގެ މަތިގަނޑު ޖަހާފައިވާ 300 އެމްއެލް އާއި 500 އެމްއެލް އަދި 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ނަމްބަރު "2626" އަށް މެސެޖު ކޮށްގެންނެވެ. ނަސީބުވެރި އަކަށް ހޮވޭ ފަރާތް އިތުރު މީހަކު ގެންދެވޭނެ އެވެ.

ނަސީބު ވެރިން ދާނީ އަޔަލޭންޑުގެ ޑަބްލިންގައި ޖޫން 30 ވަނަ ދުވަހު ކުޅޭ ޔޫރޯގެ 44 ވަނަ މެޗު ބަލާށެވެ. މި މެޗަށް ދާ ފަރާތްތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ކޯލާ ކުންފުނިންނެވެ.

ކޯލާ ކުންފުނިން ދަނީ ދުނިޔޭގެ ބޮޑެތި މުބާރާތްތައް ބަލަން ދިވެހިންނަށް ފުރުސަތު ދެމުންނެވެ. އެ ކުންފުނިން ވަނީ ދިވެހިން ގޮވައިގެން ވޯލްޑް ކަޕް މެޗު ބަލަން ވެސް ގޮސްފަ އެވެ.