ދިވެހި ޕްރެމިއާ ލީގް

މާޒިޔާއަށް މިފަހަރުވެސް ލިބުނީ އުނދަގޫ މޮޅެއް

100%
0%
0%

ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުންވެސް 2-1ގެ ނަތީޖާއަކުން މާޒިޔާއިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު، ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުންވެސް މާޒިޔާ ސަލާމަތްވީ އުނދަގުލުންނެވެ. ތިމަރަފުށި ކޮޅަށް ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ޓީމުތަކުން ގިނަ ލަނޑު ތަކެއް ޖެހި އެވެ. ނިއު ރޭޑިއަންޓުން 10 ލަނޑު ޖެހި އެވެ. އީގަލްސްއިން ވެސް ނުވަ ލަނޑު ވައްދާލި އެވެ.

ދިވެހި ލީގްގައު ވާދަ ކުރާ، މިނިވަން ޗެމްޕިއަންޝިޕްގެ އަނެއް ތިން ޓީމަށް ވުރެ، ފޯކައިދޫ ވަރުގަދަ އެވެ. އެ ޓީމު ފާހަގަ ކުރެވެނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށްވެސް ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އީގަލްސްއިން ވަނީ ފޯކައިދޫގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.

މާޒިޔާއިން މެޗަށް ނެރުނީވެސް ނިސްބަތުން ޒުވާން ޓީމެކެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޖުނައިދު އެވެ. އެއި މެޗުގެ 32 ވަނަ މިނެޓް ގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހްމަދު އިމާޒު 'އާއްކޮ' ވަނީ މާޒިޔާއަށް ދެ ލަނޑުގެ ލީޑެއް ނާގަފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި މާޒިޔާގެ ފަރާތުން އިތުރު ގޯލެއް ނުފެނުނެވެ.

މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް، ފޯކައިދުއަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ވަނީ މުހައްމަދު ޖައިލަމް ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ޔޫތު ޓީމުން ސީނިއާ ޓީމަށް މި އަހަރު ޕްރަމޯޓް ކުރި ޒުވާން ކުޅުންތެރިޔާ މުހައްމަދު ޝަހާއު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345