ކުޅިވަރު

ވިކްޓަރީ ލެވެލްގައި ނުހިފެހެއްޓުނު، ގުރީން އަތުން ވީބަލި

ދިވެހި ޕްރިމިއާ ލީގްގައި މިދިޔަ ހޯމަ ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް އެއްވަރު ކުރިނަމަވެސް، މިއަދު ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ވިކްޓަރީ ބަލަިވެއްޖެ އެވެ.

ނިއު ރޭޑިއަންޓާ ދެކޮޅަށް އެއްވަރު ކުރުމުން މިއަދު ގްރީން ސްޓްރީޓާ ދެކޮޅަށްވެސް ވިކްޓަރީގެ ކުޅުންތެރިންގެ ފަރާތުން އެ ހިތްވަރު ފެންނާނެ ކަމަށް އުންމީދު ކުރެވުނެވެ. އެހެންނަމަވެސް މުހިންމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ފަހު މެޗަށް ނިކުތް ގްރީން ސްޓްރީޓުން ވަނީ މެޗުގެ ކުރީ ކޮޅު ވިކްޓަރީގެ މައްޗަށް ގަދަވެ ގަނެފަ އެވެ.

ކެޕްޓަން އަސްހަދު އަލީ 'އަޑޭ' އާއި ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފު އަދި ސްޕެއިންގެ ފޯވަޑް ހޯޒޭ އަވީލާ ފުރަތަމަ 11 ގައި ނުހިމަނާ ކުޅުނު ގްރީން އިން ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފަ އެވެ.

އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޔޫކްރޭންގެ މިޑްފީލްޑާ ރޮލޭންޑް ރަސަލް އެވެ. ހެޓްރިު ހަދައި އޭނާ ވަނީ މެުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ގުރީންގެ ދެ ވަނަ ލަނޑު، ކާމިޔާބު ކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝައްފާޒު އެވެ އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 33 ވަަނ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިނ ވިކްޓަރީގެ އަހްމަދު ރަޝީދު ވަނީ އެ ޓީމަށް އުންމީދެއް ހޯދައި ދީފަ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައި ހޯޒޭ އަވީލާ ކުޅެނ އެރި ނަމަވެސް އެ ހާފުގައި ވިކްޓަރީގެ ގޯލް ހުޅުވަން ގުރީންއަށް ގިނަ ވަގުތުތަކެއް ހޭދަވި އެވެ. ގުރީންގެ ތިން ވަނަ ލަނޑު ރަސަލް ކާމިޔާބު ކުރީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ. އޭނާ ހެޓްރިކު ހަދައި ގުރީން އަށ ހަތަރު ވަނަ ލަނޑު ޖަހައިދިނީ، 80 ވަނަ މިނެޓްގަ އެވެ.

މޮޅާއެކު ގުރީން ވެސް ވަނީ، 16 ޕޮއިންޓް ހޯދާފަ އެވެ ޕޮއިންޓގެ ގޮތުން މާޒިޔާ އާ ހަމަހަމަކޮށް ތާވަލުގެ ހަތަރު ވަނައިގައި އޮތީ، ލަނޑުގެ ތަފާތުންނެވެ. މާޒިޔާ އޮތީ ތިންވަނައިގަ އެވެ.