ހަބަރު

ފްލެޓާއި ގޯތި މައްސަލައިގައި މުވައްޒަފުންނަށް ބިރުދައްކާ: މުއިއްޒު

ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ބަޔަކު ބިރު ދައްކަމުންގެންދާ ކަމަށާއި އޭގެ ސަބަބުން މުވައްޒަފުން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

މުވައްޒަފުންނަށް ބިރުދައްކާތީ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނަށް މަގުމަތިން ދިމާކޮށްގެން ބައެއް ފަރާތްތަކުން ބިރުދައްކައި އިންޒާރުދީ ހަދަމުންގެންފާ ކަމަށެވެ. އެއީ އެކަން ކުރާ ފަރާތްތަކުން ކުރާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެގޮތަށް ދިމާކޮށް ހެދުމުގެ ސަބަބުން އެ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.


މިނިސްޓަރު ވަނީ މުވައްޒަފުންނަށް ބިރުދެއްކުން ކުއްވެރިކުރައްވާފަ އެވެ.

ހައިސން މިނިސްޓްރީގެ މުވައްޒަފުންނަށް ބިރުދައްކާކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އެ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އުސޫލާ ގުޅިގެން އާންމުންގެ ތެރޭގައި ވަނީ އެ މިނިސްޓްރީއާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދިފަ އެވެ.