ދިވެހި ޕްރެމިއާ ލީގް

ސައްޓު އާއި ދަގަނޑޭގެ ލަނޑުތަކުން ޓީސީން ލީޑް ދަމަހައްޓައިފި

އަޝްފާގް، ތިމަރަފުއްޓާ ދެކޮޅަށް ޓީސީއަށް ދެ ލަނޑު ޖަހައިދިން
100%
0%
0%

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ހަވީރު ތ. ތިމަރަފުށި ޓީމު ކޮޅަށް އަލީ އަޝްފާގް 'ދަގަނޑޭ' އާއި އިޝާން އިބްރާހިމް 'ސައްޓު' ކާމިޔާބު ކުރި ލަނޑުތަކުން، 7-0 ގެ ތަފާތު ބޮޑު ނަތީޖާއާއެކު ތާވަލުގެ އެއް ވަނައިގައި ޓީސީން ލީޑް ދަމަހައްޓައިފި އެވެ.

މެޗުގައި، ދަގަނޑޭ އާއި ސައްޓު، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފަ އެވެ. ލިބުނު އިތުރު ފުރުސަތުތަކުގައި ހެޓްރިކާ ވަރަށް ގާތަށް ދެ ކުޅުންތެރިންނަށްވެސް ދެވުނެވެ.

ޓީސީން ވަނީ މެޗު ފެށިގޮތަށް ތިމަރަފުށީގެ ގޯލް ހުޅުވާފަ އެވެ. މެޗުގެ ދެ ވަނަ މިނެޓްގައި ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މުހައްމަދު އަޖުފާން އެވެ.

ޓީސީގެ ދެ ވަނަ ލަނޑު އޭގެ ހަތް މިނެޓް ފަހުން ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަން 'ފެލައިނީ އިއްބެ' އެވެ. ދެ ލަނޑުގެ ލީޑަކާއެކު ޓީސީން ފުރަތަމަ ހާފު ނިންމާލި އެވެ. އެޓީމުގެ ފަރާތުން ތަފާތު ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އަޝްފާގް ކުޅެން ނިކުތީވެސް ދެ ވަނަ ހާފުގަ އެވެ.

މެޗަށް ނިކުމެ އޭނާ ވަނީ ޓީސީއަށް ނަތީޖާ ފުޅާ ކޮށްދިނުމުގައި މުހިންމު ހިއްސާއެއް ވެފަ އެވެ. ޓީސީގެ ތިން ލަނޑު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ އަލާއެލްދީން ނާސިރެވެ.

އެއަށް ފަހު ދެން ފެނިގެން ދިޔައީ ސައްޓު އާއި އަޝްފާގް ލަނޑުތަކެވެ. ސައްޓު ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 66 ވަނަ މިނެޓްގަ އެވެ. އޭނާ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 74 ވަނަ މިނެޓްގަ އެވެ.

އަޝްފާގް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓް ގައެވެ. ޓީސީގެ ހަތް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 91 ވަނަ މިނެޓް ގައެވެ.

ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ޓީސީ އެއް ވަނައިގައި އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345