ވިޔަފާރި

ވާޗުއަލް ކަރަންސީ ރާއްޖޭގައި ބޭނުންކުރުމަކީ މަނާކަމެއް: އެމްއެމްއޭ

Oct 14, 2018
3
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީތައް ގަނެ ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާތީ، ނޫޓު ކަމަށް ދޭހަވާ އެއްވެސް އެއްޗެއް ނެރުމަކީ ކުށެއް ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން މި އޮތޯރިޓީންނެވެ. އެއްވެސް ފަރާތަކަށް މި ވިޔަފާރިތައް ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެއްވެސް ފަރާތަކަށް މި ވިޔަފާރިތައް ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަދީފައި ނުވާނެ ކަމުގައި ދަންނަވާ ކަމަށެވެ.

".. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ލީގަލް ޓެންޑަ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، މި އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާ ފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ލީގަލް ޓެންޑާ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި ކަމަށް ދޭހަވާފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910