ހަބަރު

ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިބޫއަށް މަރުހަބާ ކިޔައިފި

ޓީވީއެމްގައި މަސައްކަތް ކުރި ކުރީގެ މުވައްޒަފުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ.

ޓީވީއެމްގައި މަސައްކަތް ކުރި މުވައްޒަފުން އިބޫއަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ހަފްލާއެއް ރޭ މާގިރި ހޮޓަލްގައި ވަަނީ ބާއްވައިފަ އެވެ. އެ ހަފްލާގައި ޓީވީއެމްގެ ކުރީގެ މުވައްޒަފެއް އަދި މިހާރު ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓް ގްރޫޕްގެ މެންބަރެއް ކަމަށްވާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން އިބޫއަށް ވަނީ މަރުހަބާ ކިޔައިފަ އެވެ. އޭގެ އިތުރުން ޓީވީއެމްގެ ކުރީގެ އެހެން މުވައްޒަފުން ވެސް ވަނީ އިބޫއާއެކު ފޮޓޯ ނަގައި އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އިބޫއަށް ހާއްސަ މަރުހަބާއެއް ޓީވީއެމްގެ ކުރީގެ މުއައްޒަފުންގެ ފަރާތުން ކިޔާފައިވާ އިރު އިބޫއަކީ މީގެ ކުރިން ޓީވީއެމްގެ ޕްރޮޑިައުސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އިބޫއަށް މަރުހަބާ ކިޔަން ގިނަ ހަފްލާތަކެއް އަންނަނީ ބާއްވަމުން އެވެ. އެގޮތުން އައްޑޫ ރައްޔިތުން ފަރާތުން މަރުހަބާ ކިޔުމަށް ހާއްސަ ހަފްލާއެއް މިރޭ އެބަ އޮތެވެ.