ހަބަރު

ނޫސްވެރިޔާ މައްސަލާގަައި ސައުދީއަށް ފިޔަވަޅު އަޅަން ރާއްޖެ ދެކޮޅު

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީގެ މައްސަލަައިގައި ގައުމުތަކުން ސައުދީއަށް ފިޔަވަޅުު އަޅަން ތައްޔާރުވެފައި ވަނިކޮށް، އެގައުމަށް ފިޔަވަޅު އެޅުމާ ދެކޮޅު ހަދާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ " ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައިގެން ނުވަތަ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކޮށްގެން ވިޔަސް ގައުމެއްގެ އިސްތިގުލާލަށް ގެއްލުުންވާ ފަދަ ގޮތަކަށް ކުރާ ކޮންމެ ކަމަކާ ރާއްޖެއިން ދެކޮޅުހަދާ" ކަމަށެވެ.

" އެގޮތުން ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ފަރާތުން އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު ބަޔާނަށް ދިވެހިރާއްޖޭން ތާއީދުކުރަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި މިހެން ބުނެފައި ވާއިރު ސައުދީ ސަރުކާރުން ބުނެފައި ވަނީ ދޮގު ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް އަޅާ އެއްވެސް ފިޔަވަޅެއް އެގައުމުން ބަލައި ނުގަންނާނެ ކަަމަށެވެ.

"ފިޔަވަޅެއް އަޅައިފި ނަމަ އޭގެ ރައްދުގައި އެެއަށް ވުރެ ވަރުގަދަ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ވެސް ރަސްކަމުގެ ފަރާތުން ދެން. އަދި ރަސްކަމުގެ ގެ އިގުތިސާދަކީ ދުނިޔޭގެ އިގުތިސާދުގައި ނުފޫޒު ގަދަ އަދި މުހިއްމު ދައުރެއް އަދާކުރާ އިގުތިސާދެއް،" ސައުދީ ސަރުކާރުގެ ނަން ހާމަ ނުކުރާ އޮފިޝަލު ވިދާޅުވި ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ވެއެވެ.