ހަބަރު

ސަން މީޑިއާ އަލުން ފަށައިފި

ސަން މީޑިއާ ގްރޫޕުން ހިންގާ ސަން އޮންލައިން އާއި ސަން ޓީވީ ރިބްރޭންޑް ކުރުމަށްޓަކައި ހުއްޓައިލިތާ މަހެއްހާ ދުވަސް ފަހުން މިއަދު އަލުން ސަން މީޑިއާ މިއަދު އަލުން ލޯންޗް ކޮށްފިއެވެ

ސަން މީޑިއާ އަލުން ލޯންޗް ކުރުމަށް ނެޝަަނަލް އާޓް ގެލެރީގައި މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެ ގްރޫޕްގެ އެޑިޓާ އިން ޗީފް އަހުމަދު ޒާހިރު ( ހިރިގާ) ވިދާޅުވީ ރިބްރޭންޑް ކުރުމަށްޓަކައި ހުއްޓައިލުމާ ހަމައަށް ސަން މީޑިއާ އޮތީ ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ޚަބަރުފަތުރާ ވަސީލަތުގެ ގޮތުގައި ކަމަށާއި އެމަގާމަށް ވަރަށް އަވަހަށް އަނެއްކާވެސް އާދެވޭނެ ކަމަށެވެ.

ސަންމީޑިއާ ހުއްޓައިލީ ޚައްސާސް ވަގުތެއްގައި ކަމަށް ވެސް މިއަދުގެ ހަފުލާގައި ޒާހިރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އޭރު ހާލަތު އޮތް ގޮތުން އެއީ އެންމެ ރަނގަޅު ވަގުތުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރީބްރޭންޑް ކުރުމަށް ސަންމީޑިއާގެ ޚިދުމަތް މެދުކަނޑާލީ ވަރަށް ޚައްސާސް ވަގުތެއްގައިކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ސަންމީޑިއާގެ ހިދުމަތް ކުއްލި ގޮތަކަށް މެދުކަނޑައިލީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދަނިކޮށް، އެ އިންތިހާބަށް މަދު ދުވަސްތަކަކަށް ވެފައި ވަނިކޮށެވެ. އެހެންވެ އެ އިންތިިހާބުގެ ކަވަރޭޖް އެގްރޫޕަށް ވަނީ ނުގެނެސްދެވިފައެވެ.