ވާހަކަ

ބުނެދޭށޭރުހެމޭ

(14 އޮކްޓޯބަރ 2018 އާ ގުޅޭ) -- "އެރޭ އަހަރެން ބޭރުގައި އުޅޭ އަޑުއިވިގެންތަ ސްކާލެޓް ނުކުތީ" އަރްސަލް އެއްސެވެ.

"ނޫން... ނުނިދިގެން ނުކުތީ، ނުކުތްތަނާ ތި ދެ މީހުން ފެނުނީ، އެރޭ ވެސް ކަމެއް ނުހިނގައޭތަ ބުނާނީ" ނިމްރާ ސީރިއަސްވެލިއެވެ.

"ގޯޑް ޕްރޮމިސް... އެއީ ރާދުގެ ކަންތައް" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ.

"ރާދުއެއްނޫން އެރޭ އަހަންނަށް ފެނުނީ" ނިމްރާ ތުންކޮޅު ހަދާލިއެވެ. އެތަން ފެނި އަރްސަލް ހީނލިއެވެ.

"މިއަދު ސްކާލެޓްގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުދޭނަން، އެއީ ކާކުކަން ނުބުނާކަށްނޫން، ހަޤީޤަތުގައި ވެސް އަހަރެންގެ ސްޓުޕިޑްކަމުން ކުރިކަމެއްއެއީ، އެ ދުވަހު ސޯފާގައި އަހަރެމެން ދެ މީހުން ތިއްބައެއްނު ރާދު ގެއަށް އައީ، އޭނާއަށް ފެނުނު ކަންތަކުން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، އަހަރެން ގޮވައިގެން ބެލްކަންޏަށް ނުކުމެފައި އެހީ ނިމްދެކެ ލޯބިވޭހޯ، އަހަރެންނަށް އޭރު އަހަރެންގެ އަމިއްލަ އިޙްސާސްތަކަށް ދޭނޭ ނަމެއްނޭނގުނު، އަނެއްކޮޅުން އެ އިޙްސާސްތަކަށް ލޯބީގެ ނަން ދޭކަށް ވެސް ބޭނުމެއްނޫން އޭރަކު، ރާދުން ދެވަނަ ފަހަރަށް ސުވާލުކުރުމުން އަހަރެން ބުނިން ނޫނެކޭ، އެހެންވެ ރާދު ދެން އެންގީ ނިމްއާ ގާތްނުވަން، ލޯބިނުވާއިރު އަންހެންކުއްޖަކާ އެފަދަ ސަމާސާކުރުމަކީ އޭނާއަށް ދެވޭ އިތުރު ނިކަމެތިކަމަކަށްނޫނީ ނުވާނޭ އޭނާ ބުނީ، ދެން ބުނީ އަހަރެން އުޅޭގޮތުން ނިމް އަހަރެންދެކެ ލޯބިވެދާނޭ، އަދި އަހަރެން ވެސް ނިމްދެކެ ލޯބިވާނޭ، އެހެންބުނުމުން އަހަރެން ބޭނުންވީ އެކަން އެހެން ނުވާނޭކަން ސާބިތުކޮށްދޭން، އެހެންވެ ރާދު ގާތުބުނިން ދެން އެކަހަލަ ކަމެއްނުކުރާނަމޭ، އެކަމަކު އަހަރެންގެ ސިކުނޑިން ނިމްގެ ޚިޔާލުތަކެއް ނެރެއެއްނުލެވުނު، ހިތަށް އެރީ އެހެން އަންހެންކުއްޖަކާ ގާތްވެލުމުން ހުރިހާކަމެއް ހައްލުވެދާނޭ، އެރޭ އިމާ ގެއަށް ގެނައީ ކުރިން ރާވައިގެންނެއްނޫން، އެ ދުވަހު އެއާޕޯޓަށް ދިޔައީ ޒިވަންއާއެއްކޮށް، އޭނާ ފުރަންދެން އެތަނުގައި ދެ މީހުން ކޮފީގައި ތިބީ، އޭނާ ފުރުވާލުމަށްފަހު އަހަރެން ގެއަށް އަންނަން އުޅެނިކޮށް އިމާއާ ދިމާވީ، އޭނާ ވެސް އާންމުކޮށް ހުންނަނީ ރާއްޖޭން ބޭރުގައި، ފެމެލީ މީހަކު ބަލައި އައިސް ކަމަށް އޭނާ ބުނީ، އަހަރެމެން ދެ މީހުން ކުރިން ވެސް އެކަކު އަނެކަކު ދަންނަން، އޭނާއަކީ ކޮންކަހަލަ އަންހެންކުއްޖެއްކަން އޭރު އަހަރެމެންނާއެކު އުޅުނު އެންމެނަށް އެނގޭނެ، އަވަހަށް ގެއަށް އަންނަން ބޭނުންނުވީ ސްކާލެޓްއާ ކުރިމަތިލާން ބޭނުންނުވެގެން، އެހެންވެ އޭނާ ގޮވައިގެން ކޮފީއަކަށް ދިޔައީ، އިމާއަކީ ކޮންކަހަލަ އަންހެންކުއްޖެއްކަން އެނގޭތީ އަހަރެން ހިތަށް އެރީ އޭނާއާއެއްކޮށް ކަމެއް ހިނގައިދިޔަޔަސް އެކަން ބޮޑުކަމަކަށްނުވާނޭ، އޭނާ ވެސް އުޅުނު ގޮތުން ހިތަށް އެރީ ގެއަށް ގެންނަން... އަހަރެމެން ދެ މީހުންގެ ދެމެދުގައި އެއްވެސް ކަމެއް ނުހިނގަނީސް އެރޭ ސްކާލެޓް ނުކުތީ، އަސްލު އެމަންޒަރު ސްކާލެޓްއަށް ފެންނާކަށް އޭރުވެސް އަހަރެން ބޭނުމެއްނޫން، އެކަމަކު އިއްތިފާގަކުން އެކަން އެހެންވީ... އަނެއްހެން ބުނަންޏާ ނަސީބެއް އެއީ، އަހަންނަށް ފެނުނު ސްކާލެޓްއަށް ހާޓްވެފައި ހުރިވަރު، ފަހުން ރުޅިއާދެވުނީ އަމިއްލަ ނަފްސުދެކެ، އެ ރުޅިގަނޑު ވެސް ބާލާލެވުނީ ނިމްއަށް، ސޮރީ ލަވް، އައި އޭމް އަ ކޮމްޕްލިކޭޓެޑް މޭން، ގަސްދަކާއިނުލައި ވެސް އެތައް ފަހަރަކު އަހަންނަށް އެބަހުރި ސްކާލެޓް ރޮއްވާލެވިފައި، ޖެހިގެން އައި ރޭ ހަލަފްއާއެއްކޮށް ބޭރަށް ދިޔައީމަ އަހަރެން މޮޔަނުވީ ކިރިޔާ، އެރޭ ވަރަށް ރީތި އަސްލު، އެހާ ރީތިވެގެން އެހެން ފިރިހެނަކާއެކު ދިޔުމުން އަހަރެން ޖެލަސްވީ، އެނގުނު އަހަރެން ކުރި ކަންތަކުގެ ސަބަބުންކަން ސްކާލެޓް އެހެން ކަންތައްކުރީ، އެހެންވެ ވަކިން ބޯސަކަރާތްވެފައި ހުރީ... ހެދުން ވެސް އެރޭ އިރާލެވުނީ އެހެންވެ، ފޯނު ހަލާކުކޮށްލީ އޭގައި މިޢުވާނުގެ ފޮޓޯތައް ހުރުމުން، އޭނާގެ މަތިން ސްކާލެޓް ހަނދާންކުރަން އަހަރެން ބޭނުންނުވީ، ސްކާލެޓްގެ ހުރިހާ ސަމާލުކަމެއް އަހަންނަށް ހުއްޓެން އަހަރެން ބޭނުންވީ، އަހަރެން އިމާ މަތިން ހަނދާންނައްތާލައިގެން ހުއްޓަ އިހަކަށްދުވަހު އަނެއްކާ ހޮޓެލްގެ ލޮބީއިން އޭނާ ފެނުނީ، އެވެސް ސްކާލެޓް ގޮވައިގެން ހުއްޓާ، އަހަރެން ހިތަށް އެރި އޭނާ އެނގޭނެއޭ، އެރޭގެ މަތިން ހަނދާންވާނޭ، އެހެންވެ އަވަހަށް އޭނާގެ ގާތަށް ގޮސް މަޑުކުރެވެންނެތް ވާހަކަބުނީ، އަދި ސްކާލެޓްއަކީ އަހަރެންގެ ގާލްފްރެންޑްކަމުގައި ބުނިން، އަހަންނާ ކޮންޓެކްޓްނުކުރުމަށް ވެސް އިމާ ގާތު އެދުނިން" ޚިޔާލުތަކަށް ގެއްލިފައި އޮވެ އަރްސަލް ކިޔައިދިނެވެ.

"ޑެވިލް" ނިމްރާ މަޑުމަޑުން އަރްސަލްގެ މޭގައި ޖަހާލަމުން ބުނެލިއެވެ.

"އައި ލަވް ޔޫ މައި ސްކާލެޓް" އަރްސަލް ހިނިތުންވެލިއެވެ.

ސޯފާގައި އޮށޯވެލައިގެން ދެމީހުން ތިބިއިރު އަރްސަލްގެ އަތުގެ ތެރޭގައި ނިމްރާ އޮތެވެ. އެހެން އޮވެފައި އަނެއްކާ ވެސް އަރްސަލް ވާހަކަދައްކަން ފެށިއެވެ. ކީފާއާއި މިޢުވާނުގެ ހަޤީޤަތް އަރްސަލް ކިޔައިދޭން ބޭނުންވީއެވެ. ނިމްރާއަށް މިހާތަނަށް ސިއްރުކުރި ހުރިހާކަމެއް ކިޔައިދޭން އަރްސަލް ނިންމިއެވެ.

"ކީފާއާއި މިޢުވާނު ރައްޓެހިވެގެންކަމަށް އެ ދެ މީހުން ވެސް އެއްބަސްވި، މިޢުވާނު އެދުނީ ކީފާއަށް ލަނޑެއްނުދީ ދޫކޮށްލާނީ އަހަރެން ސްކާލެޓްއާ ގުޅުން ކަނޑާލައިފިއްޔާ ކަމަށް، އަހަރެން ކީފާއާ ބައްދަލުކުރީ އެހެންވެ، މިޢުވާނުގެ މަކަރުވެރިކަން އޭނާއަށް ބުނެދޭންވެގެން، އަހަރެން ކީފާ ގާތު ބުނިން އަހަރެން ލޯބިވަނީ ސްކާލެޓްދެކެއޭ، ވަރަށް އަވަހަށް ކައިވެނި ކުރާނަމޭ، ޕްރޮޕޯޒް ކުރަން ހެދި އަނގޮއްޓި އޭނާ ވަގަށްނެގީ، އޭނާ ނޫން މީހަކަށް އެ އަނގޮއްޓިއެއް ނުފެންނާނެ، ރާދުއަށް ވެސް އެނގޭނީ އަހަރެން ސްކާލެޓްއަށް ޕްރޮޕޯޒްކުރަން އަނގޮއްޓިއެއް ހެދިކަން، އަހަރެން ކީފާ ގާތު ބުނިން މިޢުވާނު ކޮންމެކަމެއް ކުރިޔަސް އަހަންނަށް ސްކާލެޓް ދޫކޮށްލެވޭކަށްނޯންނާނޭ، އެ ވީޑިއޯ އެވަނީ އެޑިޓްކުރެވިފައި، އަހަރެން އެރޭ ކީފާ ގާތަށް ދިޔައީ އޭނާ ގުޅާފައި ރޯންފެށުމުން، މިޢުވާނު އޭނާއަށް އަނިޔާކޮށްގެން، ކީފާ ހުރީ މިޢުވާނު ހިފާފައި ހުރި އެޕާޓްމެންޓެއްގައި، އަހަންނަށް ދެވުނު އިރު ކީފާ ރޮނީ، އޭނާގެ އަނގަމަތި ހުރީ ފަޅައިގެން ގޮސްފައި، އަހަރެން ގޮސް އޭނާ އެތަނުން ނެރެ ގެއަށް ގެންދިޔައީ، އަހަރެންގެ ގަމީހުގައި ލޭހެކިފައި ހުރުމުން އެ ހުރި ގޮތަށް ނުކުމެގެން ނުދާށޭ ކިޔައި ކީފާ އާދޭސްކުރުމުން އަހަރެން ގަމީސް ބޭލީ، އޭނާ ބުނީ ކޮޓަރިއަށް ވަދެ ގަމީސް ބާލައިފައި ދިނުމަށް، އަދި އޭނާ ދޮވެގެން އަންނަންދެން މަޑުކޮށްލަން، އަހަރެން ކީފާ ގައިގާ ބައްދާލީ އޭނާއަށް ވެފައި ހުރި ގޮތުން އޭނާއަށް ކޮމްޕޯޓެއް ދިނުމަށް، އަހަރެން އޭނާއާ މީޓުކުރާކަން ސިއްރުކުރީ މެރީކުރަން ކައިރިވެފައި އޮތްއިރު ސްކާލެޓް އަންކޮމްފޯޓަބަލް ވާނޭކަން އެނގޭތީ، އައި ޖަސްޓް ވޯންޓް ޓު މޭކް އިޓް ރައިޓް ވިތް ޔޫ، އެކަމަކު އެއީ މިސްޓޭކެއްކަން މިހާރު ވިސްނިއްޖެ، ދެން އެއްވެސް ކަމެއް ސިއްރެއްނުކުރާނަން އިނގޭ" ނިމްރާގެ ނިތްކުރީގައި އަރްސަލް ބޮސްދިނެވެ.

"އަހަންނަށް ވެސް ނުބުނެވުނީމަ ދޯ މިހެންމިވީ" ނިމްރާ ބުނެލިއެވެ.

"އައި ޑޯންޓް ބްލޭމް ޔޫ" އަރްސަލް ބުންޏެވެ. އެވަގުތު ނިމްރާގެ ބަނޑުން ހައިކަމުގެ އަޑުކިޔާލިއެވެ. އެހިނދު އަރްސަލް ބޯހިތްލާލައި ނިމްރާއަށް ބަލާލިއެވެ.

"ހިނގާ ކާން، އައި ވިލް ހެލްޕް ޔޫ" އަރްސަލް ތެދުވަމުން ބުންޏެވެ. ނިމްރާގެ އަތަށް ދަމާލަމުން އޭނާ ގޮވައިގެން ބަދިގެއަށް އައިސް ވަނެވެ. ދެ މީހުންގެ ޠަބީޢަތް ބަދަލުވެ ނަފްސަށް ވެރިވި ހާސްކަން ފިލައިފިއެވެ. ނަމަވެސް އަރްސަލްގެ ހަޤީޤީ ރުޅިވެރިކަން ފިލައިގެނެއް ނުދެއެވެ. ނިމްރާއާއި އޭނާއާ ދެ މީހުންގެ ދެމެދަށް ހުރަސްތައް ކުރިމަތިކުރުވީ ކީފާއާއި މިޢުވާނާ ގުޅިގެންކަން އޭނާއަށް ޔަގީންވެއްޖެއެވެ. ނަމަވެސް އެކަމާ އޭނާ އަޅާނޭ ފިޔަވަޅެއް ނިމްރާގެ ގާތުގައި ބުނާކަށް އޭނާ ގަސްދެއްނުކުރެއެވެ. ބޭނުންވީ ނިމްރާ ހިތްހަމަޖައްސައިދީފައި ބަހައްޓާށެވެ.

ކައުމުގެ ކަންކަން ނިންމާލުމަށްފަހު ނިމްރާ ތަށިތައް ނަގަން ހުއްޓެވެ. ނިމްރާގެ ފޮށި ހިފައިގެން އަރްސަލް ގޮސް އޭނާގެ ކޮޓަރީގައި އެ ފޮށި ބެހެއްޓިއެވެ. އެވަގުތު ރީތިވާ މޭޒުމަތީ އޮތް ކަރުދާސްކޮޅާއި އަނގޮއްޓި އަރްސަލްއަށް ފެނުނެވެ.

"އައި އޭމް ރިޓާނިންގް އިޓް، ނައު ޔޫ ކެން މެރީ ހާ، ޔޫ ޑޯންޓް ހޭވް ޓު ވެއިޓް ފޯ ވަން މަންތް އެންޑް ޔޫ ޑޯންޓް ހޭވް ޓު ވޮރީ އަބައުޓް ދިސް އެޕާޓްމެންޓް، އައި ވިލް ނޮޓް ކަމްބެކް، ޔޫ މޭ ގިވް އިޓް ޓު ހާ" އަރްސަލް އެއްއަތުން ނޯޓުކޮޅު ހިފައިގެން ހުރެ ކިޔާލިއިރު އަނެއްއަތުގައިވީ ރަންކީ ރޭ ނިމްރާގެ އިނގިލީގައި އެޅުވި އަނގޮއްޓިއެވެ. ވަގުތުން އަތުގެތެރެއަށް ކަރުދާސްކޮޅު އަރްސަލްއަށް ބޮނޑިކޮށްލެވުމާއެކު ދަތްކުނޑިވިކާލިއެވެ. އެހެން ހުއްޓާ އެ ކޮޓަރިއަށް ނިމްރާ އައިސް ވަނެވެ. އެހިނދު އަވަސްއަވަހަށް ބޮނޑިކޮށްލި ކަރުދާސްކޮޅާއި އަނގޮއްޓި ޖީންސުގެ ޖީބަށް ލިއެވެ.

"ޔޫ ލުކް ޓަޔަޑް" އަރްސަލް ވަގުތުން ހިނިތުންވެލިއެވެ.

"ރޭގަ ނުނިދުނު އެއްގޮތަކަށް ވެސް" މޫނުގައި ދެއަތްތިލަ ހާކާލަމުން ނިމްރާ ބުނެލިއެވެ.

"އެހެންވީރު އޮށޯވެލަންވީނު، އައި އޭމް ނޮޓް ގޮއިން އެނިވެއާ، ޓްރަސްޓް މީ" އަރްސަލް ބުނެލިއެވެ. ނިމްރާ އައިސް އެނދުގައި އޮށޯވެލުމުން އޭނާގެ ގާތުގައި އަރްސަލް ވެސް އޮށޯވެލިއެވެ.

"ސްކާލެޓް" އަރްސަލް ގޮވާލިއެވެ. އެއާއެކު ނިމްރާ ހޫންލައްވާލިއެވެ.

"މިތަނުން ނުކުމެގެންދާން ސްކާލެތް ގާތު ބުނާނޭ އެކަކު ވެސް ނުހުންނާނެ އިނގޭ، އެއީ އަހަރެން ވިޔަސް ކުރާނޭވަރު ކަމެއްނޫން، ދިސް ޕެންޓްހައުސް އިޒް ޔޯސް، އައި ބިލްޓް އިޓް ފޯ ޔޫ، އޮންލީ ޔޫ" އަރްސަލް ބުންޏެވެ. ނިމްރާ ވަކި އެއްޗެއް ނުބުންޏެވެ. އެހެންނަމަވެސް އަރްސަލްގެ އެ ވާހަކަތައް އޭނާ ޤަބޫލުކުރިއެވެ. ކީފާ ދެއްކި އެއްވެސް ވާހަކައެއް މިހާތަނަށް ތެދުވެފައި ނެތެވެ. ވީއިރު ނިމްރާ އެ ޕެންޓްހައުސް އިން ނެރެން އަރްސަލް ގަސްދުކުރާކަން ކީފާ ބުނުމުން އެވާނީ ކަނޑައެޅިގެން ދޮގަކަށްކަން ނިމްރާއަށް ވިސްނުނީއެވެ. އިތުރު ސުވާލެއް އޭނާ ކުރަން ބޭނުންނުވީ އެހެންވެއެވެ.

ނިމްރާއަށް ނިދިއްޖެކަން ޔަގީންވުމުން އަރްސަލް މަޑުމަޑުން އެނދުން ފޭބިއެވެ. ނިމްރާގެ ނިތްކުރީގައި ބޮސްދީފައި ރަޖާ ރަނގަޅުކޮށްލަމުން ނިމްރާ ގެންގުޅޭ ސްޓިކޯނޯޓުގައި މެސެޖެއް ލިޔެ ލޯގަނޑުގައި ހަރުކޮށްލިއެވެ. އަދި އޭނާ ނުކުމެގެން ދިޔައީ ނިމްރާގެ ފޯނު ހިފައިގެންނެވެ. އެޕާޓްމެންޓުން ނުކުންނަމުން ރާދިންއަށް ގުޅިއެވެ. ރާދިން ހުރީ ޒިވަންއާއެކު އޭނާގެ އޮފީހުގައިކަން އެނގުމުން އަރްސަލް ހިނގައިގަތީ ކޮންޓްރޯލު ރޫމާ ދިމާއަށެވެ.

"ސޯ..." ޒިވަންގެ އޮފީހަށް އަރްސަލް ވަނުމާއެކު އޭނާ ބުނެލިއެވެ. އެހިނދު ނިމްރާގެ ފޯނު އޭނާ ދައްކާލިއެވެ. އަދި ނުރުހުންވެފައި ހުރި ދުލަށް އައިހާ އެއްޗެއް ކީފާއާއި މިޢުވާނާ ދިމާއަށް ގޮވާލިއެވެ. އަދި ކަންތައްވީ ގޮތް އަރްސަލް ކިޔައިދިނެވެ.

"ޒޭވިއާ... އެ ބަލާވެރިކަމުން އުމުރަށް ސަލާމަތްވާނޭ ގޮތެއްނުވާނެތަ" އަރްސަލް އިނދެފައި ބުންޏެވެ.

"އަހަރެން އޭނާ ހަނދާންނުނެތޭވަރުގެ ބޮނޑިއެއް ދޭނަން، އޭނާއަށް ނޭނގިގެން އެ އުޅެނީ އޭނާ ކުޅެން ގަސްދު އެކުރީ ކާކުގެ ކޮއްކޮއަކާކަން، ކީފާއަށް ރާއްޖޭގެ ކޯޓަކަށް ދެންވަދެވޭތޯ މަ ބަލާނަން، ވަންނަންޏާ ވަންނަންޖެހޭނީ ކުށްވެރިއެއްގެ ގޮތުގައި" ޒިވަން ވެސް އިނީ ރުޅި ގަދަވެފައެވެ.

"އައި ވިލް ހޭންޑްލް ހާ" އަރްސަލް ބުނެލިއެވެ.

"ހައު އިޒް ޝީ ނައު" ނިމްރާގެ ހާލު ރާދިން އެހިއެވެ.

"ރާދު، ޒޭވިއާ... ޝީ ވޯޒް ޕްރެގް" އަރްސަލް އިސްޖަހާލަމުން ބުނެލިއެވެ.

"ވަޓް" ރާދިންއާއި ޒިވަންއަށް އެއްފަހަރާ ހަޅޭލަވައިގަނެވުނެވެ.

"އެކްސިޑެންޓް ހިނގިއިރު އޭނާ އިނީ މިޢުވާނަށް ބަލިވެ، ތްރީ މަންތްސް ޕްރެގްނެންޓް... ޝީ ވޯތް ހާޓިން އެޓް ދެޓް ޓައިމް، އެންޑް އައި ބްލޭމް ހާ ވިތް އެވްރިތިންގް، ބަނޑުގައި އޮތް ދަރިފުޅު ގެއްލުނުއިރު އެވާހަކަ ބުނާނޭ މީހަކުވެސް އޭނާގެ ހަޔާތުގައި ނެތް، އެ ދަރިފުޅަށް ޓަކައި އޭނާ ހިތްފުރެދެން ރޯލާނޭ ފުރުޞަތު ވެސް ނުލިބުނު، އަހަންނަށް ވެގެންވަންޏާ މިޢުވާނުގެ ވަސް ވެސް މިދުނިޔެއިން ފުހެލަން ބޭނުންވަނީ، އަހަރެންގެ ނިމްއަށް އެ ނިކަމެތިކަން ދިން މީހަކީ އެއީ، ބަލިވެ ބައިންދާ އޭނާގެ ހުރިހާ އެއްޗެއް ފޭރިގަތީ، މިހިސާބަށް ކަންތައް ނުދިޔަނަމަ ނިމް އުމުރަށް އެކަން ސިއްރުކުރީސް، އައި ލަވް ހާ ޓޫ މަޗް، އައި ކާންޓް ސީ ހާ ލައިކް ދެޓް، ވީކް އެންޑް ކްރައިން ހާ ހާޓް އައުޓް ހެލްޕް ލެސްލީ، އައި ވޯންޓް ލެޓް އެނީވަން ބްރޭކް ހާ އަގައިން" އިސްޖަހާލައިގެން އިން އަރްސަލް ލޯ ފުހެލިއެވެ. ނިމްރާގެ ކުރިމަތީގައި އޭނާގެ ހިތަށް ކުރި އަސަރު ފޮރުވި ނަމަވެސް ރާދިންއާއި ޒިވަންގެ ކުރިމަތީ އެކަމެއްނުވިއެވެ. ރާދިންއާއި ޒިވަން ތިބީ ޝޮކެއްގެ ތެރޭގައެވެ.

"ހީ ވިލް ޕޭ... އައި ވިލް މޭކް ހިމް ޕޭ ފޯ ދިސް" އިސްތަށިގަނޑާއި ތުނބުޅީގައި އަތްހާކާލުމާއެކު ޒިވަން ބުނެލީ ޚިޔާލަކަށް ގެއްލިފައި އިނދެއެވެ.

"ޔޫ ޑިޑިންޓް ނޯ، އަހަރެމެން އެކަކަށް ވެސް ނޭނގޭ، އަރްސަލް، ނިމް މިހާރު އެކަންޏެއްނޫން، ނައު ޝީ ހޭސް ޔޫ، އޭނާއަށް ދެރަގޮތެއްވުމުގެ ކުރީން އެކަން ހުއްޓުވަން އަހަރެމެން ވެސް މިތިބީ، އަހަންނަށް ކުރިން ވެސް އެނގޭ ނިމް ދިޔަކަ ނުދޭނެކަން އަރްސަލް" އަރްސަލްގެ ގާތަށް ގޮނޑި ދަމާލަމުން އޭނާގެ ކޮނޑުގައި ރާދިން މަޑުމަޑުން ޖަހާލިއެވެ.

ޒިވަން ގޮނޑިން ތެދުވިގޮތަށް މީހަކަށް ފޯނުކުރިއެވެ. މިޢުވާނުގެ ތަފްސީލު ފޮނުވަންކަމާއި އޭނާ ހުރި ހިސާބެއް ހޯދައިދިނުމަށް ޒިވަން އެންގިއެވެ. އޭނާ ފޯނުން ދައްކަމުންދިޔަ ވާހަކަތައް އަރްސަލްއާއި ރާދިން ވެސް ތިބީ އަޑުއަހާށެވެ. ފޯނުކޯލު ނިންމާލުމާއެކު ޒިވަން ބުނީ މިޢުވާނުގެ ހަމަޖެހުން މިއަދުން ފެށިގެން ގެއްލުނީކަމުގައެވެ.

ރާދިންއާއެކު އަރްސަލް އިނީ ކާރުގައެވެ. އެމީހުންގެ މިސްރާބު ހުރީ ގެއާ ދިމާއަށެވެ. މިހާތަނަށް ނިމްރާއާ މެދު ކަންތައް ކުރަމުން އައި ގޮތް ބަދަލުކުރަން އަރްސަލް ބޭނުމެވެ. އޭނާގެ ފެށުމަކަށްވީ ޒިވަންއާއި ރާދިންގެ ގާތުގައި ޚިއްޞާކުރި ނިމްރާގެ ސިއްރު، ސިއްރެއްގެ ގޮތުގައި ބާއްވައިދިނުމަށް ވަޢުދުކުރުވުމެވެ. އަރްސަލްއާއި ނިމްރާއަށް ވެގެން އުޅޭ ގޮތެއް ނޭނގި ކަންބޮޑުވެފައި ހުރި ބިލާލަށް ހުރިހާކަމެއް ކިޔައިދޭން އަރްސަލް ނިންމިއެވެ. ނިމްރާގެ ކުށެއްނެތްކަން ހާމަކުރަން އަރްސަލްވަނީ ކެތްމަދުވެފައެވެ. ރާދިން ވެސް ޚިޔާލުދިނީ ބައްޕަ ނޭނގުމެއްގެ ތެރޭގައި ބެހެއްޓުމަށްވުރެ ހުރިހާކަމެއް އޮޅުންފިލުވައިދިނުމަށެވެ.

* * * * *

އަސުރުކޮށްގެން ގެއަށް ބިލާލުގެ ސަމާލުކަން އަތުލީ ބޮޑުކޮޓަރި ތެރޭ ތިބި ޝަރުމީނާއި އަރްސަލްގެ އިތުރުން ރާދިންނެވެ. ބިލާލު ވަދެގެން އައުމާއެކު ޝަރުމީނު އަވަސް އަވަހަށް ތެދުވިއެވެ. އޭނާ ބިލާލުގެ ގާތަށް އައިސް އަރްސަލް އެ އިންނަނީ ބިލާލުއާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެކަން ބުންޏެވެ. ބިލާލު އައިސް އަރްސަލްއާ ކުރިމަތިވާނޭހެން ހުރި ސޯފާގައި އިށީނެވެ. ދަރިފުޅަށް އޭނާ ނިކަން ރަނގަޅަށް ބަލާލިއެވެ. ދެލޮލުގައިވަނީ ވަރުބަލިކަމާއި މަޑު ރަތްކަމެވެ. ތުނބުޅި މަތިސް ހުރީ އާންމުކޮށް އަރްސަލް ބަހައްޓާ ވަރަށްވުރެ ދިގުވެފައެވެ. އަމިއްލަ ނަފްސަށް ފަރުވާލެއް ނެތްފަދައެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް އަރްސަލް ފެނުނު ގޮތެއްނޫނެވެ.

"ކައިވެންޏާ މެދު ވާހަކަދައްކަންތަ؟" ބިލާލު އަހާލިއެވެ. އެއާއެކު އަރްސަލް ބޯޖަހާލިއެވެ.

"އަޅުގަނޑު މިދަނީ ކޮޓަރިއަށް" ރާދިން ތެދުވިއެވެ. އެވަގުތު ޝަރުމީނު ވެސް އެތަނުގައި ނުހުންނަން ހިނގައިގަތެވެ.

"އެންމެންނާ ވާހަކަދައްކަން ބޭނުންވަނީ" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ. ޝަރުމީނަށް ލިބުނީ ހައިރާންކަމެކެވެ. ރާދިން އެއްވެސް އެއްޗެއް ނުބުނެ ކުރީން ވެސް އިންތަނުގައި އިށީނދެއްޖެއެވެ. ޝަރުމީނު ހުއްޓުން އަރާފައި ހުއްޓާ އަރްސަލް އޭނާއަށް ބަލާލާފައި ބޯޖަހާލިއެވެ. ބިލާލު ގޮވާލުމުން ޝަރުމީނު އައިސް ބިލާލުގެ ގާތުގައި އިށީނެވެ.

"ނިމްރާ ނޫން އަންހެންކުއްޖަކާ އަޅުގަނޑު ކައިވެންޏެއްނުކުރާނަން، އެކަމަކު މިވަގުތަށް ކައިވެނީގެ ކަންތައްތައް މަޑުޖައްސާލަން ބޭނުންވަނީ، ބައްޕަ އަބަދުވެސް ސުވާލުކުރަމެންނު އަހަންނާއި ނިމް ދިމާވީ ކިހިނެއްތޯ، އެވާހަކަތައް ކިޔައިދޭން ބޭނުންނުވީ ސަބަބެއްނެތިއެއްނޫން" އަރްސަލް މަޑުމަޑުން އޭނާގެ ހަޔާތަށް ނިމްރައި އައި ގޮތް ބިލާލާއި ޝަރުމީނަށް ކިޔައިދެމުންދިޔައެވެ. ހުރިހާކަމެއް ތަފްސީލުނުކުރިނަމަވެސް ބިލާލާއި ޝަރުމީނަށް އެނގުން މުހިންމުވާނެ ހުރިހާކަމެއް އޭނާ އޮޅުންފިލުވައިދިނެވެ. އަދި އެއީ ނިމްރާ ބޭނުންވާގޮތްކަން ބުނެދިނެވެ.

"ނިމްރާވަނީ ބައްޕަގެ ރުހުން މާކުރިން ހޯދައިފައި، ތި ވާހަކަތަކުން ބައްޕަ ނިންމި ނިންމުމެއް ބަދަލެއްނުކުރާނަން، ދަރިފުޅު ގުޅެން ބޭނުންވަނީ ނިމްރާއާ ކަމަށްވާނަމަ އަހަރެމެންގެ ޅީދަރިއަކަށްވާނީ ނިމްރާ، އެކަމަކު ބުނަން... ތިހެން ޚަބަރެއްނުވެ ދުރުގައި ހުރުމަކީ ބައްޕަ އެއްވެސް ވަރަކަށް ހިތްހަމަޖެހޭކަމެއްނޫން، ވެގެން އުޅޭގޮތެއްނުބުނެ ދުރުގައި ހުރީމަ ބައްޕަމެން ވެސް ކަންބޮޑުވާނީ، ރާދުއަށް ގުޅީމަ ދަރިފުޅަށް ވެގެން އުޅޭގޮތެއް ބުނަނީއެއްނޫން" ބިލާލު ވާހަކަދެއްކިއެވެ.

އެންމެންގެ ވާހަކަ އަޑުއިވޭ ހިސާބުގައި ހަލަފް ހުރިކަމެއް އެކަކަށް ވެސް ނޭނގެއެވެ. އޭނާއަށް ހަޤީޤަތް އެނގުމުން ވަގުތުން ބޭނުންވީ ނިމްރާގެ ގާތަށް ދާށެވެ. އެކަކަށް ވެސް ނޭނގި ސިއްރުން ނުކުންނަން ދިޔަ ނަމަވެސް ރާދިން އޭނާއަށް ގޮވާލި އަޑަށް ހުއްޓުނެވެ. ދާތަނަކާ މެދު ބިލާލު ސުވާލުކުރުމުން ރައްޓެއްސަކު އައިސްގެން ވަރަށް އަވަހަށް ބޭރަށް ނުކުމެލާފައި އެބައަންނަންކަމުގައި ބުނެ ހަލުވިކޮށް ނުކުތެވެ.

* * * * *

ނިދިފައި ހޭލެވުނު ވަގުތު ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނިމްރާއަށް އިޙްސާސްވިއެވެ. އެނދުން ތެދުވި ގޮތަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަރްސަލްއަށް ދެތިން ފަހަރު ގޮވާލިއެވެ. ލޯގަނޑުގައި އަރްސަލް ހަރުކުރި ނޯޓު ނިމްރާއަށް ފެނި އެ ނައްޓާލިއެވެ. ފަހުން އަންނާނަން ކަމާއި އޭނާ ދިޔައީ ނިމްރާގެ ފޯނު ހިފައިގެން ކަމުގައި އަރްސަލް ބުނެފައި އޮތެވެ. ސިޓިންރޫމަށް އައިއިރު އެތަން ވެސް އޮތީ ހިމޭންވެފައެވެ. އެޕާޓްމެންޓުގައި އޭނާ ނޫން މީހެއްގެ ހިލަމެއްނެތެވެ. އަދިވެސް އެއްފަހަރު ކަރުދާސްކޮޅު ނިމްރާ ކިޔާލިއެވެ. އަދި ފޫހިކަމާއެކު ސޯފާއަށް ވެއްޓިގަތެވެ. (ނުނިމޭ)