ހަބަރު

އިބޫ ދިވެހި އަންހެން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

Oct 17, 2018
5

މާލޭގައި ތިބި ބައެއް އަންހެން ވިޔަފާރިވެރިންނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައްދަލުކުރައްވައިފި އެވެ.

އިބޫ ވަނީ އަންހެން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެ ފަރާތްތަކަށް ހުރި ދަތިތައް އޮޅުންފިލުވައި ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ފައިނެންސް ހޯދަން ހުރި ދަތިތަކާއި ޕްރައިވެޓް ސެކްޓާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ދިމާވާ ދަތިއުނދަގޫތަކާއި އަންހެންުންނަށް ވިޔަފާރީގެ ދާއިރާގައި މިހާރަށްވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދީ ގޭގައި ތިބެގެންވެސް އަންހެނުންނަށް މަސައްކަތްކުރެވިދާނެ ހަރުދަނާ ގޮތްތަކާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގެ ބައިވެރިންނާއެކު އިބޫ ވަނީ މަޝްވަރާކުރައްވާފަ އެވެ.


އަންހެން ބައެއް ވިޔަފާރިވެރިންނާ އިބޫ ބައްދަލުކުރައްވާފައިވާއިރު އިބޫ ވަނީ ބައެއް ޒުވާން ފިރިހެން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ދެ ޖިންސްގެ ތަފާތުކުރުމެއްނެތި އަންހެނުންނާއި ފިރިހެނުންނަށް ވިޔަފާރީގެ ދާއިރާއިން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ އިބޫގެ ރިޔާސީ ވައުދުފުޅެކެވެ.