ދުނިޔެ

އިންޑިއާގެ ފައްޅިއަކަށް ވަންނަން އުޅުނު އަންހެނުންތަކަކަށް ހަމަލާދީފި

Oct 18, 2018
2

ކެރެލާ (އޮކްޓޯބަރު 18) - އިންޑިއާގެ މަޝްހޫރު ހިންދޫ ފައްޅިއަކަށް ވަންނަން ދިޔަ އަންހެނުންތަކަށް ހުރަސްއެޅުމުގެ ގޮތުން އެމީހުންނަށް ހަމަލާދީފި އެވެ.

މައްސަރުކަންތައް ޖެހޭ އުމުރުގެ އަންހެނުންނަށް އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހުންނަ ސަބްރިމާލަ ފައްޅިއަށް މީގެ ކުރީގައި އޮންނަނީ ވަނުން މަނާކޮށްފަ އެވެ. ނަމަވެސް، އަޅުކަން ކުރުމަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަކަމާއެކު ލިބިފައިވާ ހައްގެއް ކަމަށް އިންޑިއާގެ ސުޕްރީމު ކޯޓުން މިދިޔަ މަހު ކަނޑައެޅުމާއެކު، އަންހެނުންނަށް ވަނީ ފައްޅިތަކަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

ނަމަވެސް، ފައްޅިއަށްދާ ފިރިހެނުން ދަނީ އަންހެނުން ވަނުމަށް ހުރަސްއަޅަމުންނެވެ. މިގޮތުން، އިއްޔެ ފައްޅި ދޮށުގައި ތިބި އަންހެނުންތަކަކަށް ހަމަލާދީ، ވެހިކަލްތަކަށާއި އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ވަނީ ގާ އުކާފަ އެވެ. އެ ހަމަލާތަކުގައި އެތަކެއް އަންހެނުންނެއް ވަނީ ޒަހަމްވެފަ އެވެ. އެކަމުގައި، އަންހެނުން ފައްޅިތަކަށް ވަނުން މަނާކުރަންޖެހޭ ކަމަށް ގަބޫލުކުރާ ބައެއް އަންހެނުން ވެސް ވަނީ ބައިވެރިވެފަ އެވެ.