ވާހަކަ

ބުނެދޭށޭރުހެމޭ

(16 އޮކްޓޯބަރ 2018 އާ ގުޅޭ)

ނިދިފައި ހޭލެވުނު ވަގުތު ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނިމްރާއަށް އިޙްސާސްވިއެވެ. އެނދުން ތެދުވި ގޮތަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަރްސަލްއަށް ދެތިން ފަހަރު ގޮވާލިއެވެ. ލޯގަނޑުގައި އަރްސަލް ހަރުކުރި ނޯޓު ނިމްރާއަށް ފެނި އެ ނައްޓާލިއެވެ. ފަހުން އަންނާނަން ކަމާއި އޭނާ ދިޔައީ ނިމްރާގެ ފޯނު ހިފައިގެން ކަމުގައި އަރްސަލް ބުނެފައި އޮތެވެ. ސިޓިންރޫމަށް އައިއިރު އެތަން ވެސް އޮތީ ހިމޭންވެފައެވެ. އެޕާޓްމެންޓުގައި އޭނާ ނޫން މީހެއްގެ ހިލަމެއްނެތެވެ. އަދިވެސް އެއްފަހަރު ކަރުދާސްކޮޅު ނިމްރާ ކިޔާލިއެވެ. އަދި ފޫހިކަމާއެކު ސޯފާއަށް ވެއްޓިގަތެވެ.

ވެރިވެފައި އޮތް ހިމޭންކަން ނައްތާލުމަށް ނިމްރާ ޓީވީ ހުޅުވާލިއެވެ. ނަމަވެސް އޭނާގެ ސަމާލުކަން ޓީވީއަކަށް ނުދެވުނެވެ. ވިސްނެމުން ދިޔައީ އަރްސަލްއާމެދުއެވެ. ކީފާއާއި މިޢުވާނުގެ ސަބަބުން އަރްސަލްއާ ވަކިވާން ނިމްރާ ނިންމި ނިންމުމާ މެދުއެވެ. އެ ހުރިހާކަމަކާ ފިކުރު ހިންގަމުންދިޔަ ނިމްރާއަށް އަރްސަލް އޭނާއަށް ޓަކައި ހަދައިދިން އަނގޮއްޓިކަން ކީފާގެ އިނގިލީގައިވަނީ ތަސައްވުރުކުރެވުނު ހިނދު އަމިއްލަ އަތްތިލައަށް ނިމްރާއަށް ބަލާލެވުނެވެ. ރީތިވާ މޭޒުމަތީ ބޭއްވި އަނގޮއްޓީގެ މަތިން ހަނދާންވީ ދެނެވެ. ފުންމައިގެން ތެދުވިގޮތަށް ނިމްރާ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނެވެ. ރީތިވާ މޭޒުމަތި ބެލިއިރު އޭނާ ބޭއްވި ތަނުގައި އަނގޮއްޓިއެއްނެތެވެ.

"އަނބުރާ ގެންދާށޭ އަހަރެން ބުނީ އަރާފައި ހުރި އޮޅުމުގެ ތެރެއިން، އަރްސަލްއަށް އެ ފެނިގެން ގެންދިޔައީކަމަށްވާނީ، އެކަމަކު އަހަރެމެން ދެ މީހުންގެ ދެމެދުގައި އަރާފައި އޮތް އޮޅުންތައް ހައްލުވެއްޖެ ދެން ކީއްވެބާ އެ ގެންދިޔައީ" ނިމްރާގެ ހިތަށް އެރިއެވެ. މަޑުމަޑުން ނިމްރާ ދެފަރާތަށް ބޯހޫރުވާލައި ނިތްކުރީގައި ޖަހާލީ އެޕާޓްމެންޓުން ނުކުމެގެންދާން އުޅެވުނު ގޮތް ޚިޔާލަށް އައުމުންނެވެ. ހަމައެއައެކު ހިނިތުންވެލީ އަރްސަލް އޭނާ ހިފެހެއްޓީތީ އެކަމާ އުފަލުންނެވެ. އަރްސަލް އޭނާ މަޑުނުކުރުވިނަމަ ގޮތްދޫނުކުރަންވެގެން ވެސް އަރްސަލް ދޫކޮށް ނިމްރާ ދިޔައީހެވެ. އެ ދެމެދުގައި އުފެދިފައި އޮތް ހައިޖާނަށް ނިމުމެއް ވެސް ނައީހެވެ. ހިނިތުންވެލައިގެން ހުރެ ނިމްރާ ފާޚާނާއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އެޕާޓްމެންޓުގެ ބަޒާގެ އަޑު އިވޭހެން ހީވެގެން ކޮޓަރިން ބޭރަށް އޭނާ ނުކުތެވެ.

"އަރްސަލް އައީތަ؟ ނޫން، އޭނާ ވެއްޖެއްޔާ މަޑެއްނުކުރާނެ ދޮރުހުޅުވަންދެން" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ނިމްރާ އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ. އެވަގުތު ފާރުގައި ހުރި އިސްކުރީނުކޮޅުން ދޮރުމަތީ ހުރީ ކާކުކަން އެނގުނެވެ. ހައިރާންވެފައި އަވަހަށް އެޕާޓްމެންޓުގެ ދޮރު ނިމްރާ ހުޅުވާލިއެވެ.

"ރެޑް..." ހަލަފް ގޮވާލިއެވެ. އަދި އެތެރެއަށް ވަދެގެން އައެވެ.

"ކިހިނެއްވީ؟" ހަލަފްގެ ޠަބީޢަތާއި ހަރަކާތްތައް ތަފާތުހެން ހީވާތީ ނިމްރާ އަހާލިއެވެ.

"ރެޑް، ކީއްވެ އަހަރެން ގާތު ނުބުނީ" ސޯފާގައި އިރުކޮޅަކު ހިމޭން ވެފައި އިނދެފައި ހަލަފް ވާހަކަދެއްކިއެވެ.

"ކޮންކަމެއް؟" ހަލަފް އެ ދައްކަނީ ކޮންވާހަކައެއްކަމެއް ލަފާކޮށްލާކަށް ވެސް ނިމްރާއަކަށް ނޭނގުނެވެ.

"އަހަރެމެން އެންމެ ފުރަތަމަ ދިމާވެގެން ރެޑް ބުނީމެންނު ޔޫ އޯ ހިމް އަ ލޮޓްއޭ، އަދި އެ ދަރަނި އަދާކުރެވެންދެން ދޮންބެ ގާތުގައި ރެޑް ހުންނަން އެއްބަސްވީއޭ، އެއީ ކޮން ދަރަންޏެއްކަން އަހަންނަށް އެނގިގެން މިއައީ، ރެޑްގެ ފޯލްޓެއް އެކަމުގައި ނެތެއްނު، ކީއްވެ މިހާ ދުވަސްވަންދެން އެ ވާހަކަ ނުބުނެ ސިއްރުކުރީ، ދޮންބެ އެހާ ހަރުކަށިކޮށް ރެޑްއާ މެދު އޭރު ކަންތައްކުރީ އެހެންވެކަން މި އެނގުނީ އަދިކިރިޔާ، ރެޑް ދެރަވެފައި ހުންނަނީ ކީއްވެކަން މި އެނގުނީ އަދިކިރިޔާ، ދޮންބެ ކޮންމެ ކަމެއްކުރިޔަސް ރެޑް އެކަމާ ޝަކުވާނުކުރަނީ ކީއްވެކަން ވެސް އެނގުނީ އަދިކިރިޔާ، އިޓްސް ސޯ އަންފެއާ، ރެޑްގެ ފޯލްޓެއްނެތި އެ ހުރިހާކަމެއް އެ ހިނގީ" ހަލަފް ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

"އަރްސަލްތަ ބުނީ" ނިމްރާ އަހާލިއެވެ.

"އަހަރެން ގާތުގައި އެކެކުވެސް އެއްޗެއް ބުނާނެތަ؟ އަހަރެން އެންމެ ކުޑަވީމަ ހުރިހާކަމެއް އެންމެ ފަހުން އެނގޭ މީހަކީ އަހަރެން... ރެޑް ވެސް އަހަރެން ގާތު ހުރިހާކަމެއް ޝެއާއެއް ނުކުރީމެންނު، މޭބީ އައި އޭމް ނޮޓް ވާތްއިޓް" ހަލަފް މަޑުމަޑުން ބުނެލިއެވެ. މި ނޫނި އޭނާ އެހާ މާޔޫސްވެފައި ހުއްޓައެއް ނިމްރާ ނުދެކެއެވެ. ހަލަފްއަކީ އަބަދުވެސް ހިނިތުންވެލާފައި ހުންނަ ޒުވާނެކެވެ. އޭނާގެ މަޖާ މިޒާޖުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ހިނދުކޮޅަކަށް ވިޔަސް މީހާއާ ދުރުވެދެއެވެ.

"ހަލަފް، ތިހެން ހީނުކުރޭ، ކިތަންމެ ގާތްވިޔަސް ޝެއާކުރަން އުނދަގޫ ކަމެއް އޮވެދާނެ، ބައެއްފަހަރު ހަޤީޤަތް ޤަބޫލުކުރަން އަމިއްލަ ނަފްސަށް ވެސް ވަގުތު ބޭނުންވޭ، އެއީ އަނެކާގެ އުނިކަމެއްހުރެގެންނެއްނޫން، އޭނާއަށް އިތުބާރު ނުކުރެވޭތީއެއް ވެސް ނޫން... ޔޫ ހޭވް ބީން ގުޑް ޓު މީ، ތެންކިއު... ޔޫ ފައިޓް ހިމް ސޯ މެނީ ޓައިމްސް... އެވްރިޓައިމް އިޓްސް ފޯ މީ، ފޯ މައި ރައިޓްސް" ނިމްރާ ހިނިތުންވުމެއް ދިނެވެ.

"ދޮންބެ މަންމައާއި ބައްޕައަށް ރެޑްގެ ވާހަކަތައް ކިޔައިދިންއިރު އިއްތިފާގަކުން އެ އަޑުއިވޭ ހިސާބުގައި އަހަންނަށް ހުރެވުނީ، އެހެންވެ ހުރިހާކަމެއް އެނގުނީ، ރެޑް، ދޮންބެއާ މެރީ ކުރުން ލަސްކުރީތަ؟ ނޫނީ މެރީކުރަން އުޅުނީ ދޮންބެއާ ހަދާފައި އޮތް ޑީލްއަކަށްވީމަތަ؟ އަހަންނަކަށް ނޭނގުނު ވިސްނަންވީ ގޮތެއް... އެހެންވެ މިއައީ... އެޓްލީސްޓް މިހާރު އަހަންނަށް ހުރިހާކަމެއް ރެޑް ކިޔައިދީފާނެކަމަށް ހީކޮށް" ހަލަފް އިނީ ނިމްރާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އެއްވެސް ޑީލްއެއްނެތް... އަހަރެން ހަލަފްގެ ދޮންބެދެކެ ވަރަށް ލޯބިވޭ، އަރްސަލް ވެސް އަހަންނާ ވަކިވާކަށް ބޭނުމެއްނޫން، އަހަރެމެން ދެ މީހުންގެ ދިރިއުޅުމަށް މިހެންމިވީ ބައެއްގެ ސަބަބުން، އަހަރެމެން ދެ މީހުން ބައްދަލުކުރުވައި އެކަކު އަނެކަކުގެ މައްޗަށް ހިތްޖެހުމަކީ ތަޤުދީރުގެ ނިޔާ، ކައިވެނިކުރަން ދެ މީހުން ވެސް ތިބީ ބޭނުންވެފައި، އަހަންނަށް އެނގޭ ހަލަފްއަށް އިތުބާރުކުރެވިދާނެކަން، އެކަމަކު ބިރުގަތީ އަހަންނަށް އެހީވުމުގައި އަރްސަލްއާ ދެކޮޅަށް ހަލަފް ތެދުވާން ފަސްނުޖެހޭނެކަން އެނގޭތީ، އަރްސަލްއާ އޭނާގެ ޢާއިލާއާ އޮތް ގުޅުން ރަނގަޅުވީ އަދިކިރިޔާ، އެ އުފާވެރިކަން އަހަރެންގެ ސަބަބުން ނެތިގެން ދާކަށް އަހަރެން ބޭނުމެއްނޫން" ނިމްރާ ބުންޏެވެ.

"ރެޑް، އަހަންނަށް އެނގޭ ތިބުނާ އެއްޗެއް، އެހެންވިޔަސް މިހާރު ދެން އެކަމާ ވިސްނާކަށް ނުޖެހޭނެއެއްނު، މިހާރު އެޓްލީސްޓް ކިޔައިދީބަލަ ކަންތައްވީގޮތް، ރެޑްގެ ދުލުން އަޑުއަހަން ބޭނުންވެގެން މިއައީ" ހަލަފް ތެދުވެގެން އައިސް ނިމްރާ އިން ސޯފާގައި އިށީނެވެ. ފިނިނޭވާއެއް ނިމްރާ ދޫކޮށްލީ ހަލަފްއަށް ކިޔައިނުދެނީސް އޭނާ ހުއްޓައެއްނުލާނޭކަން އެނގިގެންނެވެ. ހިމޭންވެފައި އިންދާ ހަލަފް ގޮވާލުމުން ނިމްރާ އޭނާއަށް ބަލާލިއެވެ. މަޑުމަޑުން ބޯޖަހާލާފައި ނިމްރާ ހުރިހާކަމެއް ހަލަފްއަށް ކިޔައިދޭން ފެށިއެވެ.

"ރިއަލީ ރެޑް، ހައު ކެން ސަމްވަން ޑޫ ދެޓް... ކްރޫލް، އިންހިއުމަން އެންޑް ބާބެރިކް" ނިމްރާގެ ވާހަކަތައް އަހަން އިން ހަލަފް ދެފަރާތަށް ބޯހޫރުވާލިއެވެ.

"އަހަރެން އަންހެންކުއްޖަކަށްވެ ހުރެ އެހިސާބަށް ގުޅުން ގެންދިޔައީމަ ދޯ އެހެން އެވީ، އެކަމުގައި އަހަރެންގެ ކުށް ވެސް އެބައޮތް" ނިމްރާ ބުންޏެވެ.

"ނޯ... އަހަންނަކީ އެ ހުރިހާކަމެއް ނޭނގޭވަރު ކުޑަކުއްޖެއްނޫން، ފިރިހެނަކަށްވެ ހުރެ އޭނާގެ ޢަމަލުތަކުގެ ޒިންމާ އޭނާ ނަގަންޖެހޭނެ، އަންހެނުންނަކީ ބޭނުންހިފައި ނިމުނީމަ ދޫކޮށްލަން ތިބި ބައެއްނޫން، އޭނާއަށް ރެޑް ގެއްލުމަކީ އޭނާގެ ނަސީބުދެރަކަން، އައި ނޯ ދޮންބެ، ހީ ވިލް މޭކް ހިމް ޕޭ، އަހަރެން ވެސް ބޭނުން އޭނާ އެކުރި ކަންތަކުގެ ބަދަލު ހިފަން، އެރޭ ރެޑް މަރުނުވީ އޭނާގެ ނުބައިކަން އެނގެން ހުރީމަކަން ޔަގީން، ބަޓް ޔޫ ލޮސްޓް ޔޯ ބޭބީ" ހިތްހަމަނުޖެހިފައި އިނދެ ހަލަފް ވާހަކަދެއްކިއެވެ.

"ރެޑް" ނިމްރާ އަނގައިން ނުބުނެ އިންނަން ފެށުމުން ހަލަފް ގޮވާލިއެވެ. އެއާއެކު ނިމްރާ އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ކީފާ ކުރި ކަންތައްތައް ހަލަފްއަށް ކިޔައިދިނެވެ.

"ޝީ އިޒް އޯލް ވެސް އަ ބިޗް، ކުރިން ވެސް އަހަންނަށް އެނގޭ ކަމެއް އެއީ" މޫނަށް ވައްތަރެއް ޖައްސާލަމުން ހަލަފް ބުނެލިއެވެ. އަދި ފޫހިކަމުގެ އަޑެއް ލައްވާލައި އަނެއްކާ ވެސް ނިމްރާއާ ވާހަކަދައްކަން ފެށިއެވެ.

"ރެޑް، ދޮންބެ ބައްޕަމެންނަށް ހުރިހާ ކަމެއް ކިޔައިދިން އިރު ނުބުނޭ ރެޑް ޕްރެގްވެފައި ހުއްޓައޭ އެކްސިޑެންޓް ހިނގީ، އެކަމް ބުނި ރެޑްގެ އެކްސް މެދުވެރިވެ ސައިކަލުގެ ބުރަކި ކަނޑާލައިފައި ހުރިކަން ރެޑްއަށް ނޭނގޭކަށް، އެކްސިޑެންޓް ހިނގީ އެހެންވެ ކަން، ރެޑްގެ ފޯލްޓެއް އެއްވެސް ވަރަކަށް ނެތޭ ދޮންބެ ބުނި... އަހަންނަށް އެނގުނު ދޮންބެ އެއްވެސް ވަރަކަށް ލޫންސިސްގެ މަރާ ގުޅިގެން ރެޑްއަށް ބްލޭމެއްނުކުރާކަން، އަދި މިހާރު އެނގިއްޖެ ކީއްވެކަން ރެޑް އިން ސިޓުއޭޝަންގެ ވާހަކަ ބައްޕަމެން ގާތުގައި ނުބުނީ، ސޯ ޑޯންޓް ވޮރީ... އައި ޕްރޮމިސް އެއްވެސް ވާހަކައެއް މީހެއް ގާތުގައި ނުބުނާނަންކަން، ވަރަށް ހެޕީ ވެއްޖެ ރެޑް އަހަންނަށް ހުރިހާކަމެއް ކިޔައިދިނީމަ، އީވާ އަހަންނަށް ގުޅާފައި ކިޔައިދިން ވާހަކަތަކުން އަހަރެން ހީކުރީ ދޮންބެއާ ދެ މީހުންގެ ރެގިއުލާ ފައިޓެއް ކުރިއަށްދިޔައީ ކަމަށް، އެހެންވެ ފަހުން ގުޅަން ހުރެވުނީ، އޭރު ހިތަކަށްނާރާ މިހާ ބޮޑުކަމެއް ހިނގައިގެންނޭ" ހަލަފް ބުންޏެވެ.

ހަލަފްއާއި ނިމްރާ ވާހަކައިގައި ތިއްބާ އެޕާޓްމެންޓުގެ ބެލްއަޅާލި އަޑުއިވުނެވެ. ނިމްރާ ތެދުވެގެން އައިސް ދޮރުހުޅުވާލުމުގެ ކުރީން މަޑުޖެހުނީ ދޮރުމަތީ ހުރީ ހޮޓެލްގެ ރިޒަވޭޝަން މެނޭޖާކަން އެނގުމުންނެވެ. ޕެންޓްހައުސްއާ ހަމައަށް އޭނާ އަންނަން ޖެހުނު ގޮތެއް ނިމްރާއަށް ނުވިސްނުނީއެވެ.

"ކާކު" ނިމްރާ ހުއްޓުން އަރާފައި ހުރުމުން ހަލަފް އަހާލިއެވެ. ވަކި އެއްޗެއް ނުބުނެ ނިމްރާ ދޮރުހުޅުވާލީއެވެ.

"ނިމް... މީ... ބޮސް... އަރްސަލް ބޮސް ފޮނުވައިގެން" ދޮރުމަތީ ހުރި މެނޭޖާރ ހިނިތުންވެލިއެވެ. އަދި އަތުގައި އޮތް ކަރުދާސް ކޮތަޅަކާއި މާބޮޑިއެއް ނިމްރާއަށް ދިއްކޮށްލިއެވެ.

"ތެންކިއު" ހައިރާންވެ ހުރެ ނިމްރާ އެ އެއްޗެހީގައި ހިފިއެވެ. ރިޒަވޭޝަން މެނޭޖަރު އަވަސް އަވަހަށް ހިނިތުވެލުމާއެކު އެނބުރި ގޮސް ޕްރައިވެޓް އެލެވޭޓާއެއް އެރީއެވެ. ނިމްރާ ދޮރުލައްޕާލާފައި އެނބުރިލީއިރު ހަލަފް ހުރީ ސޯފާއިން ތެދުވެ ކޮޅަށެވެ.

"ކާކުތަ އައީ؟" ހަލަފް އަނެއްކާވެސް ސުވާލުކުރިއެވެ.

"ރިޒަވޭޝަން މެނޭޖަރު، އަރްސަލް ފޮނުވައިގެން" އަތުގައި އޮތް ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއަށް ބަލަމުން ނިމްރާ ބުންޏެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. މާތަކުން ވަސްބަލާލިއެވެ. ނިމްރާ އައިސް ކޮފީ މޭޒުމަތީ މާބޮނޑި ބާއްވައި ކަރުދާސްކޮތަޅުގެ ތެރޭ އޮތް އެއްޗެއް ބަލާލިއެވެ.

"ހަމަ ދޮންބެތަ ފޮނުވީ" މާބޮނޑިއަށް ބަލަން އިން ހަލަފް އަހާލިއެވެ.

"ހޫމް، ނޯޓެއް ވެސް އެބައޮތް... މީ އަރްސަލްގެ ހޭންޑްރައިޓިންގް" ކޮތަޅުތެރެއިން ނެގި ކާޑުކޮޅެއް ހަލަފްއަށް ނިމްރާ ދައްކާލިއެވެ. އަދި އޭގައި އަރްސަލް ލިޔެފައި އޮތް އެއްޗެއް އޭނާ ބަލާލިއެވެ.

"އައި އޭމް ނޮޓް ޕާފެކްޓް، ބަޓް މައި ލަވް ފޯ ޔޫ އިޒް ޕާފެކްޓް، ލައިކް ދިސް ބިއުޓިފުލް ރޯޒަސް، އައި ޑޯންޓް ނޯ ޔޯ ފޭވަރިޓް، ބަޓް ރެޑް އިޒް ޔޯ ކަލާ، އައި ލަވް ޔޫ މައި ސްކާލެޓް، ޔޯ ޑީ" ކާޑުގައި އޮތް ކުރު މެސެޖު ނިމްރާ ހިތުން ކިޔާލިއިރު އޭނާގެ ހިނިތުންވުން ފުޅާވެއްޖެއެވެ. ދެތިންފަހަރަށް އެ މެސެޖު ނިމްރާ ކިޔާލީ ހިތަށް ލިބުނު އުފަލަކުންނެވެ.

"ޑެވިލް" ހިނިތުންވެލައިގެން އިނދެ ނިމްރާ ސިއްރުން ބުނެލިއެވެ. ހަމައެވަގުތު ފޯނެއް ރިންގުވާ އަޑު އިވެންފެށިއެވެ. އެ އަޑު އިވެނީ ކޮތަޅުގައި އޮތް ޕާރުސަލުންކަން އެނގި ނިމްރާ އަވަސްއަވަހަށް އެ ނެގިއެވެ. ހަލަފް އިނީ އެ ހުރިހާ މަންޒަރެއް ބަލާށެވެ. މާބޮނޑި ފެނި އޭނާ ވެސް އިނީ ފާޑަކަށް ހިނިއައިސްފައެވެ. އަރްސަލް އެކަހަލަ ކަމެއް ކުރީތީ ޤަބޫލުނުކުރެވިފައި އިންހެނެވެ.
ޕާރުސަލް ކަނޑާލިއިރު އޭގެ ތެރޭގައި އޮތީ އައިފޯނެކެވެ. ފޮށި ހުޅުވާލިއިރު އޭގެ ތެރޭގައި އޮތް ފޯނު ރިންގުވަނީއެވެ. ނިމްރާ އަވަހަށް ފޯނު ނަގައި ކޯލަށް ޖަވާބުދިނެވެ.

"މައި ސްކާލެޓް" އަރްސަލްގެ އަޑު ކަންފަތުގައި ޖެހުމުން ނިމްރާގެ ހިތް އުފަލުން ނަށައިގަތެވެ.

"ޑެވިލް" ނިމްރާ ގޮވާލިއެވެ. އެއާއެކު އަރްސަލް ލުއިގޮތަކަށް ހީނލިއަޑު އިވިގެންދިޔައެވެ. އެއަޑުގައިވި އަސަރުން ނިމްރާއަށް ތިރީތުންފަތުގައި ދައިގަނެވުނެވެ.

"ސޯ، ލިބިއްޖެތަ؟" އަރްސަލް އަހާލިއެވެ.

"ކޯޗެއް؟" ނިމްރާ ނޭނގޭކަމަށް ގަސްދުގައި ހެދުނެވެ.

"ދި ރޯޒަސް" އަރްސަލް ހުރީ ހިނިއައިސްފައިކަން އޭނާ ބުނެލިގޮތުން ނިމްރާއަށް ނަގައިގަނެވުނެވެ.

"ޑެވިލް" ރަކިގޮތަކަށް ނިމްރާ ބުނެލިއެވެ.

"ޔެސް ސްކާލެޓް" އަރްސަލްގެ ޖަވާބު ވަގުތުން އައެވެ.

"ދި ޑެވިލް އިޒް ސެންޑިންގް މީ ޕްލާވާސް ނައު" ނިމްރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެންނެއްނުދިޔައެވެ. އޭނާގެ ހިތުގެ ހާލު އެ ހިނިތުންވުން ރަމްޒުކޮށްދޭ ފަދައެވެ.

"ޔާ، ޔޫ ތޯޓް އިޓް ވޯސް ސަމް އަދާ ގައި" އަރްސަލް އަހާލިއެވެ.

"ވެލް، ޔޫ ނެވާ ސެންޑް މީ ޕްލާވާސް، ނޮޓް އަ ސިންގްލް ވަން، ނެވާ" ނިމްރާ ހަނދާންކޮށްދޭ ފަދައިން ބުނެލިއެވެ. މިފަހަރު އަރްސަލް ވަގުތުން ޖަވާބެއް ނުދިނެވެ. ނިމްރާ މަޑުކޮށްލައިގެން ހުރީ އަރްސަލް އެއްޗެކޭ ބުނަންދެނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަރްސަލް ވާހަކަދައްކަން ފެށިއެވެ.

"ވެން އައި ސޭ އައި ޗޭންޖްޑް ފޯ ޔޫ، އައި މީން އިޓް ސްކާލެޓް، އައި ޝުޑް ހޭވް ޑަން ދެޓް ބިފޯ، ޔޫ ނޯ، އައި ރިއަލީ ހޭވް ވޭސްޓެޑް އަ ލޮޓް އޮފް ޓައިމް، ސްކާލެޓް، ނައު، އައި އޭމް މޭކިން އިޓް އޯލް އަޕްޓު ޔޫ... އައި ލަވް ޔޫ" އަރްސަލް ލޯބިވާކަން ހާމަކުރީ އެއްވެސް ޖެހިލުމެއްނެތިއެވެ.

"ފޯނު ކަމުދޭތަ؟ އާ ނަންބަރެއް ތީ... ކުރިން ފޯނުގައި ހުރި ނަންބަރުތައް ސިންކޮށް ހުރިހާ ސެޓިންއެއް ހަދައިދީފައި ހުންނާނީ" އަރްސަލް ބުނެލިއެވެ.

"ތެންކިއު" ނިމްރާ ބުންޏެވެ.

"ސޯ ޔޫ ލައިކް ދި ރޯޒަސް" އަރްސަލް އަހާލިއެވެ.

"އައި ލަވް ދެމް، ދޭ އާ ދި ބެސްޓް، ސޯ ބިއުޓިފުލް، ތެންކިއު އަގައިން" ނިމްރާ ފިނިފެންމާތަކަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

"އެނީތިންގް ފޯ ޔޫ، މައި ސްކާލެޓް" އަރްސަލް ހީނލިއަޑު ނީވުނަސް އޭނާގެ އަޑުގައި ހިނިތުންވުމުގެ އަސަރުވިއެވެ.

"މްމްމް، އަރްސަލް، މިރޭ... އަންނަންތަ؟" ނިމްރާ އަހަންނާހަން ހުރެފައި ބުނެލިއެވެ.

"ސޮރީ، މިރެއަކުނޫން، އެކަމަކު ދާނަން ވަރަށް އަވަހަށް، އައި މިސް ޔޫ" އަރްސަލް އެހެން ބުނުމުން ނިމްރާގެ މޫނު ހިސާބަކަށް މިލައިގެންދިޔައެވެ.

"ވަޓްސް ރޯންގް" ނިމްރާއަށް އަހާލެވުނެވެ.

"ނަތިންގް، ޔޫ ޓޭކް ކެއާ އިނގޭ، އަހަރެން ގުޅާނަން" އަރްސަލް ބުނެލިއެވެ.

"އަރްސަލް... ހަލަފް އައިސް އެބައުޅޭ" އަރްސަލް ފޯނުކޯލު ކަނޑާލަން އުޅެނީއޭ ހީވެ ނިމްރާ ބުނެލިއެވެ.

"ވަޓް، އާ ޔޫ ޓްރައިން ޓު ޕްލޭ ވިތް މައި ހާޓް، އަހަރެން ޓެސްޓްކޮށްލީތަ؟" އަރްސަލް ނިކަން ހިނިއައިސްފައި ބުނެލިއެވެ.

"ހަމަރަނގަޅަށް މިބުނީ، ފޯނު ދޭންވީތަ؟ އޭރުން ޔަގީންވާނެއެއްނު" ނިމްރާ ބުނެލިއެވެ.

"އޭނާ ކީއްކުރަނީ؟" އަރްސަލްގެ އަޑަށް އައި ބަދަލުން ނިމްރާ މިފަހަރު ހިނިއައެވެ.

"ޑެވިލް ވިލް ބީ ޑެވިލް، ހީ ވިލް ނެވާ ޗޭންޖް" ހެމުންހެމުން ނިމްރާ ބުނެލިއެވެ.

"ހޭ، އެބަހުރިންތަ؟، ހަލަފް އިނީމަ އިންކަން ހަމަ ބުނެލީ، އޭނާ ހަމަ އައިސްލީ، އޭނާއަކީ ތިކަހަލަ ޕާވާޓެޑް ފުރޭތައެއްނޫނޭ" ނިމްރާ ފަހު ޖުމްލަ ބުނެލީ އަނގައިގާ އަތްއަޅާ ނިވާކޮށްލުމާއެކު ނިކަން ސިއްރުންނެވެ.

"އައި ލަވް ޔޫ، އައި ވިލް ނެވާ ހާޓް ޔޫ އަގައިން، އައި ޖަސްޓް ވޯންޓް ޔޫ ޓު ބީ މައިން ސްކާލެޓް، ފަހުން ގުޅާނަން އިނގޭ" އަރްސަލް ފޯނުކަނޑާލީއެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި ކޮފީމޭޒުމަތީ އޮތް މާބޮޑިއާ ކައިރި ވެލިއެވެ. އަދި އޭގައި ހުރި ފިނިފެންމާތަކުގެ ފިޔަތަކުގައި ފިރުމާލިއެވެ.

* * * * *

ހޮޓެލްގައި އަރްސަލް ހުރިކަމެއް ނިމްރާ ގާތު އޭނާ ނުބުނެއެވެ. ރިޒަވޭޝަން މެނޭޖަރު ގޮވައިގެން ޕްރައިވެޓް އެލެވޭޓާއަށް އެރީ ވެސް އޭނާއެވެ. ނިމްރާއަށް އެއްޗެހި ހަވާލުކޮށްފައި އޭނާ އައިސް އެލެވޭޓާގެ ތެރެއަށް ވަންއިރު ވެސް އަރްސަލް އޭގެ ތެރޭގައި މަޑުކޮށްލައިގެން ހުއްޓެވެ. ނިމްރާއަށް އަރްސަލް ގުޅީ ހޮޓެލްގެ ޕާކިން ސަރަޙައްދުގައި ކާރުގައި އިނދެއެވެ. ފޯނުކޯލު ނިންމާލުމަށްފަހު އޭނާ ކާރު ދުއްވާލީ ކީފާ ހުރި ހިސާބަކަށް ދާށެވެ. އަރްސަލް ގުޅުމުން ނިކަން އަވަހަށް ކީފާ ފޯނު ނެގިއެވެ. ބައްދަލުކުރަން ބުނުމުން އެކަމާ ވެސް ކީފާ ޤަބޫލުވިއެވެ.

ހުޅުމާލޭގެ އަތިރިމަތީގައި ހުރި ކެފޭތަކުގެ ތެރެއިން ކެފޭއެއްގެ މޭޒުދޮށުގައި ކީފާއާއެކު އަރްސަލް އައިސް އިށީނެވެ. އެވަގުތު އަރްސަލް ފޯނުކޯލެއް ކުރިއެވެ. އައި ވެއިޓަރަށް ކީފާ އޯޑަރު ދިނެވެ. އަރްސަލް އަތުން އިޝާރާތްކޮށްލީ އެއްވެސް އެއްޗެއް ބޭނުންނޫން ކަމަށެވެ.

"ކޮބާ މިޢުވާނު؟" ކީފާއާއި ދެ މިހުން އެކަނިވުމުން އަރްސަލް ސުވާލުކުރިއެވެ.

"އޭނާ ގުޅި، މީޓުކުރަން އައި، އަރްސަލް ގާތަށް ދިޔަ ވާހަކަ ބުނި، އަހަރެން އޭނާއާ ދުރަށްދާނަމަ ނިމްއަށް އުނދަގޫކުރާނަމޭ ބުނި، އަހަރެންދެކެ ލޯބިވެޔޭ ބުނީ، އަހަރެން ބޭނުމެއްނޫން ތި ދެ މީހުންނަށް އޭނާގެ އުނދަގޫ ފޯރާކަށް، އެހެންވެ، ހިތަށް އަރަނީ... މިޢުވާނުއާ ގުޅިގެން އުޅޭނީއޭ، އޭނާ ބުނި ދެން ދުވަހަކުވެސް އަނިޔާއެއްނުކުރާނަމޭ" އަރްސަލްއަށް ދޭތެރެއަކުން ނަޒަރު ހުއްޓާލަމުން ކީފާ ވާހަކަދެއްކިއެވެ.

"ރަނގަޅެއްނު، އޭނާ ކިފާދެކެ ލޯބިވަންޏާ ނެތެއްނު މައްސަލައެއް، ތިބުނީ މަޢާފަށް އެދިފައި ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ވެސް ބުންޏޭ، ކީފާ ވެސް ނުލާހިކު ގަޔާވެޔެއްނު މިޢުވާނުއާ" އެއްވެސް އަސަރެއްނެތް ގޮތަކަށް އަރްސަލް ބުނެލލިއެވެ. ކީފާއއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެ މޭޒުގެ ދޮށުގައި އައިސް އިށީން ދެ ޒުވާނުންނަށް ކީފާ ބަލާލިއެވެ. (ނުނިމޭ)