ވިޔަފާރި

އަޓާއިން އިންތިހާބީ ރައީސް އިބޫއާ ބައްދަލު ކުރައްވައިފި

Oct 19, 2018
7

އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) ގެ ބޯޑުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދަލު ކުރައްވައިފި އެވެ.

ދިވެހި ޓްރެވަލް އެޖެންޓުން ހިމެނޭ އަޓާގެ ނައިބް ރައީސް ޝައުޝާން ޝަފީގު ވިދާޅުވީ އިންތިހާބީ ރައީސް އިބޫއާ ބައްދަލު ކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި ދިވެހި ޓްރެވަލް ކުންފުނިތަކަށް ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ މައްސަލަތައް ހައްލު ކޮށްދޭން އާ ސަރުކާރުން ކުރެވޭނެ މަސައްކަތް ތަކާމެދު. މިހާރު ހަދާފައިވާ ޓްރެވަލް އެޖެންޓުންގެ ގަވާއިދަކީ 1980 ގައި ހަދާގައިވާ ގަވާއިދެއް. އެހެންވެ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި އެޖެންޓުންނާ ގުޅުން ހުރި އާ ގަވާއިދެއް އެކުލަވާލަން މަޝްވަރާ ވަނީ ކުރެވިފައި،" ޝައުޝާން ވިދާޅުވި އެވެ.

ދިވެހި ޓްރެވަލް ކުންފުނިތަކުން އަބަދުވެސް ގިނަ ޝަކުވާތަކެއް ކުރަމުންދެ އެވެ. މިގޮތުން ރާއްޖޭގެ ގިނަ ރިސޯޓުތަކުން އެކަށީގެންވާ އަގެއް ނުލިބުމާއި ބޭރު ކުންފުނިތަކާ ތަފާތު ކުރުން އަދި ދިވެހި ކުންފުނިތައް ހިމާޔަތް ކޮށް ނުދިނުން ފަދަ ގިނަ ޝަކުވާތައް ހިމެނެ އެވެ.