މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1,080,459 އަށް އަރައި 8.3 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1,080,459 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ މި މުއްދަތުގައި އައި 998,009 މީހުންނާ އަޅާ ބަލާއިރު 8.3 ޕަސެންޓް އިތުރު ވުމެކެވެ. އަދި ސެޕްޓެމްބަރު މަހު އެކަނި 107,620 މީހުން އައިސްފައިވެ އެވެ. މިއަދަދަކީ މިދިޔަ އަހަރު އައި 105,984 މީހުންނާ ބަލާއިރު 1.5 ޕަސެންޓް އިތުރު ވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫރަޕުން 516,487 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 449,833 މީހުންނާ އަޅާ ބަލާއިރު 14.8 ޕަސެންޓް އިތުުރު ވުމެކެވެ. މިދިޔަ މަހު ޔޫރަޕުން އެންމެ ގިނަ އިން މީހުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 8,106 މީހުން އައިސްފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރު އައި 7,499 މީހުންނާ އަޅާބަލާއިރު 8.1 ޕަސެންޓް އިތުރު ވުމެކެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވުފަ އެވެ. މިދިޔަ މަހު އެ ގައުމުން 27,997 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައި 27,214 މީހުންނާ އަޅާބަލާއިރު 2.9 ޕަސެންޓް އިތުރު ވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވުފަ އެވެ. މިދިޔަ މަހު އެ ގައުމުން 27,997 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައި 27,214 މީހުންނާ އަޅާބަލާއިރު 2.9 ޕަސެންޓް އިތުރު ވުމެކެވެ.