ވިޔަފާރި

ކެތޭ ޕެސިފިކް ރާއްޖެއަށް އުދުހޭތާ ފަސް އަހަރު ފުރުން ފާހަގަ ކޮށްފި

Oct 22, 2018
1
މާލެ 21، ކެތޭ ފެސިފިކްއަށް ފަސް އަހަރު ފުރުން ފާހަގަ ކުރަން އޭސް އޭވިއޭޝަންއިން ބޭއްވި ހަފުލާގެ ތެރެއިން- ފޮޓޯ: އޭސް އޭވިއޭޝަން
0%
0%
0%

ކެތޭ ޕެސިފިކް ރާއްޖެ އަށް އުދުހޭތާ ފަސް އަހަރު ފުރުން، އޭސް އޭވިއޭޝަން އިން ފާހަގަ ކޮށްފި އެވެ.

ކެތޭ ޕެސިފިކް އެއާލައިންގެ ރާއްޖޭގެ ޖީއެސްއޭ އިން އިއްޔެ ވަނީ އެއާލައިން ރާއްޖެ އަށް އުދުހޭތާ ފަސް އަހަރު ފުރުން
ފާހަގަ ކޮށްފަ އެވެ.

އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ 27، އޮކްޓޫބަރު 2013 ވަނަ އަހަރު އެވެ. ހޮންކޮންގުން ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާ މި އެއާލައިނުގެ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދަނީ ގިނަ ފައިދާތަކެއް ކުރަމުންނެވެ.

ކެތޭ ޕެސިފިކް އިން މެދުއިރުމައްޗާއި އޭޝިއާ އަދި އެފްރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޖެނެރަލް މެނޭޖަރު މާކް ސުޗް ވިދާޅުވީ ފަސް އަހަރަށްފަހު ވެސް އެ އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ކުރަމުންދާނެ ކަމަށެވެ.

އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ކެތޭ ޕެސިފިކް އެއާލައިން އިން ރާއްޖެ އަށް ދަތުރު ކުރުމަށް ބޭނުން ކުރަނީ އެއާބަސް އޭ330 އާއި 300 މަރުކާގެ ބޯޓު ފަހަރެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910