ލައިފްސްޓައިލް

21 އަހަރަށް ފަހު ސީއައިޑީ ދެއްކުން ހުއްޓާލަނީ

Oct 23, 2018
3

އިންޑިއާގެ ރިހި ސްކްރީނަށް އައި އެންމެ ހިޓު ކްރައިމް އިންވެސްޓިގޭޝަން ޝޯވްގެ ނިމުން މިވަނީ ކައިރިވެފަ އެވެ. ދިގު 21 އަހަރަށްފަހު އަންނަ ހޮނިހިރު ދުވަހު ސީއައިޑީގެ އެންމެ ފަހު އެޕިސޯޑް ދައްކާއިރު އެތަކެއް ހާސް ފޭނުންނެއްގެ ހިތް ކުދިކުދިވެގެން ދާނެކަން ޔަގީނެވެ.

އިންޑިއަން ސިނަމާގެ ގިނަ ވަނަތަކެއް ވެސް ކާމިޔާބުކުރި ސީއައިޑީގެ ސީރީޒްތައް ނިންމާލަނީ 1546 އެޕިސޯޑު ކާމިޔާބުކަމާ އެކު ގެނެސްދީފަ އެވެ.

އެންމެ ގިނަ ދުވަހަށް ކުރިއަށް ގެންދިޔަ ޝޯގެ ލަގަބު ސީއައިޑީއިން ހޯދާފައިވާއިރު އެ ޝޯވް އިން ވަނީ އޭސީޕީ ޕްރަދިޔުމަން، އިންސްޕެކްޓަރު ދަޔާ ފަދަ މަޝްހޫރު ކެރެކްޓާތަކެއް ފޭނުންނަށް ދޫކޮށްލާފަ އެވެ. އެ ކެރެކްޓާ ތަކަކީ އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސީއައިޑީ ގަވާއިދުން ބަލާ ފޭނުންނާއި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކެރެކްޓާ ތަކެކެވެ.