ކުޅިވަރު

އޮޒިލްގެ މޮޅު ކުޅުމާއެކު ފަހަތުން އަރާ އާސަނަލް މޮޅުވެއްޖެ

Oct 23, 2018

އެމިރޭޓްސް ސްޓޭޑިއަމް (އޮކްޓޯބަރު 22) - އިނގިރޭސި ޕްރެމިއާ ލީގުގައި، ޖާމަނީގެ މިޑްފީލަޑަރު މެޒަޓް އޮޒިލްގެ މޮޅު ކުޅުމާއެކު ފަހަތުން އަރާ، ލެސްޓާ ސިޓީގެ މައްޗަށް އާސެނަލް އިން 1-3 އިން ކުރި ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ 30 މިނެޓުގައި، ލެސްޓާ ސިޓީން އާސެނަލްގެ ޑިފެންސަށް ބާރު ބޮޑުކޮށް، ލީޑު ނެގީ ބެން ޗިލްވެލް ޖެހި ބޯޅައެއް އާސެނަލްގެ ފުލްބެކް ހެކްޓަ ބެޔެރިން ފައިގައި ޖެހިފައި ބައިކޮޅަށް ވަދެގެންނެވެ.

ލަނޑު ވަނުމާއެކު، އާސެނަލް އިން ވަނީ އެޓޭކް ވަރުގަދަކޮށްފައި އެވެ. އެޓޭކް ވަރުގަދަ ކުރުމާއެކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައި އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ އޮޒިލް އެވެ.

ދެވަނަ ހާފު ފެށިގެން، އާސެނަލް އިން ނަތީޖާ އަނބުރާލި ލަނޑުތައް ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޕިއާ އެމެރިކް އޮބަމަޔޭންގް އެވެ.

ރޭގެ މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ.