އަބްދުﷲ މަސީހު މުހައްމަދު

މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވަން އުޅޭކަމުގެ އަޑުތަކެއް

Oct 23, 2018
3

ރައްޔިތުން މަޖިލީހުގެ ރައީސް އަހުމަދު މަސީހު މުހައްމަދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވަން މިއަދު
ނިންމަވައިފިކަމަށް އަޑުފެތުރެން ފަށައިފި އެވެ.

"މެޖޯރިޓީ އެމްޕީއިން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް އެކަން ކަށަވަރުކޮށްދެއްވާފައި ވާތީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގައިވާ ގޮތަށް މަޖިލިސްގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" މަސީހު އިސްތިއުފާ ދެއްވަން ނިންމަވައި ފޮނުއްވި މެސެޖެއް ކަމަށް ބުނެ އާންމުވި މެސެޖްގައިވެ އެވެ.

އެގޮތަށް އަޑުފެތުރުނު އިރު، ޕީޕީއެމްގެ މެންބަރުން ހިމެނޭ ގޮތަށް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރަކު ސޮއިކޮށް އެމަނިކުފާނުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ގަވާއިދަށް ގެނެވުނު ބަދަލުތަކާއި 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ސަބަބުން މަސީހުގެ މައްސަލަ ވަނީ ފެއިލްވެފަ އެވެ.

މަޖިލީހުގެ އަމީންއާންމު ވިދާޅުވީ، އިސްތިއުފާދޭން މަސީހު ނިންމެވިކަން އަދި މަޖިލީހުގެ އިދާރާއަށް އެނގިފައި ނެތް ކަމަށެވެ. މަސީހާ ގުޅިގެން ފެތުރުނު މެސެޖާ ގުޅިގެން އޭނާގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަހުމަދު ނިހާން ހުސެން މަނިިކު ވެސް ވިދާޅުވީ މަސީހު އެފަދަ މެސެޖެއް އޭނާއަށް އަދި ނުފޮނުއްވާ ކަމަށެވެ.