ހަބަރު

މަޖިލީސް ރައީސް ކަމަށް ވާދަ ކުރައްވަން އަދުރޭ ނިންމަވައިފި

Oct 24, 2018
14

ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. އެއާއެކު އަބްދުއްރަހީމް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހު މަގާމުން ބޭރުކޮށްފި ނަމަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހު ވަކި ކުރަން ނިންމާ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކުގަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ލިބޭތާ ރަސްމީ ބަންދުނޫން ގިނަ ވެގެން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހެ އެވެ. އަދި ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ބަންދު ނޫން ދުވަހަކު ޖަލްސާއެއް ބާއްވާ އެ މައްސަލަ ކުރިޔަށް ގެންދަން ޖެހެ އެވެ.