އަބްދުއްރަހީމް އަބްދުﷲ

މާރިޔާއަކީ އެންމެ ބޮޑު ޣައްދާރު: އަދުރޭ

Feb 18, 2022
3
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: އަވަސް
0%
33.3%
66.7%

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަކީ ދިވެހި ގައުމުގެ އެންމެ ބޮޑު "ޣައްދާރު" ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ހަރަކާތް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭނަކީ ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތިކުރަން ހިންގަމުން ގެންދާ ކެމްޕޭން ކަމަށެވެ.

"މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ. އެންމެބޮޑު އެއް ޣައްދާރު. އިންޑިއާ އައުޓް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމުގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރާ ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށްވެސް އެތައް ދަތިތަކާއި އުނދަގޫ ކުރިމަތިވާނެ ހަރަކާތެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް މިނިސްޓަރު މާރިޔާ ސިފަކުރެއްވީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ހަރަކާތުގެ ގޮތުގަ އެވެ. މިއީ ވަރަށް ހައްސާސް، އެހާމެ ނާތަހުޒީބު އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވެސް ވިދާޅުވި އެވެ.

"މި ކެމްޕެއިން [އިންޑިއާ އައުޓް" ގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާއި އޮތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ ދިވެހިރާއްޖޭގެ ސަރަހައްދީ ސަލާމަތް ކަށަވަރު ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަަސައްކަތަށް ހުރަސް އެޅިގެންދޭ،" މާރިޔާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ 241 ކޮމިޓީން ބަލަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވުމުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަރުދާރު

އެންމެ ބޮޑު ޣައްދާރުން ތިބީ ވެތުވި ސަރުކާރުގައި. ދައުލަތް ލޫޓުވާލި، ޝަރުއީ ދާއިރާ ފުނޑާލި، މަޖުލިސް މެމްބަރުން ފާރުމަތިން އުކާލި، އިދިކޮޅު އެއްމެން ޖަލުގެ ކުޑަގޮޅިއަށް ލައިފި. އަމިއްލަ ޕާޓީއަށް ތާއީދު ނުރާ މުއައްޒަފުން ސަރުކާރުން ވަކިކުރި. ލިސްޓު ވަރަށް ދިގު.

ޞައްދާމު

އަދުރޭ ހާދަ ގައްދާ އޭ!

ގައްދާރު މާރި

والله والله والله والله މިބުނީ އިންޑިއާއިން ތިގެންނަ ބިހަކީ ކުނިބިސް. ކޮންމެ 3 ބިހަކުން 2 ބިސް ސީދާ ކުނިވާނެ. އަނެއއް ބިހުގެ ގޮބަޅި އޮންނާނީ ހުދުކުލައިގަ އަދި ފްލެޓް ވެފަ. ބިހުގެ ގޮބަލި ފްލެޓްވަނީ އެބިހެއްގެ ހާލަތު ގޯސްވީމަ.މީ ބިހުގެ ހާލަކީ...އަނެއްކާ މީ އސހަރެމެން ފައިސާ ދިނީމަ މަކަރު ހަދާފަ ވިއްކާ ބިސް. އަސޭމި ރުސް ބަސްތާ އެއްގެ ހާފް އަށް އަޅަނީ ސީދާ ފީ އަސޭމި ރުސް. ޢަޅާ އެއްކޮށްފަ ބަސްތާ ހަދަނީ.. މިވެސް ފައިސާ ދީގެން.. ފިޔާ ކިލޯއެއްގައި ގިނައީ ފީ ފިޔާ. ތަ ރުކާ ރީ އާ މޭވާ ބޭސް ޖަހައިގެން. ދިވެހިންނަށް ކެންސަ ރު މި ޖެހެނީ މިހެންވެގެން އިންޑިއާއިން ގެންނަ ކާބޯތަކެއްޗަކީ ކު ރާ ހަ ރަދާ ބަލާއި ރު ކުނި ބުނި ހެޔޮ ނުވާނެ ކާން. މމ މމމާރިޔާ ވިޔަފާ ރި ކު ރަނީ ފެންޓަސީން.!!! ހޭލާ ރައްޔިތުންނޭ! އާދޭސް މާލޭ ބޭސްހުސްކުރި ފުޅިތަކަކީ އަބަދުވެސް ގައްދާރުން. ހަސަން ތާޖުއްދީނު ގެ ދަރިންވެސް. އަގަ ޗޭ ކޮށްގެން ގޮވާ ނަގާނެ ތިމަންނަގެ އާއިލާއަކީ ރަސްމ މަތިފުޅޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345