އިންޑިއާ

މަގުތަކަށް "އިންޑިއާ އައުޓް" ކަރުދާސް އަޅައިފި

"އިންޑިއާ އައުޓް" ކެމްޕޭންގެ ކަރުދާސްތައް މާލޭގެ މަގުތަކަށް އަޅާފައި
100%
0%
0%

ރާއްޖޭގައި ގައިމުވެ ތިބި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ފައިބައިގެން ދިއުމަށާއި އެ މީހުން ބާލަން ގޮވާލައި "އިންޑިއާ އައުޓް" ކެމްޕޭނެއް ފުޅާކޮށް އިދިކޮޅު ކޯލިޝަނުން ހިނގަމުން ދަނިކޮށް "އިންޑިއާ އައުޓް" ޖަހައިގެން ޗާޕު ކޮށްފައިވާ ގިނަ އަދަދެއްގެ ކަރުދާހާއި ފްލެއާތައް ރޭ މާލޭގެ އެކި ސަރަހައްދުތަަކަށް އަޅައިފި އެވެ.

"އިންޑިއާ އައުޓް" ކަރުދާސްތައް މާލޭގެ މަގުތަކަށް ރޭ އަޅާފައިވި ނަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ "އިންޑިއާ އައުޓް" ޖައި ޗާޕް ކޮށްފައިވާ ކަރުދާސްތަކަކީ ވެސް އަދި އެފަދަ ކަރުދާސްތަކެއް މާލޭގެ މަގުތައް މައްޗަށް އެޅުމަކީ ވެސް އެ ޕާޓީއާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ އެ ޕާޓީން ކެމްޕޭނެއް ކުރިއަށް ގެންދަނީ ވަރަށް ފާޅުގައި ކަމަށާއި ސިއްރުން އެއް ވެސް ކަމެއް ނުކުރާނެ ކަމަށެވެ.

"އެކަމަކު ރާއްޖޭގައި އަޅުގަނޑުމެނާއި މި ދެ ޕާޓީއަށް ތާއީދު ނުކުރިޔަސް އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ބޭނުންވާ ދިވެހީން ތިބޭނެ، އެބަތިބި، ކަންކަން ހިނގާނެ،" ހީނާ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ކަރުދާސްތައް މާލޭގެ މަގުތަކަށް އަޅާފައި

"އިންޑިއާ އައުޓް" ކެމްޕޭނާ ޕީޕީއެމް / ޕީއެންސީ ހިމެނޭ އިދިކޮޅުން ހަވާލުވީ އިދިކޮޅު ލީޑަރު އަދިި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެން މިދިއަ ހުކުރު ދުވަހުު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ކެމްޕޭނަކީ އެ މަނިކުފާނު އިސް ނަންގަވައި އަންގަވައިގެން ހިންގާ ކެމްޕޭނެއް ކަމަށް ވިދާޅުވެ ޒިންމާ ނެންގެވުމުންނެވެ. އޭގެ ކުރިން އެ ކެމްޕޭނާ އިދިކޮޅުން ހަވާލެއް ނުވެއެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕޭން ފުޅާ ކުރުމުގެ ގޮތުން ޕެޓިޝަނެއް ހަދައި ސޮއި ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަށްރަަށަށް ވަޑައިގަންނަވަން ވެސް މިހާރު ވަނީ ނިންމަވައިފި އެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް ޔާމީން ނިންމަވާފައި ވަނީ މާލެ އަތޮޅަށް ދަތުރުފުޅު ކުރެއްވުމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345