ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ގެއަށް ބަދަލުކޮށް ފަރުވާ ދޭން ޑޮކްޓަރުން ލަފާދީފި: ވަކީލު

ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގޭގައި ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އޭނާގެ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ އެތެރެ ހަށީގައި ސިސްޓު އަދި ހިލަަތަކެއް އުފެދި ސިއްހީ ހާލު މާ ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާގެ ސީޓީ ސްކޭނުން ދައްކާ ކަމަަށެވެ. އެހެންވެ އަދީބު ގެއަށް ބަދަލުކޮށްދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެކަން ކުރެއްވުމަށް އެދޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މޫސާ ސިރާޖު ކުރެއްވި ޓްވީޓު

އަދީބު ގެއަށް ބަދަލު ކުރަން ޑޮކްޓަރުން ލަފާ ދީފައިވާއިރު އޭނާގެ ލޮލަށް ޖެހިފައިވާ ބައްޔަށް ވެސް ފަރުވާ ދިނުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އަދީބު ރާއްޖެއިން ބޭރަށް ފޮނުވާދީ، އެ ބައްޔަށް ފަރުވާ ކުރުމަށް އާއިލާގެ ފަރާތުން އެދިފައިވީ ނަމަވެސް ސަރުކާރުން އެކަމަށް ވަނީ އިންކާރުކޮށް، އަދީބަށް އެ ފުރުސަތު ނުދީ އެވެ.