ހަބަރު

މިހުރީ ރައީސް ޔާމީންއާ އެކު، ދެކޮޅީ މަސީހާ: މުއާޒު

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއާ ދެކޮޅަށް ގަރާރުގައި ސޮއި ކުރެއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިއަދު ވެއްދި އިރު މުއާޒްއާއެކު 51 މެންބަރުން ވަނީ އެ މައްސަލާގައި ސޮއި ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރިޔަސް، ޕީޕީއެމް އާއި ރައީސް ޔާމީންއާ ދުރަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

މުއާޒް ކުރެއްވި ޓްވީޓު

މުއާޒްގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވެސް ވަނީ އެގޮތަށް ވިދާާޅުވެފަ އެވެ. ޔާމީން ވިދާޅުވީ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރުމާއި ވޯޓު ދިނުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންއަށް ވަފާތެރިވެވަޑައިގަންނަވާނެ ކަމަށް ޔާމީން ރަޝީދު ވިދާޅުވި އެވެ.