ވިޔަފާރި

އޮމާން އެއާގެ ބީ737 މެކްސް އެއާކްރާޓް ފުރަތަމަ ފަހަރަށް ރާއްޖެ އަށް

Oct 25, 2018
3
އޮމާން އެއާއިން ބޭނުންކުރާ ބީ737 މެކްސް މަރުކާގެ ބޯޓެއް- ފޮޓޯ: އޮމާން އެއާ
83.3%
16.7%
0%

ބޮއިން ކުންފުނިން ނެރެފައިވާ އޮމާން އެއާގައި ބޭނުން ކުރާ، "ބީ737 މެކްސް" މަރުކާގެ އެއާ ކްރާފްޓެއް އާދީއްތަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދަތުރު ފަށާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ އޮމާން އެއާގެ "ބީ737 މެކްސް" އެއާކްރާފްޓް އަށް މަރުހަބާ ކިޔުމަށް އާދިއްތަ ދުވަހު ތައްޔާރު ވަމުންނެވެ. އޮމާން އެއާ އަށް ބީ737 މެކްސް މަރުކާގެ މަތިންދާ ބޯޓު ހޯދާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއާލައިން އިން މަސައްކަތް ކުރަމުން ދަނީ 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު 39 މިލިއަން މީހުންނަށް އިތުރު ކުރުމަށެވެ.

ބޮއިން ކުންފުނިން 2011 ވަނަ އަހަރު ތައާރަފުކޮށް، 29، ޖެނުއަރީ 2016 ވަނަ އަހަރު ބޭނުން ކުރަން ފަށާފައިވާ "ބީ 737 މެކްސް" މަރުކާގެ އެއާކްރާފްޓް މަޝްހޫރު ވެފައިވަނީ އާޖީލުގެ މަތިންދާ ބޯޓުގެ ގޮތުގަ އެވެ. މި މަރުކާގެ ބޯޓު ފަހަރު ބޮއިން ކުންފުނިން ފަރުމާކޮށްފައިވަނީ ހަރަދު ކުޑަ އަދި ގިނަ މީހުން އުފުލޭނެ އަދި ދިގު ދަތުރުތަށް ކޮށްލެވޭ ބޯޓެއްގެ ގޮތުގަ އެވެ. މިގޮތުން މި މަރުކާގެ ބޯޓު ފަހަރުގެ ތެލުގެ ހަރަދު އާއްމު ބޯޓު ފަހަރާ އަޅާ ބަލާއިރު 40 ޕަސެންޓް ކުޑަ އެވެ.

ޓޫރިޒަމްގެ އާ ސީޒަން ފެށެން ކައިރިވަމުންދާއިރު ގިނަ އެއާލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށް، އަދި ބޮޑެތި ބޯޓު ފަހަރަށް ބަދަލު ކުރަމުންނެވެ. ފްލައިޓުގެ ކެޕޭސިޓީ އިތުރުކުރާނެކަން އެންމެ ފަހުން އިއުލާނުކޮށްފައިވާ އެއް އެއާލައިންއަކީ ގަތަރު އެއާވޭސް އެވެ. ގަތަރު އެއާވޭސްއިން ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީ ހުސެން

ރައީސް ޔާމީން ގެނައި ތަރައްޤީ އެއީ އެހެން މީހުން ހުވަފެނުންވެސް ނުދެކޭނެފަދަ ބޮޑު ކުރިއެރުމާއި ތަސައްވަރު. ބުރިޖް ސަޅިއޭ ދޯ ވަރަށް. ޔާމީން ވަރެއް ނެތް އިނގޭތޯ.

ތަމް

ރައީސް ޔާމީން އެއާރޕޯޓަށް ގެނެސް ދެއްވާފައިވާ ކުރިއެރުން ދެކެބަލަ . ހައިރާންވާފަދަ ބޮޑު ކުރިއެރުމެއް. ތިވަރުގެ ހިންގުންތެރި ވެރިއެއް ނުލިބޭނެ. ޝުކިރިއްޔާ ރައީސް ޔާމީން.

ާއޭ 380

ގައުމުގެ ހަޒާނާ ދަވާލާފައޮތްވަރި ދެކެބަލަ.ހައިރާންވާފަދަ ބޮޑުކޮއް. މިވަރަކައް ދަވާލެވޭނު މީހަކު ނުލިބޭނެ. ޝުކުރިއްޔާ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910