މަންތާ އެއާ

މަންތާ އެއާ އިން ދެ ބޯޓު ގަނެ، އުދުހުންތަކަށް ތައްޔާރުވެއްޖެ

Oct 25, 2018

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފަށަން ތައްޔާރުވެ، މަންތާ އެއާ އިން އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގަނެފި އެވެ.

ރާއްޖޭގެ މަހުޖަނުން ތަކެއް ވެގެން ހަދާ، މަންތާ އެއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެޑްވާޑް އެލްސްފޯޑް އޭޓީއާރްގެ ވެބްސައިޓަށް ވިދާޅުވީ އޭޓީއާރު މަރުކާގެ ބޯޓު ގަތީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް
ކަމަށެވެ.

މަންތާ އިން ގަތް އޭޓީއާރް މަރުކާރުގެ ފުރަތަމަ ބޯޓް ރާއްޖެ ގެންނަނީ އަންނަ މަހު އެވެ. އަދި ދެވަނަ ބޯޓު ގެންނަނީ އަހަރު ނިމުމުގެ ކުރިންނެވެ. އަދި އެއާލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ.

މަންތާ އިން ރާއްޖޭގައި ދަތުރު ފަށަނީ 72 މީހުންގެ ޖާގައިގެ ބޯޓު ފަހަރާއި 16 ގޮނޑީގެ ހަތަރު ސީޕްލޭންއާއެކުގަ އެވެ. މަންތާ އެއާ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ރިއޯލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ ޖޭވީ އެކެވެ. ރިއޯލޯ އަކީ ޔުނިވާސަލް އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކު ހިއްސާވާ ކުންފުންޏެކެވެ.