ވިޔަފާރި

މަންތާ އެއާއިން ހަ ސީޕްލޭނެއް އަންނަ އަހަރު ގެންނަނީ

ވީއައިއޭ 12، ނޮވެމްބަރު 2018: މަންތާ އެއާގެ ފްލައިޓް ރާއްޖެ ގެނައުން: މަންތާ އެއާ އޮތީ ދަތުރު ފަށަން ފުރިހަމައަށް ތައްޔާރުވެފައި- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

އެތެރޭގެ އުދުހުންތައް އަލަށް ފަށަން ތައްޔާރުވާ މަންތާ އެއާގެ ހަ ސީޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު ގެނައުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި މަންތާ އޭވިއޭޝަންގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް ހިސާބު ހަ ސީޕްލޭނެއް ރާއްޖެ ގެންނާނެ ކަމަށެވެ.

"ސީޕްލޭން ފަށަން ވެސް މިދަނީ ތައްޔާރު ވަމުން. ހަތަރު އެއާކްރާފްޓެއް އޮތީ ކެނެޑާގައި. މިހާރު ކްރޫއިން ވެސް ވަނީ ނަގާފަ،" ހަލީލް ވިދާޅުވި އެވެ.

މަންތާ އެއާއިން ރާއްޖެއަށް ދަތުރު ފަށާއިރު، އެ ކުންފުނީގެ ފުރަތަމަ މަތިންދާ ބޯޓު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. ހަތްދިހަ ދެ ގޮނޑީގެ މި ބޯޓުގެ އިތުރުން ޑިސެމްބަރު މަހު ވެސް އިތުރު ބޯޓެއް ގެންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910