މަންތާ އެއާ

މަންތާ އެއާގެ ދަތުރުތައް ޑިސެމްބަރު މަހު ފަށަނީ

Oct 28, 2018

މުޅިންއާ އެއާލައިނެއްގެ ގޮތުގައި މަންތާ އެއާ އިން މި އަހަރުގެ ޑިސެމްބަރު މަހު ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

މަންތާ އެއާ އޭވިއޭޝަން އިން ބުނީ ޑިސެމްބަރު މަހު ދަތުރުތައް ފެށުމުގެ ގޮތުން މަންތާ އެއާ އިން ގަނެފައިވާ އޭޓީއާރް 600-72 މަރުކާގެ ފުރަތަމަ ބޯޓު އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެންނާނެ އެވެ. އަދި އިތުރު ބޯޓެއް އަންނަ އަހަރުތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ފުރިހަމަ ހިދުމަތްތަކާއެކު ފަށާ މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ އުދުހޭނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށެވެ. ކުޑަހުވަދޫއަކީ އެ އެއާލައިންގެ މައިހަބެވެ.