ވާހަކަ

ބުނެދޭށޭރުހެމޭ

(23 އޮކްޓޯބަރ 2018 އާ ގުޅޭ) -- "ވީ ވިލް ޓޯކް ލޭޓާ، ލެޓްސް އިންޖޮއި ދި ޑިނާ" އަރްސަލް ހިނިތުންވުމެއް ދިނެވެ. ނިމްރާ ބޯޖަހާލައިފައި ކުރިމަތީ އޮތް މެނޫއަށް ބަލަން ފެށިއެވެ. އަރްސަލް ވެސް ނިމްރާ ގޮވައިގެން ނުކުތީ މުހިންމު ވާހަކަތަކެއް ނިމްރާއާ ދައްކަން ގަސްދުކޮށްގެންނެވެ.

ނިމްރާއާއި އަރްސަލް މެނޫއިން ޚިޔާރުކުރި ތަކެތި ނޯޓުކޮށްލުމަށްފަހު ވެއިޓަރު އެތަނުން ހިނގައްޖެއެވެ. އެއާއެކު އަނެއްކާ ވެސް ދެ ޒުވާނުން އެކަނިވިއެވެ. އަރްސަލް ފަރުވާތެރިކަމާއެކު ނިމްރާއަށް ބަލާލިއެވެ. މޭޒުމަތީ އޮތް ނިމްރާގެ ވައަތްތިލާގައި އަރްސަލްގެ ވައަތް ދަމާލައި ގެނެސް ބާއްވާލިއެވެ.

"އަހަންނަށް މަޢާފުކުރާނަންތަ؟" އަރްސަލް އަހާލިއެވެ.

"ކޮންކަމަކަށް؟" ނިމްރާ އަހާލީ ހައިރާންކަމާއެކުއެވެ.

"ސްކާލެޓްއާ މެދު އަހަރެންގެ ޢަމަލުތައް ބެހެއްޓުނު ގޮތުން" އަރްސަލް ބުންޏެވެ.

"އަހަރެން އަރްސަލްއަށް މަޢާފުކޮށްފީމޭ... ސަބަބަކާނުލައެއްނޫނެއްނު އަރްސަލް އެހެން އުޅުނީ، އެ ހަނދާންތަކަކީ މިހާރު އަހަރެންގެ ހަޔާތުގެ މުހިންމު ސަފުޙާތަކެއް، ދުވަހަކުވެސް ހަނދާންނައްތާލަން ބޭނުންނުވާ ދުވަސްތަކެއް، ނަފުރަތުގެ ތެރެއިން އުފެދުނު ލޯތްބެއްމީ... ހިތިކަމާއި ފޮނިކަން އެކުލެވިފައިވި އުފާވެރި ހިތްހަމަޖެހުމަކަށް އެ ލޯބިވެއްޖެ، އެއްވެސް މީހަކީ އެންމެ ފުރިހަމަ އިންސާނެއްނޫން، އެހެންވިޔަސް އަހަރެންގެ ހިތުގެ ހުސްކަން ފުރައިދިން ޒުވާނަކީތީ" ނިމްރާ ލޯބިގޮތަކަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުން އަރްސަލްގެ ތުންފަތަށް ހިނިތުންވުމެއްވެރި ކުރުވިއެވެ.

"ޔޫ ފިލްޑް މައި ހާޓް ޓޫ... އަހަންނަށް މިދަރަޖައަށް ލޯބިވެވިދާނޭ ހިޔެއްނުކުރަން... މިހާރު އަހަރެން ބިރުގަނޭ ސްކާލެޓްއަށް ކަމެއްވެދާނޭތީ، އަހަރެން ބިރުގަނޭ އެކަނިވެރިކަންދެކެ، ސްކާލެޓްއާ ނުލާ އުޅެން ޖެހިދާނޭ ހީވިޔަސް އަހަރެން ބުއްދިގޯސްވެދާނޭ ހީވާ ކަހަލަ، އަހަންނަށް ސްކާލެޓް ބޭނުންވާގޮތަށް ލޯބިނުދެވިދާނޭތީ އެކަމާ ވިސްނޭ، އަހަރެން ސްކާލެޓް ބޭނުންވާ ފަދަ މީހަކަށްވެވޭތޯ މަސައްކަތް ކުރާނަން އިނގޭ" އަރްސަލް ބުންޏެވެ.

"އައި ފެލް އިން ލަވް ވިތް ދި ޑެވިލް، ހީ އިޒް ނޮޓް އަ ނޯމަލް ޕާސަން، ސޯ ސްޓޮޕް... ސްޓޮޕް ޓްރައިން ޓު ބީ ނޯމަލް" ނިމްރާ ގޮނޑިން ތެދުވިއެވެ. އަދި އައިސް އަރްސަލްގެ ގާތުގައި މަޑުކޮށްލައި އޭނާގެ މޫނުގައި ދެއަތުން ހިފާލިއެވެ. އެހިނދު ނިމްރާގެ އުނަގަނޑުގައ ހިފާލައި އަރްސަލްގެ އުނގުގައި އޭނާ ނިމްރާ ބޭންދިއެވެ. ލޯބިން ކޯތާފަތުގައި ބޮސްދިނެވެ.

"އަރްސަލް" ނިމްރާ ގޮވާލުމާއެކު އަރްސަލް ހޫންލައްވާލިއެވެ.

"ކީއްވެ އެޕާޓްމެންޓަށް ނާންނަނީ، އޮފީހަށް ނުކުންނައިރު އަހަރެން ފެންނަ ހިސާބަށް ވެސް ނާންނަމެންނު" ނިމްރާގެ ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ.

"ވަރަށް ބިޒީކޮށް މިދުވަސްކޮޅު އުޅެނީ، ރާދު ނުބުނޭތަ؟" އަރްސަލް ބުންޏެވެ.

"ކިތަންމެ ބިޒީވިޔަސް އަރްސަލް ކުރިން އަންނަމެންނު" ނިމްރާގެ އަޑުގައިވި ކަންބޮޑުވުން އަރްސަލް ދެނެގަތެވެ.

"ވެލް... އައި... އޭމް ރިސްޓްރެއިނިންގް މައިސެލްފް" އަރްސަލް މަޑުމަޑުން ބުނެލިއެވެ.

"ފްރޮމް ވަޓް؟... ވައި؟" ނިމްރާ އަހާލިއެވެ.

"ފްރޮމް ޓަޗިން ޔޫ... އިޓް ވޯޒް ރޯންގް، އައި ނޯ... އައި ޝުޑުންޓް ހޭވް ޑަން އޯލްދެޓް ވިތް ޔޫ، އައި ޝުޑް ހޭވް ވެއިޓް، އައި ޖަސްޓް ކުޑުންޓް ހެލްޕް އިޓް ވެން އައި އޭމް ވިތް ޔޫ، ޔޫ މޭކް މީ ފީލް ސޯ މެނީ ތިންގްސް، އައި ގެޓް އެކްސައިޓެޑް އީޒިލީ... ނޯ ވަން ހޭވް ދިސް އެފެކްޓް އޮން މީ، ނެވޭ އިން މައި ލައިފް އަންޓިލް ޔޫ ކޭމް އިންޓު މައި ލައިފް... ބަޓް އައި އޭމް ސޮރީ އައި ފޯސްޑް މައިސެލްފް އޮން ޔޫ" ނިމްރާގެ ދަތްދޮޅީގައި އަރްސަލްގެ ނިތްކުރި ގެނެސް ޖައްސާލިއެވެ.

"އެކްސްކިއުޒް މީ ސާރ، ޔޯ ޑިނާ" ޓެރެސްއަށް ނުކުމެވެން ހުރި ދުރުކައިރިން ވެއިޓަރުގެ އަޑުއިވިގެންދިޔައެވެ. އެހިނދު ނިމްރާ ކުއްލިއަކަށް އަރްސަލްގެ އުނގުން ތެދުވެއްޖެއެވެ. ވެއިޓަރަށް ކުރިއަށް އަންނަން އަރްސަލް އިޝާރާތްކޮށްލިއެވެ. ނިމްރާ އައިސް އޭނާ ކުރީން އިށީނދެ އިން ގޮނޑީގައި އިށީނެވެ.

ކެއުމަށް އިންސާފުކޮށް ނިމި ވެއިޓަރު ތަށިތައް ގެންދިއުމުން އަރްސަލް ޖީންސުގެ ޖީބުގައި އަތްޖައްސާލިއެވެ. އެތަނަށް ދެން އިތުރު މީހަކު ނާންނާނޭކަން އަރްސަލްއަށް ޔަގީންވެއެވެ. އޭނާ މަޑުކުރަމުން އައި ވަގުތު ޖެހިއްޖެކަން އެނގުމުން ޖީބުގައި އޮތް ކުޑަ ފޮށި ނެގިއެވެ. މޭޒުން ތިރިއަށް ވާގޮތަށް އުނގުގައި ދެއަތް ބާއްވާލައިގެން އަރްސަލް އިންއިރު އޭނާގެ އަތުގައި އޮތް އެއްޗެއް ނިމްރާއަކަށް ނުފެނެއެވެ.

"ސްކާލެޓް، ވިލް ޔޫ ބީ މައި ގާލްފްރެންޑް" އަރްސަލް އަހާލިއެވެ. އޭނާއަށް ބަލަން އިނދެފައި ނިމްރާ ފެށީ ހޭށެވެ.

"ރިއަލީ... ބޮއިފްރެންޑް ގާލްފްރެންޑް" ހެމުންހެމުން ނިމްރާ ބުނެލިއެވެ.

"ވަޓް؟... އައި ތޯޓް ޔޫ ލައިކް އަސް ޓު ޕާސް ދެޓް ސްޓޭޖް" އަރްސަލް ބުންޏެވެ.

"އަރްސަލް، އައި އޭމް އޯލްރެޑީ ޔޯސް، އައި ޑޯންޓް ވޯންޓް ޔޫ ޓު ޗޭންޖް، ޖަސްޓް ބީ ހޫ ޔޫ އާ، ބީ ދި ޖެލަސް ގާއި ޔޫ އާ" ނިމްރާގެ ނަޒަރު ހުރީ އަރްސަލްއަށް ހުއްޓިފައެވެ.

"ވުޑް ޔޫ ސްޓިލް ލަވް މީ އިފް އައި ބީ ދެޓް ކްރުއެލް މޮންސްޓަރ" އަރްސަލް އަހާލިއެވެ.

"ނޯ... ނޮޓް ދެޓް ކްރުއެލް... ވަޓް އައި މީން އިޒް ޖަސްޓް ބީ ދި ޖެލަސް ގާއި، ބިކޯޒް އައި އޭމް ކޮންފިޑެންޓް ނައު ދެޓް ޔޫ ހޭވް ބިކަމް ދެޓް މެޗުއާ ގާއި ހޫ ވޯންޓް ހާޓް ހިޒް ސްކާލެޓް، އީވަން އިފް ޔޫ ގެޓް ޖެލަސް، ޔޫ ނޯ ހައު ޓު ހޭންޑްލް ޔޯ ސެލްފް" ނިމްރާ ހިނިތުންވެލިއެވެ.

"ރިއަލީ، ޔޫ ލައިކް ދެޓް ސައިޑް އޮފް މީ" އަރްސަލް ވެސް އިނީ ހިނިއައިސްފައެވެ. ނިމްރާ މަޑުމަޑުން ބޯޖަހާލީ އަރްސަލްއަށް އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"ދެން އައި ވިލް އޯލްވޭޒް ބީ ދެޓް ޖެލަސް އެންޑް ޕޮސެސިވް ގާއި ފޯ ޔޫ، އައި ވޯންޓް ބީ ދެޓް ކްރުއެލް އެނީމޯ... ބަޓް... އިފް އައި ވިލް ބީ ޖެލަސް، އެކްސްޕެކްޓް މީ ޓު ބީ ޑުއިންގް ތިންގްސް ވިތް ޔޫ... ހެ ހެ ހެ... ޔޫ ނޯ ވަޓް އައި މީން" އަރްސަލް އެއްލޯ މަރާލިއެވެ.

"ޕާވާޓް ފުރޭތަ" ނިމްރާ ހީނގަތެވެ. އޭނާއާ އެއްވަރަށް އަރްސަލް ވެސް ހޭންފެށިއެވެ.

"އައި ލަވް ޔޫ ސްކާލެޓް" އަރްސަލް ގޮނޑިން ތެދުވިއެވެ. އަދި އައިސް ނިމްރާގެ ގާތުގައި ކުޑަކަކޫ ޖަހާލުމާއެކު ނިމްރާގެ އަތުގައި ހިފާލިއެވެ.

"ޔޫ އާ މައި ސްކާލެޓް، އައި ކާންޓް ވެއިޓް އެނީމޯ... ނިމްރާ... ޕްލީޒް މެރީ މީ" އަރްސަލް އެއްސެވެ. އޭނާއާ ނަޒަރު ސީދާކޮށްލައިގެން އިން ނިމްރާ ބޯޖަހާލިއެވެ.

"ޔެސް، ލެޓްސް ގެޓް މެރީޑް" ނިމްރާ ހިނިތުންވެލިއެވެ. ހަމައެވަގުތު އަރްސަލް ގެންގުޅުނު ކުޑަފޮށި ހުޅުވާލައި އޭގައި އޮތް އަނގޮއްޓި ނެގިއެވެ.

"މީ މަންމަގެ އަނގޮއްޓިއެއް، އަހަރެން ޗޫޒް ކުރި އަނގޮއްޓި ގެއްލުނީމަ އިތުރު އަނގޮއްޓިއެއް ހަދާނޭހާ ވަގުތެއް ނުލިބުނު، ރަންކީ ރޭ އަހަރެންގެ އަތުގައި އޮތް އަނގޮއްޓިއާ މެދު ހިތްހަމަނުޖެހިފައި ހުއްޓާ މަންމަ ގެނެސްދިނީ މި އަނގޮއްޓި، ޝީ ރިއަލީ ވޯންޓްސް ޔޫ ޓު ހޭވް އިޓް، މިހާރު މިއޮތީ ސްކާލެޓްގެ އިނގިއްޔަ ހެޔޮވަރުކޮށްފައި" ނިމްރާގެ އިނގިއްޔަށް އަރްސަލް އަނގޮއްޓި ލައްވާލިއެވެ.

"އަހަރެން ހިތަށް އެރިއޭ އަރްސަލްއޭ އަނގޮއްޓި ގެންދިޔައީ" ނިމްރާ އަނގޮއްޓިއަށް ބަލަން އިނދެ ބުނެލިއެވެ.

"އަދި އެއްވާހަކަ ބުނަންތަ... އޭރު ކައިވެނި ކުރަން ލޯ ފޯމު އަހަރެން ކެންސަލްއެއްނުކުރަން، އެކަމަކު އޭރު އޮތީ ކުރީން އަހަރެމެން މެރީކޮށްފައި އޭގެ ހަފްތާއެއްފަހުން ރާދުމެން މެރީ ކުރާ ގޮތަކަށްނު، އަހަރެން ޑޭޓް ބަދަލުކޮށްފިން، އަހަރެމެން ހަމަޖެއްސި ޑޭޓްގައި ރާދުމެން މެރީކުރާގޮތަށް އަދި އެ މީހުން ހަމަޖެއްސި ޑޭޓްގައި އަހަރެމެންގެ ކައިވެނި ކުރަންކަމަށް، ސޮރީ އިނގޭ... އަނެއްކާ ވެސް ސްކާލެޓްގެ ޚިޔާލެއް ނުހޯދާ ނިންމުން ނިންމިއްޖެ" އަރްސަލް ބުންޏެވެ.

"އިޓްސް އޯކޭ... އައި ވޯންޓް މައިންޑް އިޓް، އައި ޖަސްޓް ވޯންޓް އަސް ޓު ބީ ހަސްބަންޑް އެންޑް ވައިފް" ނިމްރާ ބުންޏެވެ.

"މޭ އައި... ޑޫ ދިސް" އަރްސަލް ކުޑަކޮށް ތެދުވެލުމާއެކު ނިމްރާގެ ދަތްދޮޅީގައި ހިފާލައި މޫނާއި މޫނު ގާތްކޮށްލިއެވެ.

"އައި ވޯންޓް ޔޫ ސޯ ބޭޑް އެންޑް އައި ރިއަލީ މިސްޑް ދިސް، ބަޓް އައި ވިލް ވެއިޓް... ވެއިޓް ފޯ ޔޫ ޓު ބީ މައި ވައިފް" ނިމްރާގެ ކޯތާފަތުގައި ފިރުމާލަމުން އަރްސަލް ބުނެލިއެވެ.

"ޑެވިލް" އަރްސަލް ކޮށްޕާލަމުން ނިމްރާ ބުނެލިއެވެ. ނުވިސްނާ އިން އަރްސަލް ފަހަތަށް ވެއްޓެން ދިޔަ ވަގުތު ތަޅުމުގައި ވައަތްތިލަ ވިއްދާލިއެވެ. ނިކަން ހަލުވިކޮށް މީހާ ކޮޅަށް ތެދުވިއެވެ. ޓެރެސްގެ ވަށައިގެންވި ފާރުބުރި ކައިރިއަށް ދިޔަ ނިމްރާގެ ފަހަތުން އަރްސަލް އައެވެ.

ނިމްރާ ގޮވައިގެން އަރްސަލް އެނބުރި ހޮޓެލަށް އައީ އެކެއް ޖަހަނިކޮށެވެ. އެނބުރި ގެއަށް އަރްސަލް އައީ ހިތްހަމަޖެހިފައި ހުރެއެވެ. ގެއަށް ވަދެގެން އައިސް ކޮޓަރިއަށް ވަންނަން އުޅުމުގެ ތެރެއިން މަތީ ބެލްކަނީގައި މީހަކު ހުރިހެން ހީވެ އެ ދިމާއަށް އަރްސަލް އައެވެ. ކޮފީޖޯޑެއް ހިފައިގެން ހުރި ރާދިން ފެނުމުން އޭނާއަށް އަރްސަލް ގޮވާލިއެވެ.

"ނުނިދިގެންތަ؟" އަރްސަލް އަހާލިއެވެ.

"ދެ ދުވަސް... ދެން އޮތީ އެންމެ ދެ ދުވަސް... އައި ނާވަސް އެންޑް އެކްސައިޓެޑް ޓޫ" ރާދިން ބުނެލިއެވެ. އެހިނދު ލުއި ގޮތަކަށް އަރްސަލް ހީނލި އަޑު އިވިގެންދިޔައެވެ.

"ނިމް އޯކޭތަ" އަރްސަލް އެ އައީ ނިމްރާއާ ބައްދަލުކޮށްފައިކަން ރާދިންއަށް އެނގޭތީ އަހާލިއެވެ.

"ހުރިހާކަމެއް ބެކްޓު ނޯމަލް، ވީކްއެއް ފަހުން އިރާދަކުރެއްވިއްޔާ އަހަރެން އަނެއްކާ ވެސް މީހެއްގެ ފިރިއަކަށްވާނެ، އެކަމަކު މިފަހަރު ކުރެވޭ އިޙްސާސް ތަފާތު، ވަރަށް ހިތްބިރުގަނޭ" އަރްސަލް ބުންޏެވެ.

"ލަސްނުކޮށް ބައްޕަ ގާތު ތި ނިންމުން މިފަހަރު ބުނާތި" ރާދިން އެދުނެވެ. އަރްސަލް ހަމައެކަނި ބޯޖަހާލީއެވެ. ކައިވެންޏާ މެދު ވަކިގޮތެއް ނިންމަން ބިލާލު އެދުމުން އަރްސަލް ހަމައެކަނި އެދުނީ ތާރީޚް ބަދަލުކޮށްދިނުމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ބިލާލުއަށް އަރްސަލް ކިޔައެއް ނުދެއެވެ.

* * * * *

އުންމީދުތައް ފުރިހަމަވުމަކީ އިންސާނާގެ އެދުންތައް އިތުރުވާ ކަމެކެވެ. އެފަދަ ނަސީބެއް ލިބެނީ މަދު މީހަކަށެވެ. ކީފާ މިހާތަނަށް ބޭނުންވި ކަންތައްތަކުގެ ތެރެއިން އޭނާއަށް ފުރިހަމަ ނުވީ އެންމެ އެދުމެކެވެ. އެއީ އަރްސަލްއެވެ. ހިތްކިތަންމެ ވަރަކަށް ރުއި ނަމަވެސް އޭނާގެ ނަސީބުގައި ނެތް އެއްޗެއް ނުލިބޭނޭކަން އޭނާއަށް ޤަބޫލުކުރަން ޖެހުނީ އެތައް ހިތި ތަޖުރިބާއަކަށްފަހުއެވެ. މާޢަފަށް އެދެން ބޭނުންވި ނަމަވެސް އެ ފުރުޞަތު ގެއްލިޖެކަން ކީފާއަށް ވިސްނިއްޖެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް ޓަކައި ކީފާ ނިންމީ ރާއްޖެ ދޫކޮށް ދުވަސްކޮޅަކަށް ދާށެވެ. އޭނާގެ ނަފްސު ބަލިކަށިވެ އިތުރު މީހަކަށް ގެއްލުމެއް ނުދެވެނީސް ރާއްޖޭން ބޭރުގައި ހުރެ ނަފްސާނީ އެހީތެރިކަން ހޯދަން ކީފާ ނިންމިއެވެ. އެނބުރި އަންނަން އޭނާ ބޭނުންވަނީ ބަދަލުވެފައި މީހަކު ފަދައިންނެވެ. ޢާއިލާއަށް ޓަކާއާއި ގެއްލިގެން ދިޔަ އެކުވެރިކަމަށް ޓަކައެވެ. ނަމަވެސް ފުރައިގެން ދިއުމުގެ ކުރީން ކީފާ ފަހުފަހަރަށް އަރްސަލްއާއި ރާދިންއާ ބައްދަލުކުރަން ބޭނުންވެ އެ މީހުންނަށް ގުޅިއެވެ. އަރްސަލްގެ ނަންބަރަކަށް އޭނާއަކަށް ނުގުޅުނެވެ. ހީވަނީ ނަންބަރު ބްލޮކް ކޮށްލީ ހެންނެވެ. ކީފާ ދެން ބެލީ ރާދިންއަށް ގުޅޭތޯއެވެ. ލެއްވި ނަސީބަކުން އޭނާއަށް ގުޅުނެވެ. ނަމަވެސް ރާދިންގެ އަޑުގައިވަނީ ނުރުހުމެވެ. ކީފާއާ ވާހަކަދައްކަން ބޭނުންނުވާ ކަމާއި އޭނާއަށް ނުގުޅުމަށް ބުންޏެވެ. އެހެންވިޔަސް ރާދިންގެ ކައިވެންޏަށް ތަހުނިޔާ ކީފާ ކިޔެވެ. އޭނާގެ ކައިވެނި ކުރެވޭ ވަގުތު ކީފާ އިންނާނީ ފްލައިޓްގައި ކަމަށްވާތީއެވެ. އަދި އަރްސަލްއާއި ނިމްރާއަށް އޭނާގެ އުނދަގުލެއް ދެން ނުފޯރާނޭކަން ވެސް ރާދިން ގާތު ބުންޏެވެ. އެއާއެކު ރާދިން ވަކިން ބޮޑަށް ރުޅި ގަދަވީއެވެ. ކީފާގެ ދުލުން އެ ދެމީހުންގެ ނަން ވެސް ނުގަންނަން ރާދިން އަމުރުކުރިއެވެ.

"އައި އޭމް ސޮރީ ރާދު... އައި އޭމް ލީވިންގް... ޓުމޯރޯ ނައިޓް" ކީފާ ބުންޏެވެ.

"އައި ޑޯންޓް ވޯންޓް ޓު ނޯ، ބާއި" ރާދިން ފޯނު ކަނޑާލީއެވެ.

"ގުޑްބައި" ފެންކަޅިވި ދެ ލޯ ފުހެލާފައި ކީފާ ފޯނަށް ބަލާލިއެވެ. އަދި ގެލެރީގައި ހުރި ފޮޓޯތަކުގެ ތެރެއިން ރާދިންއާއި އަރްސަލްއާއެކު ނަގާފައި ހުރި ފޮޓޯތައް ޑިލީޓްކުރިއެވެ. ހަމަ އެފަދައިން އޭނާގެ ލެޕްޓޮޕްގައި ރައްކާކޮށްފައި ހުރި ފޮޓޯތައް ވެސް ޑިލީޓްކުރީއެވެ. އަދި ތައްޔާރުކޮށްފައި ހުރި ލަގެޖަށް އަދިވެސް އެއްފަހަރު ކީފާ ބަލާލިއެވެ. އޭނާ އެހެން އިންދާ ކޮޓަރީގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލީ މާޒިންނެވެ.

"ރެޑީ ސިސް" މާޒިން އަހާލިއެވެ. ކީފާ ބޯޖަހާލިއެވެ.

"އާދޭ ކާން، ބައްޕަ އެބައިން ކާމޭޒުދޮށުގައި، ކީ ގޮވައިގެން އަންނާށޭ ބުނީ" މާޒިން ބުންޏެވެ.

* * * * *

ހެނދުނުއްސުރެ އަރްސަލްއާއި ހަލަފް ފެންނަނީ ރާދިންގެ ފަހަތުން އުޅޭތަނެވެ. ރޭގަނޑު އަށެއްޖަހާއިރު އޮތް ކައިވެނީގެ ހަފުލާއަށް ތައްޔާރުވުމުގައި އެންމެން ވެސް ހޭބޯނާރާ ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދިޔައެވެ. ރާދިންގެ ސޫޓް ހިފައިގެން ހަލަފް އައީ މެންދުރު ފަސްވީ ފަހުންނެވެ. އާދައިގެ މަތިން ހަލަފްއާ އަރްސަލް ދެބަސްވެލިއެވެ. ސޫޓް ގެނައުން ލަސްވީ ހަލަފްއާ ހެދިކަމުގައި ބުނެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރާކަށް ނޭނގޭނޭ ކިޔަމުންނެވެ. އެ ދެބެން މައިތިރިވީ މުޅި ދުވަހު ހާސްކަން ވެރިވެފައި ހުރި ރާދިންގެ ހަޅޭކުގެ އަޑުންނެވެ.

އިރުއޮއްސުމާ ހަމައަށް އައިއިރު ރާދިންއަށް ޝިހާނާއާ ހަމައެކަނި ބައްދަލުވީ ހެނދުނުއެވެ. އޭގެ ފަހުން އޭނާގެ ވާން އުޅޭ އަނބިމީހާގެ ސޫރައެއް ނުފެނެއެވެ. ކައިވެނި ހަފުލާ ބާއްވަން ހަމަޖައްސާފައި އޮތް މަންޒިލަށް ދިއުމަށްޓަކައި އެންމެން ވެސް ގެއިން ނުކުތީ ހަތްގަޑި ބައިވެނިކޮށެވެ. އެއްކާރުގައި ބިލާލުއާއި ޝަރުމީނުގެ އިތުރުން ހަލަފް ތިބިއިރު އަނެއްކާރުގައި ތިބީ ރާދިންއާއި އަރްސަލްއެވެ. ޝިހާނާ އެދިގެން ނިމްރާ ހުރީ އޭނާގެ ގާތުގައެވެ. ހަފުލާއަށް ނިމްރާ ދާނީ ވެސް ޝިހާނާގެ ޢާއިލާއާ އެއްކޮށް ކަމަށް ނިންމީ ވެސް ޝިހާނާއެވެ. އެހެންވެ އަރްސަލް ވެސް ހުރީ ނިމްރާ ދުށުމަށް ބޭނުންވެފައެވެ.

އަޅިކުލައިގެ ސޫޓްގައި ރާދިން ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ތުނބުޅި ވެސް ހުރީ އެރެއަށް ޓަކައި ޚާއްޞަ ގޮތަކަށް ކޮށައި ތުނިކޮށްފައެވެ. އެ މޫނުން ތާޒާކަން ފާޅުވެއެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ތަތްކޮށްލާފައި ހުރިއިރު އޮފުކަމެއް ހުއްޓެވެ. ނަމަވެސް ރާދިން ފެންނަނީ ހިސާބަކަށް ހާސްވެ ޖެހިލުންވެފައި އިންހެނެވެ. އެކަން އަރްސަލްއަށް ފާހަގަވިއެވެ. (ނުނިމޭ)