ވިޔަފާރި

ރޯދަ ފެށެން ތިން ދުވަސް؛ އަގުތައް ކިހިނެއް؟

Jun 14, 2015

ރޯދަ މަސް ފެށެން ކައިރިވާއިރު އެންމެ ބޮޑު ބަދަލެއް އަންނަނީ މުދަލުގެ އަގެވެ. ބައެއް ބާވަތްތަކުގެ އަގުތައް އިންތިހާއަށް މަތިވެގެންދެ އެވެ. އަދި ބައެއް ބާވަތްތަކުގެ އަގުތައް ތިރިވެ އެވެ. މި އަހަރުގެ ރޯދަ މަސް އަންނަން ތިން ދުވަހަށް ވެފައިވާއިރު މުހިންމު ބާވަތްތަކުގެ އަގުތައް މިހާރު ހުރީ ކިހިނެއް ބާ އެވެ؟ މިއީ އުފެދޭނެ ސުވާލެކެވެ.

ރޯދައަށް އެންމެ ގިނަ ބަޔަކު، ގަންނަ ތިން ބާވަތަކީ ފިޔާ، އަލުވި އަދި ބިސް ކަން ޔަގީނެވެ. ބާޒާރުގައި މިވަގުތު ގިނައިން ހުރީ ފިޔާ އަދި އަލުވި އެކަންޏެވެ. ކުކުޅު ބިސް ލިބެން ހުރީ ތަންކޮޅެއް މަދުންނެވެ. ނަމަވެސް އަގުތައް އެހެން އަހަރުތަކާ އަޅާ ބަލާއިރު ދަށެވެ.

ފިޔާ، އަލުވި ބަސްތާއެއް 250ރ. އަށް، މި ދެ ބާވަތް ކިލޯއެއް ވަކިން ވިއްކަނީ 12ރ. އަށް

ބިސް ކޭހެއް 270ރ. އަށް

ވަކިން ބިހެއް 1.50ރ. އަށް

 

ކަރާ ކިލޯއެއް 15ރ. އަށް

ގިތެޔޮ މިރުސް 100ގ. 150ރ. އަށް

ލުނބޯ ކިލޯއެއް 35ރ. އަށް

ސުވީޓް ލެމަން ހަ އަނބުގެ ފޮއްޓެއް 130ރ. އަށް

ދިވެހި 10 އަނބުގެ ބައެއް 100ރ. އަށް

ބަނބުކޭލެއް 20-25ރ. އަށް

ބާޒާރުމަތި މިއަދު ފެންނަނީ ވަރަށް ހަލަބޮލި ކޮށެވެ. ސަބަބަކީ މިއަދާއި މާދަމާ ގިނަ އަދަދެއްގެ ބޯޓު ފަހަރު ފުރަން ތައްޔާރު ވަމުން ދިއުމެވެ. މިހެންކަމުން ބޯޓު ފަހަރަށް މުދާ އަރުވާ ލޮރީތަކާއި މުދާ އުފުލާ މީހުންނާއެކު ބާޒާރުމަތި ވަރަށް ބިޒީ އެވެ.