ބޭރު ކުޅިވަރު

ޑެހެއާ ކޮންޓްރެކްޓު އިތުރުކުރާނެ ކަމަށް މޮރީނިއޯ އުއްމީދެއް ނުކުރެ

Oct 27, 2018

މެންޗެސްޓާ (އޮކްޓޯބަަރު 26) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އޭނާގެ ކޮންޓްރެކްޓް އައު ކުރާނެކަމުގެ މާބޮޑު އުއްމީދެއްނެތް ކަމަށް ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.

ސްޕެއިންގެ ވެސް އެއްވަނަ ގޯލްކީޕަރު، ޑެހެއާގެ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް، އަދި އިތުރު އަހަރަކަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓަޑަށް ލިބިގެންވެ އެވެ.

"މިހާރަށް ވުރެ ޓީމު ރަނގަޅު ކުރަން ކުލަބު ބޭނުންވާނަމަ، ޑެހެއާ ބެހެއްޓުމަކީ ވަރަށް ވެސް މުހިންމުކަމެއް،" އާދީއްތަ ދުވަހު އިނގިރޭސި ޕްރެމިއާ ލީގުގައި އެވާޓަން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުން ޑެހެއާ ގެނައީ 18.9 މިލިއަން ޕައުންޑަށް އެތުލެޓިކޯ މެޑްރިޑުގައި ހުއްޓައި 2011 ވަނަ އަހަރު އެވެ. ގިނަ ސޭވްތަކާއެކު، ފާއިތުވެ ހަތަރު އަހަރު ވެސް، ޔުނައިޓެޑްގެ ޕްލެޔާ އޮފް ދަ ސީޒަންގެ ލަގަބު ޑެހެއާ ވަނީ ހޯދައިފަ އެވެ.

ޑެހެއާގެ އިތުރުން، މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންގެ ތެރޭގައި، އެންތަނީ މާޝިއަލް، ވަން މާޓާ އަދި ކައްޕި އެންޓޯނިއޯ ވެލެންސިއާ ހިމެނެ އެވެ.

މޮރީނިއޯގެ ފުރަތަމަ އަހަރު ތިން ތަށި ޔުނައިޓެޑުން ކާމިޔާބު ކުރި ނަމަވެސް، މިދިޔަ ސީޒަން ހުސްއަތާ ނިންމާލުމަށްފަހު، މިސީޒަނުގައި ކުލަބް އޮތީ 10 ވަނައިގަ އެވެ.