ޓޫރިޒަމް

ޓޫރިސްޓް އެނދު އިތުރުވެ އޮކިއުޕެންސީ މައްޗަށް

Oct 27, 2018
2

މި އަހަރުގެ ފަސްޓް ހާފް (ފުރަތަމަ ހަ މަހު) ރާއްޖޭގެ ޓޫރިޒަމް އެނދު 10 ޕަސެންޓް އިތުރުވެފައިވީ ނަމަވެސް އޮކިއުޕަންސީ ނޫނީ އެނދުތައް ފުރުނު ނިސްބަތް 61 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އިގްތިސާދުގެ އެކި ދާއިރާތަކުން ނަގާފައިވާ މައުލޫމާތުގެ މައްޗަށް ބަލައި ނެރެފައިވާ "ކުއާޓަލީ އިކޮނޮމިކް ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި ހިންގަމުން ދިޔައީ 124 ރިސޯޓެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 127 އަށް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު 432 ގެސްޓްހައުސް ހިންގިއިރު، ދިޔައިރު މި އަހަރުގެ މި އަދަދު ވަނީ 490 އަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރިސޯޓާއި ގެސްޓްހައުސްގެ އަދަދު އިތުރުވެގެން ދިއުމުގެ ސަބަބުން މި މިދިޔަ އަހަރު ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 3،646 އިން 41،290 އަށް އިތުރު ވެގެންގޮސްފަ އެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 10 ޕަސެންޓުގެ އިތުރުވުމެކެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ޓޫރިސްޓު އެނދު އިތުރުވިނަމަވެސް ޓޫރިޒަމަށް އޮތް ގޮންޖެހުމަކީ އޮކިއުޕެންސީ ދަށްވުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓޫރިޒަމް އޮކިއުޕެންސީ 61 ޕަސެންޓުގައި ހުރިނަމަވެސް މި އަހަރު އެ އަދަދު ވަނީ 63 ޕަސެންޓަށް އިތުރުވެފަ އެވެ.

މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި ޓޫރިޒަމް ކުރިއަށް ލަފާކުރާ ގޮތުގައި ފިނި މޫސުމާ އެކު ރާއްޖެއަށް އާ ޝެޑިއުލް ފްލައިޓްތައް އިތުރުވެގެން އަންނާނެ ކަމަށް ބެލެވޭތީ އަދި ފްލައިޓުތަކުގެ ކެޕޭސިޓީ މަތިކުރަމުން ދިއުމުގެ ސަބަބުން ޓޫރިޒަމްގެ މުސްތަގުބަލް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިއަށްދާ "ވިޔަފާރީގެ ހަނގުރާމަ" ގެ އަސަރު ރާއްޖޭގެ ޓޫރިޒަމްގެ ބައެއް މާކެޓުތަކަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.