ވިޔަފާރި

ސަން އަކުވާ އިރުވެލި އަންނަ މަހު ހުޅުވަނީ

Oct 29, 2018
1
ސަން އަކުވާ އިރުވެލި ރިސޯޓުގެ ބަންގަލޯއެއް-
0%
0%
0%

ސަން ސިޔާމް ކުންފުނީގެ ސަން އަކުވާ އިރުވެލި ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ދ. އަތޮޅު އަލުވި ފުށީގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި ޓޫރިސްޓުންނަށް ހިދުމަތް ހިދުމަތް ދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތް ތަކެއް ވަނީ ފައްކާކޮށްފަ އެވެ.

ސްރީލަންކާގެ ސަން އަކުވާ ޕަސިކުޑަ އާއި ސަން އަކުވާ ވިލު ރީފް މޯލްޑިވްސް ހިންގަމުން ގެންދާ ކުންފުނިން ބުނީ ފަސް ތަރީގެ ސަން އަކުވާ އިރުވެލި ރިސޯޓުގައި ބީޗާއި މޫދުގައި 125 ބަންގަލޯ ހަދާފައިވާނެ އެވެ.

ސަރުކާރުން ވަނީ މި އަހަރު ނިމެންވާއިރަށް 51 ރިސޯޓު ހުޅުވޭނެ ކަމަށް ބުނެފަ އެވެ. އަދި މި ރިސޯޓުތައް ހުޅުވުމާއެކު އެނދުގެ އަދަދު 50،000 އިތުރު ވެގެންދާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910