ހަބަރު

މެމްބަރު ދީދީގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމައިފި

މެންބަރު ދީދީ މިއަދު ކޯޓު ބޭރުގައި: ދައުވާ ވަނީ ބޭރުކޮށްލާފަ - މުހައްމަދު އަފްރާހު | އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މެމްބަރު ދީދީ "އަވަސް"އަށް ވިދާޅުވީ، ކުރިމިނަލް ކޯޓުން އެދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ ދައުވާ އަބުރާ ގެންގޮސް އަލުން އެ ދައުވާ ހުށަހަޅާފައިވާތީ ކަމަށެވެ. ކުރިމިނަލް ކޯޓުން ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނަށާއި، މީގެ ކުރިން ހައިކޯޓާއި، ސްޕްރީމްކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ދީދީ ވަނީ ވިދާޅުވެފައެވެ.

ދައުލަތުން މެމްބަރު އިބްރާހީމް ދިދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކުރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލާގައެވެ. އޭރު ދީދީ ހުންނެވީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައެވެ.

އެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާކަމަށް ނިންމާ ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށްވެސް
ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910