ހަބަރު

ބްރިޖްގައި ރޭވެސް އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެެއްޖެ

ސިނަމާލެ ބުރިޖް މަތީގައި ރޭވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ރޭ 11:10 ހާ އިރު ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެއީ 50 އަހަރުގެ ފިރިހެނަކާ، 43 އަހަރުގެ އަންހެނަކާ، 20 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ކަަމަށެވެ. އަދި އެ ހަތަރު މީހުންނަށްވެސް ބޮލަށް އަނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުންބުނީ ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުންދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓް ހިގަން މެދުވެރިވީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެ އެކްސިޑެންޓްގައި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހަތަރުމީހުންވެސް ތިބީ އޮބްޒަވޭޝަންގަ އެވެ. ސިނަމާލޭ ބްރިޖާއި، ބްރިޖް ހައިވޭ މަތީގައިވެސް ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ދަނީ ހިނގަމުންނެވެ.