ވިޔަފާރި

މަޓާޓޯގެ މެގަޒިން އާއި ކަލަންޑުގައި އިޝްތިހާރު ކުރަން ފުރުސަތު

Oct 30, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނެރޭ، މޯލްޑިވްސް ފައިންޑާ މެގަޒިން އާއި ކަލަންޑަރުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޓާޓޯ އިން ބުނީ އެ ޖަމިއްޔާއިން ނެރޭ، މޯލްޑިވްސް ފައިންޑާ އާއި އެނުއަލް ކަލަންޑާއަކީ އެ ޖަމިއްޔާއިން ބައިވެރިވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެއާތަކުގައި ބަހަމުން ގެންދާ އެއްޗެއް ކަމަށެވެ.

އެ ޖަމިއްޔާގެ މޯލްޑިވްސް ފައިންޑާ މެގަޒިންއަކީ ޖަހާފައިވަނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ހަބަރުތަކާއި އެ ދާއިރާގެ އެންމެ ފަހުގެ ޓްރެންޑް އަދި ފަހުގެ ޓެކްނޮލޮޖީ އާއި ތަފާތު އެކި މައުލޫމާތު ތަކެވެ. އިނގިރޭސި ބަހުން ނެރޭ މި މަޖައްލާގައި ލިޔަނީ މި ދާއިރާގެ ތަޖުރިބާކާރު ލިއުންތެރިންނެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ހިމެނޭ މި ޖަމިއްޔާ އިން މި އަހަރު ވެސް އަށް ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައިވެ އެވެ.